Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވައިޓް ހައުސްގެ ކޯޅުން

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޗީފް ސްޓްރެޓިޖިސްޓް ސްޓީވް ބެނަން މަގާމުން ވަކި ކުރައްވައިފި

ވައިޓް ހައުސްގެ ތަރުޖަމާނު ވެސް ވަނީ ބެނަން ދެން މަސައްކަތަށް ނުނުކުންނަވާނެކަން ކަށަވަރުކޮށްދެއްވާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 19 އޯގަސްޓު 2017 | ހޮނިހިރު 07:17
ބެނަން ވިދާޅުވީ އިޚުލާސްތެރިކަމާ އެކު ހުންނަވާނެ ކަމަށް

ބެނަން ވިދާޅުވީ އިޚުލާސްތެރިކަމާ އެކު ހުންނަވާނެ ކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޗީފް ސްޓްރެޓީޖިސްޓް ސްޓީވް ބެނަން މަގާމުން ވަކި ކުރައްވައިފިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ސާރާ ހަކަބީ ވެސް ވަނީ ބެނަން ދެން މަސައްކަތަށް ނުނިކުންނަވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.

"ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ އަދި ސްޓީވް ބެނަންއާ ދެބޭފުޅުންނަށް އެއްބަސްވެވުނީ މިއަދަކީ ސްޓީވްގެ ފަހު ދުވަސް ކަމަށް"ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ސާރާ ހަކަބީ ސޭންޑަރސް ވިދާޅުވެފައި ވެއެވެ."އޭނާގެ ޚިދުމަތާ މެދު އުފާކުރަން އަދި ވަރަށް ހެޔޮއެދުން އަރިސްކުރަން."

ރައީސް ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ކެމްޕެއިން ބައްޓަން ކުރަން އެހީތެރިވެދެއްވި ބެނަން ބަދަލުވެ ވަޑައިގަންނަވަނީ ބްރެއިޓްބާޓް ޑޮޓް ކޮމްގެ ވެރިޔަކަށެވެ. ބެނަން ވިދާޅުވީ އިޚުލާސްތެރިކަމާ އެކު ހުންނަވާނެ ކަމަށެވެ.

އުމުރުން 63 އަހަރުގެ ބެނަންއަކީ އެ ވެބްސައިޓްގެ ޗެއާމަންއެވެ. އެ ވެބްސައިޓަކީ ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލުމާ ދޮން މީހުން އިސްވާނެކަމަށް ބުނާ ފިކުރު ޕްރޮމޯޓްކުރާ ކަމުގެ ތުހުމަތު ކުރެވިފައިވާ ވެބްސައިޓެކެވެ.

ބެނަންގެ އިތުރުން ރައީސް ޓްރަމްޕްގެ ސްޕެޝަލް އެޑްވައިޒަރުގެ ދައުރު އަދާކުރައްވަމުން ގެންދެވި ބިލިއަނަރ ކާލް އައިކަން ވެސް ވަނީ އިސްތިއުފާ އިއުލާނުކުރައްވާފައެވެ. އޭނާގެ މައްޗަށް ވަނީ އޭނާ ދެއްވާ ލަފާފުޅުތަކަކީ އޭނާގެ އަމިއްލަފުޅު ވިޔަފާރިއަށް މަންފާ ހޯދާ ލަފާތަކެއް ކަމަށް ތުހުމަތު ކުރެވިފައެވެ.

މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ އެންމެ 10 ދުވަހުގެ ތެރޭ ވައިޓްހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރގެ މަގާމުން އެންތަނީ ސްކެރަމޫޗީ ވެސް ވަނީ ވަކިކުރައްވާފައެވެ.

އޯގަސްޓް މަހުގެ ފުރަތަމަ ދުވަހު އޭނާ އެ މަގާމުން ވަކިކުރެއްވީ ރައީސް ޓްރަމްޕްގެ އާ ޗީފް އޮފް ސްޓާފްގެ މަގާމަށް ކުރީގެ ޖެނެރަލެއް ކަމަށްވާ ޖޯން ކެލީ އައްޔަންކުރެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު