Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ނަޝީދުގެ ގަލަމުން: މާލީ ނިޒާމްގެ އިތުބާރު ގެއްލި، ބިކަވަނީ ކަޅު ފައިސާއާހުރެ!

9 ޖެނުއަރީ 2018 | އަންގާރަ 07:23

މާލީ މައުލޫމާތު އެއްކުރައްވައި، ފާޑު ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 9 ޖެނުއަރީ 2018 | އަންގާރަ 07:23
ކުރީގެ ރައީސް ނަޝީދު: އިގްތިސާދީ ނަޒަރަކުން ފާޑުވިދާޅުވި-- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް ނަޝީދު: އިގްތިސާދީ ނަޒަރަކުން ފާޑުވިދާޅުވި-- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ ފާހަގަވަމުން އަންނަނީ ކަޅު ފައިސާ ދައުރުކުރާ މަރުކަޒެއްގެ ގޮތުގައި ކަމަށާއި ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލި، ދިވެހި އިޤްތިޞާދު ބިކަ ހާލުގައި ޖެހުމަށް މަގުފަހި ވަނީ އެ ސަބަބާ ހުރެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައި ވަނީ "މިހާރު ނޫހުގައި" އެމަނިކުފާނު ލިޔުއްވާފައިވާ މަޒުމޫނެއްގައެވެ. އެކި އިދާރާތަކުން އާންމުކޮށްފައިވާ މައުލުމާތުތަކުގެ މައްޗަށް ބުރަވެ، ނަޝީދު ލިޔުއްވާފައި ވަނީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގެ ކުރިއަރަމުން އަންނަ މިންވަރު ހަ ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން ދަނީ ދެކުނު އޭޝިޔާގެ އެހެން ޤައުމުތަކުގެ އިޤްތިޞާދުތައް ކުރިއަރުމުންދާ މިންވަރާ އަޅާބަލާބަލާއިރު "މާ ދަށް" މިންވަރެއްގައި ކަމަށް ވެސް އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

Advertisement - newsAdvertisement

"ދިވެހި ރާއްޖޭގެ އިޤްތިޞާދުގެ ކުރިއަރަމުން އަންނަ މިންވަރު ހަ ޕަސެންޓަށް ދަށްވެއްޖެއެވެ. މިއީ ދެކުނު އޭޝިޔާގެ އެހެން ޤައުމުތަކުގެ އިޤްތިޞާދުތައް ކުރިއަރުމުންދާ މިންވަރާ އަޅާބަލާ ނަމަ އަމްދުން އަދި މާ ދަށް މިންވަރެކެވެ،" ނަޝީދު ލިޔުއްވާފައިވެއެވެ.

އަލްޖަޒީރާގެ "ސްޓީލިން ޕެރެޑައިޒް" ޑޮކިއުމެންޓްރީ އާއި އާންމުކޮށްފައިވާ ބައެއް މައުލޫމާތުތަކާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވެފައި ވަނީ މެލޭޝިޔާ ރައްޔިތަކު ދިވެހި ސަރުކާރުގެ ބައެއް އޮފިޝަލުން ހިމެނޭ ގޮތަށް ޓްރަސްޓް ކުންފުންޏެއް އުފައްދައި ކަޅުފައިދާ ދައުރުކުރުމަށް ކުރި މުއާމަލާތްތައް ފެންނަ އެބަ ހުރި ކަމަށެވެ. އަދި އެ މުއާމަލާތުގެ ތަފްސީލުތައް ނަޝީދުގެ މަޒުމޫނުގައި ލިޔުއްވާފައިވެއެވެ.

"ތަން ކުއަން ޔޫ [މެލޭޝިއާގެ ރައްޔިތެއް] ސާފުކޮށްދޭ ގޮތުގައި، 500 މިލިއަން ޔޫރޯ ނުވަތަ އެ އަދަދުގެ އެމެރިކާ ޑޮލަރު ރާއްޖެ އެތެރެކުރުމުގެ ކަންކަމާ ގުޅިގެން، ފަންޑު ބަދަލުކުރުމަށް އެ މީހުންގެ ބައިވެރިވުން އޮވެ އެވެ،" ނަޝީދު ލިޔުއްވާފައިވެއެވެ.

ކަޅު ފައިސާ ދައުރު ކުރުމަށް މެލޭޝިއާގެ މީހާގެ ކުރި މުއާމަލާތްތައް ހިމެނޭ އީމޭލްތަކަކީ އަލްޖަޒީރާ ޑޮކިއުމަންޓްރީން ލިބެން ހުރި މަޢުލޫމާތުތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ފުލުސް އޮފީހުންނާއި ކަމާ ގުޅޭ އެހެން ފަރާތްތަކުން މި މައްސަލަ ބަލާ ތަހުޤީގު ކުރުން މުހިންމުވަނީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުމަށް، ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ މައްޗަށް އިތުބާރު ހިފެން ޖެހޭ ކަމުންނެވެ،" މިހާރު ނޫހުގައި ނަޝީދު ލިޔުއްވާފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް