Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފިލިޕޭ ކުޓީނިއޯ

ބާސާގެ ކޮންޓްރެކްޓުގައި ކުޓީނިއޯ ސޮއިކޮށްފި

ލިވަޕޫލް ދޫކޮށް އޭނާ ބާސާއާ ގުޅިފައިވަނީ 142 މިލިއަން ޕައުންޑްއަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2018 | ހޯމަ 17:09
ކުޓީނިއޯ ބާސާގެ ރައީސްއާއެކު އޭނާގެ ކޮންޓްރެކްޓުގައި ސޮއިކުރަނީ

ކުޓީނިއޯ ބާސާގެ ރައީސްއާއެކު އޭނާގެ ކޮންޓްރެކްޓުގައި ސޮއިކުރަނީ

ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ސްޕެއިންގެ ބާސެލޯނާގެ ކޮންޓްރެކްޓުގައި ސޮއިކޮށްފިއެވެ.

ލިވަޕޫލް ދޫކޮށް އޭނާ ބާސާއާ ގުޅިފައިވަނީ 142 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ބާސާއާއެކު ސޮއިކުރީ ފަސް އަހަރާއި ބައިގެ އެއްބަސްވުމެއްގައެވެ. ހަމައެހެންމެ އޭނާގެ ރިލީސް ފީއެއްގެ ގޮތުގައި ބާސާއިން ކަނޑައަޅާފައިވަނީ 400 މިލިއަން ޔޫރޯއެވެ. ބާސާއާ ލިވަޕޫލްއާ ދެމެދު ކުޓީނިއޯގެ ޓްރާންސްފާއާ ގުޅިގެން އެއްބަސްވުމަކަށް އައިސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މި ޓްރާންސްފާއާއެކު އޭނާ ވެގެން ގޮސްފައިވަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާގެ ފަހަތުން ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. އަދި ކުޓީނިއޯ ވެގެން ގޮސްފައިވަނީ އިނގިރޭސި ޓީމަކަށް ކުޅުނު އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ ބާސާއިން ގަތް އެންމެ އަގުބޮޑު ކުޅުންތެރިޔާއަކީ ވެސް ކުޓީނިއޯއެވެ.

ލިވަޕޫލްއިން ކުޓީނިއޯ ދޫކޮށްލާފައި މިވަނީ އެތަކެއް ދުވަހެއްގެ މަޝްވަރާތަކަށް ފަހުއެވެ. މީގެކުރިން ވެސް ބާސާއިން އޭނާ ހޯދުމަށް ތިން ފަހަރެއްގެ މަތިން ބިޑު ކޮށްފައިވެއެވެ. އޭގެތެރޭގައި 130 މިލިއަން ޕައުންޑްގެ ބިޑެއް ވެސް ހިމެނުނެވެ. ހަމައެހެންމެ ކުޓީނިއޯ ވެސް ވަނީ ދެފަހަރެއްގެ މަތިން އޭނާ ވިއްކާލަދިނުމަށް ލިވަޕޫލްގެ މެނޭޖްމަންޓުގައި އެދިފައެވެެ. ލިވަޕޫލްގައި ކުޓީނިއޯ މަޑުކުރުވުމުގެ ގޮތުން އެ ޓީމުން އޭނާގެ މުސާރަ ބޮޑު ކުރުމުގެ އިތުރުން އެ ޓީމުގެ ކެޕްޓަން ބޭންޑު ވެސް ހުށަހެޅިއެވެ. އެހެން ނަމަވެސް މި ހުރިހާ ކަމަކަށް ފުރަގަސްދީ އޭނާ ނިންމީ ބާސާއަށް ބަދަލުވުމަށެވެ.

ބާސާގެ ކޮންޓްރެކްޓުގައި ސޮއިކުރުމަށް ފަހު ވާހަކަ ދައްކަމުން ކުޓީނިއޯ ބުނީ ބާސާއަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބް ކަމަށާއި އެ ކްލަބަށް ކުޅެފައިވާ ކުޅުންތެރިންނަކީ އޭނާ ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަ ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ ބާސާއަށް ސޮއިކުރުމަކީ ކުޑައިރުއްސުރެ ވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި އެކަން ހަގީގަތަކަށް ވުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.

އޭނާ ބުނީ ލަލީގާގައަކީ ވަރަށް އުނދަގޫ ލީގެއް ކަމަށާއި އިނިގރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ސެރީއޭގައި ލިބުނު ތަޖުރިބާތަކަކީ ވަރަށް މުހިންމު ތަޖުރިބާތަކެއް ކަމަށެވެ. ކުޓީނިއޯ ބުނީ ލިވަޕޫލްގައި އޭނާއަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި އޭނާ ކުޅުމާއި މެދު ގޮތެއް ނިންމާނީ ކޯޗު ކަމަށެވެ. ބާސާގައި ކުޓީނިއޯ ބޭނުންކުރަން ހަމަޖެހިފައިވާ ޖާޒީ ނަމްބަރު ހާމަކޮށްފައެއް ނުވެއެވެ.

މި ޓްރާންސްފާއާ ގުޅިގެން ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމޯ ވިދާޅުވީ ބާސާގެ ހުރިހާ ސަޕޯޓަރުން ވެސް އުއްމީދުކުރަމުން ދަނީ ކުޓީނިއޯ ބާސާގެ ޖާޒީގައި ފެނިގެންދާނެ ދުވަހަކަށް ކަމަށާއި އޭނާ އެ ޓީމަށް ގެނައުމަށް ކުރެވުނު މަސައްކަތަކީ އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކަމަށެވެ.

ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ކުޓީނިއޯއާ ގުޅޭގޮތުން ބުނީ އޭނާއަކީ ވަރަށް ގިނަ މަގާމްތަކަށް ކުޅުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިޔެއް ކަމަށާއި އެހެންކަމުން އެކަމުގެ ފައިދާ ޓީމަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އޭނާއަކީ ލަނޑު ޖަހާ ކުޅުންތެރިޔެއްކަން ފާހަގަކުރަމުން ވަލްވާޑޭ ބުނީ ޓީމަށް އޭނާގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ބާސާގެ މެޑިކަލްއިން އޭނާ ފާސްވި ނަމަވެސް ކުޓީނިއޯގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ 20 ދުވަހަށް ކުޅުމާއި ދުރަށްދާން ޖެހިފައެވެ. އޭނާއަށް އަނިޔާވީ ބާންލިއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައެވެ. އެހެންކަމުން އޭނާއަށް އެންމެ އަވަހަށް ވެސް ބާސާއަށް މެޗެއް ކުޅެދެވޭނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު އެސްޕަންޔޯލްއާ ދެކޮޅަށް ލަލީގާގައި ބާސާ ކުޅޭ މެޗުގައެވެ.

ކުޓީނިއޯ ނެތްތަން ފޫބެއްދުމުގެ ގޮތުން ލިވަޕޫލްއިން އަންނަނީ މޮނާކޯގެ މިޑްފީލްޑަރު ތޮމަސް ލެމާރ އަދި ލެސްޓާ ސިޓީގެ މިޑްފީލްޑަރު ރިޔާދް މަހަރޭޒް ގެނައުމުގެ މަސައްކަތްކުރަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޓީނިއޯ ލިވަޕޫލްގެ ޖާޒީގައި ކުޅެފައިވުމާއެކު ނޮކްއައުޓް ބުރުތަކުގައި އޭނާއަށް ބާސާގެ ޖާޒީގައި ނުކުޅެވޭނެއެވެ. އެހެން ނަމަވެސް ބާސާއިން ކުޅޭ އެހެން ހުރިހާ މުބާރާތެއްގައި އޭނާއަށް އެ ޓީމަށް ކުޅެވޭނެއެވެ.

ކުޓީނިއޯ ލިވަޕޫލް ދޫކޮށްލިއިރު އޭނާ އެ ޓީމާއެކު ހަދާފައި އޮތް ކޮންޓްރެކްޓްގެ މުއްދަތު ހަމަވާން އޮތީ 2022 ވަނަ އަހަރުއެވެ. އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ލިވަޕޫލްއާ ގުޅުނީ 2013 ވަނަ އަހަރު އިންޓަ މިލާން ދޫކޮށް 8.5 މިލިއަން ޕައުންޑްއަށެވެ. ލިވަޕޫލްއަށް ކުޅުނު 201 މެޗުގައި އޭނާ ވަނީ އެ ޓީމަށް 54 ލަނޑު ޖަހައިދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު