Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނުރައްކާތެރި އެކްސިޑެންޓް

ކާރެއް ކޮންޓްރޯލް ނުވެ ގޮސް ތިން މީހުންނާއި އެކު މޫދަށް ވެއްޓިއްޖެ

ތިން މީހުންނަން އެއްވެސް އަނިޔާއެއް ލިބިފައެއް ނުވޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 8 ޖެނުއަރީ 2018 | ހޯމަ 18:15
މީދުގައި  ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިފައި

މީދުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިފައި

ދ. މީދޫގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ, ގޮސް މޫދަށް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން މީދޫ ދެކުނު ފަރާތު ޖެޓީ މަތިން މޫދަށް ވެއްޓިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގިއިރު ކާރުގެ ޑްރައިވަރުގެ އިތުރުން ދެ މީހުން ކާރުގައި ތިބި ކަމާއި، އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެއެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރުގެ ބުރަކި ގޮސްގެން ކަމަށް ފުލުހުން ބުންޏެއެވެ.

ކޮންޓްރޯލް ނުވެގެން ކާރު ވެއްޓުނު ސަރަހައްދަކީ ވަރަށް ފުން ސަރަހައްދެއް ކަމަށާއި، އެހެން ނަމަވެސް އެންމެ ފުރަތަމަ ކާރު ގޮސް ޖެހުނީ ތިލަ ސަރަހައްދެއް ކަމަށް ވެއެވެ. އަދި ކާރު ވިލުތެރެއަށް ވެއްޓުމުގެ ކުރިން ތިން މީހުން ވެސް ކާރުގެ ތެރެއިން ނިކުމެފައިވާކަމަށް ވެއެވެ.

ފުލުހުން ބުނީ ކާރު ވިލުތެރެއިން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމަންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫދަށް ވެއްޓުނު އެ ކާރަކީ އަމިއްލަ މީހަކު އެރަށުގައި ދުއްވާ ސްޕޯޓްސް ކާރަކެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު