Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރުންގެ ގޮނޑި ގެއްލުން

ޤާނޫނު އިސްލާހުކުރަން އުޅެނީ އީ-ވޯޓިން ތަޢާރަފް ކުރަން، ސަރުކާރަށް މެޖޯރިޓީ ނެތި އެކަމެއް ނުވާނެ: އަލީ ހުސެއިން

14 ޖެނުއަރީ 2018 | އާދީއްތަ 13:39

ސަރުކާރުން ބޭނުންވަނީ އީވޯޓިން ތަޢާރަފްކުރަން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 14 ޖެނުއަރީ 2018 | އާދީއްތަ 13:39
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

ސަރުކާރުން އިންތިޚާބުތަކާއި ބެހޭ ޤާނޫނުތަކަށް އިސްލާޙު ގެންނަން އުޅެނީ ރިޔާސީ އިންތިޚާބުގައި އީ-ވޯޓިންއާއި ދިމާއަށް ގެންދިޔުމަށް ކަމަށާއި، އެހެން ނަަމަވެސް ރައްޔިތުންގެ މަޖިލިސް ތެރެއިން އެކަން ނުކުރެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އާދިއްތަ ދުވަހު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ރައްޔިތުންގެ އެމައްޗަށް ޢަމަލުކުރުން ލާޒިމް ޤާނޫނެއް ފާސްކުރެވޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ ވޯޓާއިއެކުކަން ފާހަގަކުރައްވަމުން އަލީ ވިދާޅުވީ، ދެބައިކުޅަ އެއްބައި މެމްބަރުން ކަމަށްވާ 43 މެމްބަރުން ހަމަކުރުމަކީ މިހާރު ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީއަށް ކުރިން ސުޕަ މެޖޯރިޓީ ލިބިފައި އޮތް ނަމަވެސް، މިހާރު ސަރުކާރަށް ވަނީ މަޖިލީހުގައި ސިމްޕަލް މެޖޯރިޓީ ވެސް ގެއްލިފައެވެ.

Advertisement - newsAdvertisement

ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް އިސްލާޙު ގެންނާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމާއި ގުޅިގެން އަލީ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ އިދިކޮޅު ފަރާތްތަކަށް ކަމަށާއި، ސަރުކާރަށް މެޖޯރިޓީ ގެއްލިފައި ވާކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ އިސްލާޙުތައް ޤާނޫނުތަކަށް ނުގެނެވޭނެތީ، ސުޕްރީމް ކޯޓު މެދުވެރިކޮށް، މަޖިލީހުގެ އަޣުލަބިއްޔަތު ނެތިވެސް ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރެވޭނެ މަގު މަޖިލިސް ތެރެއިން ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް އަލީ ތުހުމަތުކުރިއެވެ.

އަލީ ހުސައިން ވިދާޅުވީ އިންތިޚާބާއި ބެހޭ ޤާނޫނުތަކަށާއި، އިންތިޚާބުގެ ކަންކަން ހިންގާ ގޮތަށް އިސްލާޙު ގެންނަން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2014ވަނަ އަހަރުގެ އާއްމު އިންތިޚާބަށް ފަހު ވިލާތުގެ އިއްތިޙާދުން ގިނަ ކަންކަން ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް، މިދިޔަ ހަފްތާގައި އީޔޫގެ ވަފުދު އަނެއްކާވެސް ރާއްޖެއަށް ޒިޔާރަތް ކުރިއިރު، އެބޭފުޅުން އިސްލާހުކުރަން ހުށަހެޅި އެއްވެސް ކަމެއް އިސްލާހު ކޮށްފައިނުވާކަން އަލީ ފާހަގަކުރެއްވިއެވެ.

މަޖިލިސް ތެރެއިން ސަރުކާރުން ބޭނުންވާ ކަންކަން ކުރަން ސުޕްރީމް ކޯޓު ބޭނުން ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދާއިރު، އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މަޖިލިސް މެމްބަރުންގެ ގޮނޑީގެ މައްސަލަ އިންސާފުވެރިކޮށް ވީހާވެސް އަވަހަށް ނިންމައިދިނުމަށް އެދޭކަމަށެވެ. އާދިއްތަ ދުވަހުވެސް، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ބައެއް މެމްބަރުން ވަޑައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބައްދަލުކުރުމަށް މަސައްކަތް ކުރެއްވިއެވެ. އެކަމާއި ބެހޭ މައުލޫމާތު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުން އެ މެމްބަރުންނަށް ބޭނުންތެރި އެއްވެސް މައުލޫމާތެއް ނުލިބުނު ކަމަށެވެ.

މަޖިލިސް މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެމައްސަލައިގައި ސާފު ހުކުމެއް ނޫން ކަމަށް ބުނަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަން ނުބާއްވައިގެން އުޅެނީ މެމްބަރުންގެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ވެސް އެނގޭތީ ކަމަށެވެ. އަލީ ހުސައިން ވެސް ވިދާޅުވީ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެނަމަ ބައި އިލެކްޝަން ބާއްވަން ޖެހޭ 60 ދުވަހުގެ މުއްދަތު ހަމަވެފައިވާއިރު، އަދިވެސް ބައި އިލެކްޝަން ނުބާއްވައިގެން އުޅެނީ ގޮނޑި ހަޤީގަތުގައި ގެއްލިފައި ނުވާތީ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ރާއްޖޭގެ ސްކޫލުތަކުގައި ވާރޗުއަލް ޓީޗިން ތަޢާރަފްކުރަން ނިންމައިފި

24 އެޕްރީލު 2017
ރާއްޖޭގެ ސްކޫލުތަކުގައި ވާރޗުއަލް ޓީޗިން ތަޢާރަފްކުރަން ނިންމައިފި
14 އެޕްރީލު 2017

ޤާނޫނު އަސާސީއާއި ތަޢާރަޒްވާ މާއްދާތަކަށް ތަބާވާކަށް ނުޖެހޭނެ: އަފީފް

14 އެޕްރީލު 2017
ޤާނޫނު އަސާސީއާއި ތަޢާރަޒްވާ މާއްދާތަކަށް ތަބާވާކަށް ނުޖެހޭނެ: އަފީފް
10 އެޕްރީލު 2017

ޤަވާއިދު އިސްލާހް ކުރަން އުޅެނީ ލިބެމުންދާ ކުރިއެރުން އެމީހުންނަށް އެނގޭތީ: ފާރިސް

10 އެޕްރީލު 2017
ޤަވާއިދު އިސްލާހް ކުރަން އުޅެނީ ލިބެމުންދާ ކުރިއެރުން އެމީހުންނަށް އެނގޭތީ: ފާރިސް
22 މާރިޗު 2017

ބިން ނުވިއްކޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅަން ފާސްކޮށްފި

22 މާރިޗު 2017
ބިން ނުވިއްކޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅަން ފާސްކޮށްފި
07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
17 ފެބުރުއަރީ 2017

ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް

17 ފެބުރުއަރީ 2017
ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް