26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޒަމްޒަމް ފެނުގައިވާ

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

  • މި ފެނުން ކީރިތި ރަސޫލުﷲގެ ފާނު ތުއްޕުޅު އިރު މައްކާގެ ކުދިބަޔަކާއެކު، ކުޅުއްވަން އުޅުއްވަނިކޮށް މަލާއިކަތް ބޭކަލުންނާއެކު ޖިބްރީލުގެފާނު ވަޑައިގެން އެކަލޭގެފާނު ގެންދަވައި، އެކަލޭގެފާނުގެ މޭފުޅު ފަޅު
އަހްމަދުﷲ ޖަމީލް | adjameel

| 12 ޖެނުއަރީ 2018 | ހުކުރު 06:08 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ހައްޖުވެރިޔަކަށް ޒަމްޒަމް ފެން ދަނީ -- ރާއްޖެއެމްވީ ފޮޓޯ : އަހްމަދުﷲ ޖަމީލް

(10 ޖެނުއަރީ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ) 

ޒަމްޒަމް ވަޅުކޮޅު އެއްމެ ފުރަތަމަ ހުރީ އާދައިގެ ވަޅެއްގެ ގޮތުގައި ކަމަށް ބުނެވެއެވެ. އެ ދުވަސްވަރު ޒަމްޒަމް ވަޅުކޮޅު ވަރަށް ތިލައެވެ. އަދި ކުޑައެވެ. ނަމަވެސް މިހާރު އެ ވަޅުކޮޅަކީ ވަރަށް ފުނަށް ކޮނެވިފައި ހުންނަ ވަޅުކޮޅެކެވެ. "ސަޢޫދީ ޖިއޮލޮޖިކަލް ސާރވޭ" ގެ ބެލުމުގެ ދަށުން ޒަމްޒަމް ފެނާ ބެހޭ ކަންތައްތައް ބެލެހެއްޓުމަށްޓަކައި މުއައްސަސާއެއް ޤާއިމު ކޮށްފައި ހުރެއެވެ. އެ މުއައްސަސާ ކަމުގައިވާ "ޒަމްޒަމް ސްޓަޑީޒް އެންޑް ރިސާރޗް ސެންޓަރ" ގެ ވެބްސައިޓުގައި ވާގޮތުން މިހާރު ޒަމްޒަމް ވަޅުކޮޅުގެ ފުންމިނުގައި ގާތްގަނޑަކަށް 98 ފޫޓުހުރެއެވެ. ވަޅުކޮޅުގެ އެކި ހިސާބުހިސާބުގެ ފުޅާމިން ތަފާތެވެ. އެއް ސަރަޙައްދެއްގައި ގާތްގަނޑަކަށް 7 ފޫޓު ހުންނަ އިރު އެހެން ހިސާބެއްގައި ހުންނަނީ ގާތްގަނޑަކަށް 3.5 ފޫޓު އެވެ.)

ޒަމްޒަމް ވަޅުކޮޅަށް ފެން އަންނަ ގޮތާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. 1971 ވަނަ އަހަރު ކުރެވުނު ތަޙުލީލަކުން އެނގުނު ގޮތުގައި ޒަމްޒަމް ވަޅުކޮޅަށް ފެން އަންނަނީ "ވާދީ އިބްރާހީމް"ގެ ބިމުގެއަޑީގެ ހިލަދާނުންނެވެ. އެ ދިރާސއިން ދައްކާ ގޮތުން ވަޅުކޮޅުގެ އެއްމެހައި ދިމާއަކުން ވެސް އެއްވަރަކަށް ފެން އަރައެވެ. ވާދީ އިބްރާހީމްގެ ހިލަތަކުގެ ސަރަޙައްދުގެ އިތުރުން އެ ވާދީގެ ފަސްގަނޑުން ވެސް ޒަމްޒަމް ވަޅުކޮޅަށް ފެން ލިބެއެވެ. ވަޅުކޮޅުގެ ފެންގަނޑު ފެށެނީ ބިމުގެ ސަތުހުއިން ފެށިގެން 10.6 ފޫޓު އަޑިންނެވެ.

ވޮޝިންޓަން ޔުނިވަރސިޓީގައި، ތިމާވެށީގެ ރޮނގުން ޕީ.އެޗް.ޑީ. ހައްދަވާފައިވާ އިންޖިނިޔަރ ޑރ. ޔަޙްޔާ ކައުޝަކާ އާއި އޭނާގެ ޓީމުން ދިރާސާއެއް ހެއްދެވިއެވެ. މި ޓީމަށް، ޒަމްޒަމް ވަޅަށް ފެން އަންނަ މައިގަނޑު މަސްދަރު ނުވަތަ ތަން ހުރީ ސީދާ އަލްޙަޖަރުލްއަސްވަދާ ދިމާއަށް އަޑީގައިކަން ފާހަގަކުރެވިފައި ވެއެވެ. އެއީ ދިގުމިނުގައި 45 ސެންޓިމީޓަރު، އަދި އުސްމިނުގައި 30 ސެންޓިމީޓަރު ހުރި ފެން ފޮނުވައިދޭ ތަންކޮޅެކެވެ. ނުވަތަ އާރެކެވެ. މީގެ އިތުރުން އަބޫ ޤުބައިސް ފަރުބަދަ އާއި ޞަފާ ފަރުބަދަ އާއި މަރުވާ ފަރުބަދައާ ދިމާއިން ވެސް މިވަޅަށް ފެންއަންނަ ތަންތަން ފެނިފައިވާ ކަމުގައި އެދިރާސާގެ ރިޕޯޓުގައި ވެއެވެ.

ފަހުގެ މާޟީއެއްގައި، ސަޢޫދީ ސަރުކާރުން، ޒަމްޒަމްވަޅުގެ އަޑީގައި މަސައްކަތެއް ކުރުމަށް، ވަޅުގެ ފެން ހިއްކޭތޯ، ބޮޑެތި މޯޓަރުތަކެއް ބޭނުން ކޮށްގެން ކުރި މަސައްކަތް ވަނީ މުޅިން ނާކާމިޔާބު ވެފައެވެ. ފެން ނަގަމުން ދިޔަދިޔަހެން ފެން ދިޔައީ އަޑިން އުތުރިއަރަމުންނެވެ. އަދި އައި ފެންގަޑު، ގަދަ ކަނޑެއްގެ ރާޅުބާނިތަކެއް ފަދަ ކަމުގައި ބުނެތެވެ. މިއީ ވިސްނައި ފިކުރު ކުރާ މީހަކު ޢަޖާއިބުވާ ފަދަ އާދަޔާ ޚިލާފު ވަޅެކެވެ. ޙައްޖަށާއި ޢުމުރާޔަށް ދާހާ މީހުންނާއި، މެދުނުކެޑި، ތާއަބަދު ޙަރަމްފުޅަށް ޒިޔާރަތް ކުރާ މީހުންނާއި ނަމާދުކުރަން ދާހާ ބަޔަކު ބޯން ބޭނުންވާ ހާ ފެނެއް ނަގަނީ މިވަޅުންނެވެ. މީގެ އިތުރުން މަދީނާގެ ޙަރަމްފުޅަށް ވެސް ފެންގެންދަނީ މިވަޅުންނެވެ. އަދި އެތަކެއް މިލިޔަން މީހުން، މައްކާއިން އެނބުރި ރަށަށް ދާ ދިއުމުގައި ވެސް އެމީހަކަށް ގެންދެވުނު ވަރަކަށް ޒަމްޒަމް ފެން ގެންދެއެވެ. އެކަމަކު ވެސް ވަޅުގެ ފެނަށް އެއްވެސް އުނިވުމެއް އަދި ތަޣައްޔަރު ކަމެއް ވެސް ނާންނަކަމީ ހަމަ ޙައިރާން ކުރުވަނިވި ކަމެކެވެ.

މި ޒަމްޒަމް ވަޅުކޮޅުގެ ފެން ހުންނަނީ 10.6 ފޫޓު އަޑީގަ އެވެ. ކޮންމެ ދުވަހަކު ދުވާލަކަސް ރޭގަނޑަކަސް ހުއްޓުމެއްނެތި 8000 ލީޓަރު ފެން ކޮންމެ ސިކުންތެއްގެ ތެރޭގައި އެވަޅުން ޕަންޕު ކުރަމުން ގެންދަނިކޮށް އެވަޅުގެ ފެން ހުރި މިންވަރު 44 ފޫޓަށް ވުރެ އަޑިއަށް ދިޔަ އެވެ. ޕަންޕު ކުރުން ހުއްޓުމުގެ 11 މިނެޓުގެ ތެރޭގައި ފެން ހުންނަ މިންވަރު 13 ފޫޓަށް އަނެއްކާވެސް އުފުލުނެވެ. މިކަމުގައިވާ ކަރާމާތްތެރިކަމަކީ އެމީހުން 24 ގަޑިއިރުގެ ތެރޭގައި 690 މިލިއަން ލިޓަރުގެ ފެން ޕަންޕު ކުރިއިރު ފެން ހުރި މިންވަރު އިއާދަވާން ނެގީ އެންމެ 11 މިނެޓެވެ. މިއިން ދޭހަވަނީ ﷲގެ ކުޅަދުންވަންތަކަމާއި އިސްރާފުކުރުމުގެ ނުބައި ކަމެވެ.

ޒަމްޒަމް ވަޅަށް ފެން އަންނަގޮތް ހޯދުމަށް، ޖިއޮލަޖިސްޓުން ދިރާސާތަކެއް ކޮށްފައިވެއެވެ. ނަމަވެސް އޭގެ ސިއްރު ހޯދިފައެއް ނުވެއެވެ. ޒަމްޒަމް ވަޅުގެ ފެނަށް ލިބިގެންވާ ޚާއްޞަ ސިފަތަކަކީ، ދެކެވޭ ތޯތޯ ވާހަކަތަކެއް ނޫނެވެ. މިކަމާބެހޭ ގޮތުން ކުރެވިފައިވާ އެތަކެއް ދިރާސާތަކަކުން ދައްކާ ގޮތުގައި، ޒަމްޒަމްފެނަށްވުރެ ސާފުކަން ބޮޑު އެއްވެސް ފެނެއް މިއަދާ ހަމައަށް ދުނިޔެމަތިން ފެނިފައެއް ނުވެއެވެ. އެއްވެސް ބާވަތެއްގެ ޖަރާސީމެއް މިވަޅުގެ ފެނުގައި އެކުލެވިގެނެއް ނުވެއެވެ. މިދިރާސާ ކުރެވުނުއިރު، މައްކާގައި ޒަމްޒަމް ވަޅާ އެންމެ ކައިރީގައި ހުރި ވަޅުތަކުގެ ފެން ވެސް ދިރާސާ ކުރެވިފައިވެއެވެ. އެހެނަސް ޒަމްޒަމްފެނުގައިވާ ޚާއްސަ ސިފަތަކެއް އެއިން އެއްވެސް ވަޅެއްގެ ފެނަކުން ފެނިފައެއް ނުވެއެވެ.

 މި ފެނުން ކީރިތި ރަސޫލުﷲގެ ފާނު ތުއްޕުޅު އިރު މައްކާގެ ކުދިބަޔަކާއެކު، ކުޅުއްވަން އުޅުއްވަނިކޮށް މަލާއިކަތް ބޭކަލުންނާއެކު ޖިބްރީލުގެފާނު ވަޑައިގެން އެކަލޭގެފާނު ގެންދަވައި، އެކަލޭގެފާނުގެ މޭފުޅު ފަޅުއްވައި ހިތްޕުޅު ނަންގަވައި ޒަމްޒަމް ފެނުން ދޮންނެވުމަށް ފަހު އަލުން ހިތްޕުޅު ހަށިގަނޑަށް ލެއްވި ޙަޤީޤީ ޙާދިސާގެ ވާހަކަ، ސިޔަރަތުން އަޅުގަނޑުމެން ވާނީ ކިޔައި ނުވަތަ އަޑު އަހާފައެވެ.

ޒަމްޒަމް ވަޅުގައިވާ ﷲ ގެ ކުޅަދުންވަންތަ ކަމުގެ ވަރުގަދަ ހެކި ފާޅުގަދަ ގޮތެއްގައި ފެންނަން ހުއްޓައި މެ، 1971 ވަނަ އަހަރު ޔޫރަޕުގެ ޕްރެސްއަކަށް މިޞްރުގެ ޑޮކްޓަރަކު ފޮނުވި ލިޔުމެއްގައި، ޒަމްޒަމް ފެނަކީ އިންސާނުން ބޯން ކަމުދާ ފެނެއްނޫންކަމަށް ލިޔެފައިވެއެވެ. ކިންގް ފައިޞަލްއަށް މިޚަބަރު އިވިވަޑައިގަތް ހިނދު، މިކަމާ ވަރަށްބޮޑަށް ކޯފާވެވަޑައިގެން ހަމަ ވަގުތުން، ޒަމްޒަމްފެނުގެ ސާމްޕަލް ޔޫރަޕަށް ފޮނުވައިގެން ތަޙްލީލު ކުރެއްވުމަށް، ސަޢޫދީގެ ވޯޓަރ އެންޑް އެގްރިކަލްޗަރ މިނިސްޓްރީއަށް އެންގެވިއެވެ. މި އަމުރާ ގުޅިގެން އެ މިނިސްޓްރީ އިން އެ މަސައްކަތް ޙަވާލުކުރީ ޖިއްދާގައި ހުންނަ ޖިއްދާގެ ފެނާއި ކަރަންޓާއިބެހޭ ކުންފުންޏާއެވެ. އެތަނުން އެ މަސައްކަތާ ޙާވާލުވެ ހުރީ ޠާރިޤް ޙުސައިން ކިޔާ ޖިޔަލޮޖިސްޓެކެވެ. އޭނާއަކީ އެކުންފުނީގައި ފެނުގެ ކޮލިޓީ ކޮންޓްރޯލު ކުރުމާއި، އެފަދަ ކަންކަމާއި ޙަވާލުވެ ހުންނަ އިންޖިނިއޭރެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް