Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދީޕިކާ އާއި ރަންވީރު

ދީޕިކާ އާއި ރަންވީރު ގޯއާ އިން ގެއެއް ގަނެފި

ގޯއާ އިން ގަނެފައި ވަނީ ލަގްޒަރީ ބަންގަލޯއެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 ޖެނުއަރީ 2018 | ބުދަ 05:40
ދީޕިކާ އާއި ރަންވީރު

ދީޕިކާ އާއި ރަންވީރު

ދީޕިކާ ޕަދުކޯން އާއި ރަންވީދު ސިންހް ގޯއާ އިން ގެއެއް ގަނެފައި ވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ބޮލީވުޑްގެ ދެ ލޯބިވެރިން ކަމަށްވާ ދީޕިކާ އާއި ރަންވީރު އާ އަހަރާ ދިމާކޮށް އެ ދެ މީހުންގެ އާއިލާއާ އެކީގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފައެވެ. އަދި ރަންވީރުގެ މަންމަ ދީޕިކާއަށް މަޝްހޫރު ޑިޒައިނަރ ސަބްޔަސާޗީގެ ސާޅިއަކާއި ޑައިމަންޑް ސެޓެއް ދީފައިވާ ކަމަށް ވެސް ޚަބަރުތައް ފެތުރުނެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ރަންވީރާއި ދީޕިކާ މިހާރު އިންޑިއާގެ ގޯއާއިން ގެއެއް ގަނެފިއެވެ.

ދާދިފަހުން ރަންވީރު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ ބޭނުން ވަނީ މުމްބާއި ނޫން ތަނެއްގައި އުޅެން ކަމަށާއި އޭނާ އެންމެ ގިނަ އިން އުޅެވިފައި ހުންނާނީ މުމްބާއީގައި ކަމަށެވެ. އަދި އެނޫން ތަނެއްގައި އުޅުމަށް ބޭނުން ވާތީ ގޯއާއަށް ދާން ބޭނުންވާ ކަމަށް ބުނެފައި ވެއެވެ.

ރަންވީރާއި ދީޕިކާ ގޯއާ އިން ގަނެފައި ވަނީ ލަގްޒަރީ ބަންގަލޯއެވެ. އެ ދެ މީހުން ގޯއާ އިން ގެ ގަނެފައި ވަނީ ކުރީގެ ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ސުނިލް ގަވަސްކަރާއި އިންޑިއާގެ އިކޮނޮމިސޓް ރަގޫރަމް ރާޖަންގެ ގެ ކައިރިންނެވެ.

ދީޕިކާގެ ފިލްމެއް ކަމަށްވާ "ފައިންޑިން ފެނީ" ގެ ބައެއް މަންޒަރުތައް ވެސް ނަގާފައި ވަނީ ގޯއާގައެވެ. އެފިލްމުން ސްޕެޝަލް އެޕިއަރެންސެއްގެ ގޮތުގައި ގޯއާގައި ނެގި މަންޒަރުތަކުން ރަންވީރު ވެސް ފެނިގެންދެއެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު