Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަނޑަށް ދަރިފުޅު މަރުވުން

ބަނޑަށް ދަރި މަރުވި މައްސަލާގައި ނައިފަރު ހޮސްޕިޓަލް ހިމޭނުން، މިނިސްޓްރީން ވެސް ހަނު!

13 ޖެނުއަރީ 2018 | ހޮނިހިރު 19:52

ހެލްތު މިނިސްޓަރު ވެސް ޖަވާބެއް ނުދެއްވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 13 ޖެނުއަރީ 2018 | ހޮނިހިރު 19:52
ޒައީމާ (މ) އޭނާގެ ފިރިމީހާ އާއި އާއިލާގެ މެމްބަރުންނާ އެކު އައިޖީއެމްއެޗުގައި ހިނގާފައި ދަނީ

ޒައީމާ (މ) އޭނާގެ ފިރިމީހާ އާއި އާއިލާގެ މެމްބަރުންނާ އެކު އައިޖީއެމްއެޗުގައި ހިނގާފައި ދަނީ

ނައިފަރު ހޮސްޕިޓަލްގެ އިހުމާލުން މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލާގައި އެ ހޮސްޕިޓަލުން ވާހަކަ ދައްކަން ދެކޮޅުހެދިއިރު، ހެލްތު މިނިސްޓްރީން ވެސް އެ މައްސަލާގައި މީޑިއާއަށް އެއްޗެކޭ ނުބުންޏެވެ.

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދި ނ. ހެނބަދޫ ޒައީމާ އިސްމާއިލުގެ ބަނޑަށް ދަރިފުޅު މަރުވިކަން އެނގުނީ ކުއްލި ގޮތަކަށް ބުރާސްފަތި ދުވަހު އެ އަންހެން މީހާ މާލެ ގެނެސް އައިޖީއެމްއެޗަށް ދެއްކުމުންނެވެ. އައިޖީއެމްއެޗުން ފަރުވާ ހޯދަމުންދާ ޒައީމާގެ ބަނޑުން އަދިވެސް ދަރިފުޅު ނުނަގައެވެ. ސިޒޭރިއަން ހަދައިގެން ޒައީމާގެ ބަނޑުން ދަރިފުޅު ނަގަން އައިޖީއެމްއެޗުން ހޮނިހިރު ދުވަހު ނިންމި ނަމަވެސް، އާދީއްތަ ދުވަހަށް އެކަން ވަނީ ފަސްކޮށްފައެވެ.

Advertisement - newsAdvertisement

ޒައީމާގެ ފިރިމީހާ ޅ. ނައިފަރު، އަޒުމް، މުހައްމަދު އަހުމަދު "ރާއްޖެއެމްވީ"އަށް ބުނީ ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ޒައިމާގެ ފިރިމީހާ މުހައްމަދު: އެ ދެމަފިރިންގެ ހަތަރު ވަނަ ދަރިފުޅު މަރުވާން ދިމާވީ ހޮސްޕިޓަލުގެ އިހްމާލުން ކަމަށް ތުހުމަތު ކުރި-- ފޮޓޯ/ މުހައްމަދު ސާޖިދު

އެކަމާ ގުޅޭ ގޮތުން ނައިފަރު ހޮސްޕިޓަލްގެ އިސްވެރިންނަށް "ރާއްޖެއެމްވީ" ގުޅުމުން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުން ބަހެއް ބުނާނީ ހެލްތު މިނިސްޓްރީގެ ލަފާގެ މަތިން ކަމަށެވެ. އެ ހޮސްޕިޓަލްގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު އުމަރު އިބްރާހިމް "ރާއްޖެއެމްވީ"އަށް ހޮނިހިރު ދުވަހު ވިދާޅުވީ ކުއްޖާ މަރުވި މައްސަލާގައި އެ ހޮސްޕިޓަލުގައި ބައްދަލުވުމެއް ބޭއްވި ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ހެލްތު މިނިސްޓްރީން ދޭނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން މީޑިއާއަށް މައުލުމާތު ދެއްވާ އޮފިޝަލުންނަށް ގުޅާލުމުން ވަކިއެއްޗެއް ވިދާޅެއްނުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށް ގުޅައި، މެސެޖު ކުރުމުން ވެސް އެމަނިކުފާނު ވެސް ޖަވާބެއް ނުދެއްވިއެވެ.

ހަކުރު ބައްޔަށް ފަރުވާ ހޯދަމުންދާ ޒައީމާގެ ފިރިމީހާ މުހައްމަދު ބުނީ އޭނާގެ އަންހެނުން ދިޔައީ ޑޮކްޓަރުން ދައްކައި ފަރުވާ ހޯދަމުން ކަމަށެވެ. އެއްވެސް މައްސަލައެއް އުޅޭ ކަމަށް ނައިފަރު ހޮސްޕިޓަލުން ބުނެފައިނުވާ ކަމަށް އޭނާ ބުންޏެވެ. ދަރިފުޅުގެ ހަރަކާތް ހުއްޓި، ވިންދު ނުޖަހާތީ މިދިޔަ އާދީއްތަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ކަމަށް މުހައްމަދު ބުނީ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ނަމަވެސް ހަމަ އެ ދުވަހު އެމެޖެންސީގައި މާލެ ދިއުމަށް ޑޮކްޓަރުން އެދުނު ކަމަށާއި ހޮސްޕިޓަލުން އާސަންދަ ހަމަޖައްސައި ނުދިނުމުން މާލެ އައީ އަމިއްލަ ހަރަދުގައި ކަމަށް މުހައްމަދު ބުންޏެވެ.

އޭނާ ދަރިފުޅު މަރުވި މައްސަލާގައި ދެން ފާހަގަ ކުރެވޭ އަނެއް މައްސަލައަކީ ޖައީމާގެ ޑައިބެޓިކް ލެވެލް ދަށްކުރުމަށް އޭޑީކޭ ހޮސްޕިޓަލުން ދިން އިންޖެކްޝަނެއް ނައިފަރު ހޮސްޕިޓަލުން ނުޖެހި މައްސަލައެވެ. އެ އިންޖެކްޝަން ޖެހުމަށް އެ ހޮސްޕިޓަލުން ދެކޮޅު ހެދީ އެއީ ކޯއްޗެއްކަން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ނޭނގޭތީ ކަމަށް މުހައްމަދު ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް