Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤަވާއިދު

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކާ ޤާނޫނީ ވަކީލަކު ނެތި ސުވާލު ނުކުރެވޭ ގޮތަށް ކަނޑައަޅައިފި

11 ޖެނުއަރީ 2018 | ބުރާސްފަތި 13:44

ވަކީލަކު ހަމަޖައްސަން 6 ގަޑިއިރު ދޭން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 11 ޖެނުއަރީ 2018 | ބުރާސްފަތި 13:44
ފުލުހުން މީހަކު ހަޔޔަރުކޮށްގެން ގެންދަނީ: ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ވަކީލުންގެ ފުރުސަތު ދޭން ޖެހޭ

ފުލުހުން މީހަކު ހަޔޔަރުކޮށްގެން ގެންދަނީ: ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ވަކީލުންގެ ފުރުސަތު ދޭން ޖެހޭ

ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކަށް ޤާނޫނީ ވަކީލަކު އައްޔަން ކުރުމަށް ހަ ގަޑިއިރު ދިނުމަށާއި އެ ހަ ގަޑިއިރު ތެރޭގައި ފުލުހުންނަށް އެމީހަކާ ސުވާލު ނުކުރެވޭނެ ކަމަށް ކަނޑައަޅައި، ޓެރަރިޒަމުގެ ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ގަވާއިދު އެކުލަވާލައި ގެޒެޓް ކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި ބުރާސްފަތި ދުވަހު ގެޒެޓް ކޮށްފައިވާ ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ހައްޔަރުކުރެވޭއިރު ފުލުހުން އެމީހަކަށް ދޭ ޤާނޫނީ އިންޒާރުގައި އެ މީހަކާ ސުވާލުކުރެވޭ ވަގުތު ޤާނޫނީ ވަކީލަކު އެ މީހަކާ އެކުގައި ހުރުމުގެ ފުރުސަތު އޮތްކަން ބުނެދޭން ވާނެއެވެ. އަދި ފުލުހުން ހައްޔަރުކޮށްފައި ހުރި މީހަކާ ސުވާލުކުރާއިރު އޭނާގެ ޤާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެ މީހާ އެދިއްޖެ ނަމަ، އެފުރުސަތު ހޯދައިދިނުމަކީ ފުލުހުންގެ މައްޗަށް ލާޒިމް ކަމެކެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެމީހަކު ޤާނޫނީ ވަކީލެއް ހަމަޖެއްސުމަށް ހަ ގަޑިއިރުގެ މުހުލަތެއް ދޭންވާނެ ކަމަށާއި އެ ހަ ގަޑިއިރުގެ ތެރޭގައި ފުލުހުންނަށް ކުށުގެ ތުހުމަތުގައިވާ މީހާއާ އެއްވެސް ސުވާލެއް ނުކުރެވޭނެ ކަމަށް ވެސް ޤަވާއިދުގައި ވަނީ ބުނެފައެވެ. އަދި އެވަގުތު ފާއިތުވާއިރު، އެކަށީގެންވާ ސަބަބަކާ ނުލައި ޤާނޫނީ ވަކީލު ހާޒިރުވެފައި ނުވާ ނަމަ، ކުށުގެ ތުހުމަތުގައިވާ މީހާއާ ސުވާލުކުރުން ފުލުހުންނަށް ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް ޤަވާއިދުގައި ވަނީ ބުނެފައެވެ.

ޤަވާއިދުގައި ވަނީ ވަކީލަށް ހާޒިރު ނުވެވުނު އެކަށީގެންވާ ސަބަބު ކަމުގައި ބަލާނެ ތިން ގޮތެއް ވެސް ހިމަނާފައެވެ. އެއީ ޤާނޫނީ ވަކީލު ހަމަޖެއްސިއިރު އެވަކީލު ރަށުގައި ނެތުމާއި ކުށުގެ ތުހުމަތުގައިވާ މީހާ ޤާނޫނީ ވަކީލަށް އިންޒާރުދީ ބިރުދެއްކުން އަދި ޤާނޫނީ ވަކީލަށް ކުށުގެ ތުހުމަތުގައިވާ މީހާއަށް އޮތް އިތުބާރު ގެއްލުމެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ކުށުގެ ތުހުމަތުކުރެވޭ ފަރާތަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަން ނެތް ފަރާތެއްނަމަ، ޤާނޫން އަސާސީގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން އެފަރާތަކަށް ދައުލަތުން ޤާނޫނީ ވަކީލަކު އައްޔަން ކޮށްދޭން ޖެހޭނެ ކަމަށެވެ.

ފުލުހުން ތަންފީޒްކުރާ މިޤަވާއިދުގެ ދަށުން އައްޔަން ކުރެވޭ ޤާނޫނީ ވަކީލާއި ކުށުގެ ތުހުމަތުގައިވާ ފަރާތާ ބައްދަލުކުރާ ވަގުތު އެ ދެ މީހުން ފެންނަ ހިސާބުގައި، ފުލުހުންގެ އޮފިސަރަކު ހުންނަން ޖެހޭނެ ކަމަށް ވެސް ޤަވާއިދުގައި ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން

12 އެޕްރީލު 2017
ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން
11 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއު އަވަހާރަ ކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަނީފް ވަޒީފާއިން ވަކިކޮށްފި

11 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއު އަވަހާރަ ކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަނީފް ވަޒީފާއިން ވަކިކޮށްފި
10 އެޕްރީލު 2017

ބިރުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ނަމަ ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނީ ރައީސް ޔާމީނަށް: މެންބަރު އިބްރާހިމް ހަސަން

10 އެޕްރީލު 2017
ބިރުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ނަމަ ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނީ ރައީސް ޔާމީނަށް: މެންބަރު އިބްރާހިމް ހަސަން
05 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި

05 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި
29 މާރިޗު 2017

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް

29 މާރިޗު 2017
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް
28 މާރިޗު 2017

ވެސްޓާން ޔޫނިއަން އިން ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ!

28 މާރިޗު 2017
ވެސްޓާން ޔޫނިއަން އިން ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ!
21 ފެބުރުއަރީ 2017

ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން

21 ފެބުރުއަރީ 2017
 ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް