Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނީ ވަކީލު ޝަމީމު

ގާނޫނީ ޒިންމާ އަދާކުރުމަކީ "ހެޔޮފުޅު" ކަމުން ވާންޖެހޭ ކަމެއް ނޫން: ޝަމީމު

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ހިނގަމުންދަނީ ރައީސް އޮފީހުގެ ސެކްޝަނެއްގެ ގޮތުގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2018 | ހޯމަ 10:08
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު

ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބަވާ ވެރިން ގާނޫނީ ޒިންމާ އަދާކުރުމަކީި އެ ބޭފުޅުންގެ "ހެޔޮފުޅު" ކަމުން ވާކަމެއް ނޫން ކަމަށާއި ގާނޫނީ ޒިންމާ އަދާކުރުމަކީ އެ ބޭފުޅުންގެ މައްޗަށް ކުރުން ލާޒިމް ކަމެއް ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމީމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކޮށްފައިވާ ގާނޫނެއް ތަންފީޒު ކުރުމާއި ނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ވިޔަސް، އުއްތަމަ ފަނޑިޔާރަށް ވިޔަސް އަދި އިލެކްޝަންސް ކޮމިޝަނަށް ވިޔަސް އެފަރާތެއްގެ އިހުތިޔާރަށް ދޫކޮށްލާފައިވާ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

"ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަނީ ތަންފީޒު ކުރަންވެގެން. ދެން އެހިސާބުން ރައީސުލްޖުމްހޫރިއްޔާއަކަށް ވެސް، އުއްތަމަ ފަނޑިޔާރަކަށް ވެސް އަދި އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ އިހުތިޔާރެއް ނޯންނާނެ ގާނޫނު ތަންފީޒު ނުކުރުމަށް،" ޝަމީމު ވިދާޅުވި އެވެ.

ޝަމީމު ވިދާޅުވީ ގާނޫނު ނަގަހައްޓަންޖެހޭ މުއައްސަސާތަކުން ގާނޫނުތައް ތަންފީޒު ކުރަމުން ނުދާ ކަމަށެވެ. އެގޮތުން ޖިނާއީ އަދުލްގެ ނިޒާމު މައި ތަނބު ކަމަށްވާ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފިސް ހިނގަމުންދަނީ ރައީސް އޮފީހުގެ ސެކްޝަނެއްގެ ގޮތުގައި ކަމަށާއި ސުޕްރީމް ކޯޓުން ވެސް ގާނޫނު ތަންފީޒު ކުރަމުންނުދާ މައްސަލާގައި ކަންބޮޑުވެގެން އުޅޭތަނެއް ނުފެންނަ ކަމަށް ވެސް ޝަމީމު ވިދާޅުވި އެވެ.

ސަމީމު ވިދާޅުވީ ރާއްޖޭގައި ޕްރޮފެޝަނެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންގެ ތެރެއިން 56 ގާނޫނީ ވަކީލަކު އެކަންކަމާމެދު ހުރި ކަންބޮޑުވުންތައް ލިޔުމަކުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ ލިޔުން ބަލައި ނުގަންނަން ނިންމި ނިންމުމުން ވެސް އެކަން އެނގިގެންދާ ކަމަށާއި އަދި އެ ގާނޫނީ ވަކީލުންގެ ހުރި ކަންބޮޑުވުންތަކާމެދު ރާއްޖޭގައި މަސައްކަތް ކުރައްވާ އެއްވެސް ގާނޫނީ ވަކީލަކު ދެބަސްވެފައި ނުވާތީ ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާ އޮތް ފަރާތްތަކުން ޒިންމާ އަދާ ކުރަމުން ނުދާކަން ހާމަވާ ކަމަށެވެ.

"ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ގާނޫނަށް ބޯ ނުލަނބާ މިންވަރު އަޅުގަނޑުމެންނަށް މިއެނގެނީ އެކަމުގައި ހަރަކާތްތެރިވާ ގާނޫނީ ވަކީލުންގެ ޝަކުވާ އިންތިހާއަށް ބޮޑުވުމުން. ކޮންމެ ދުވަހަކު މިކަހަލަ ކަންތައްތަކާ ދިމާވާ ވަކީލުންގެ ވާހަކަ މިދައްކަނީ. އަޅުގަނޑުމެންނަށް މިކަމުގައި ކަންބޮޑުވުން ހުރި މިންވަރު އެހާ މައްޗަށް ހުރީމާ އަދި އާއްމު ރައްޔިތުންނަށް އެކަން އިހުސާސްވާލެއް މާބޮޑުވާނެ. ރާއްޖޭގެ އަދުލްއިންސާފުގެ ކަންކަން ގޮސްފައިވާ ހިސާބަށް ބަލާއިރު، އިންސާފު ހޯދަން ދާނެ ތަނެއް ނެތް،" ޝަމީމު ވިދާޅުވި އެވެ.

ޝަމީމު ވިދާޅުވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާ ސިޓީތަކަށް ޖަވާބު ނުދެއްވާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޝަރުއީ ކޯޓެއްގެ ހުކުމަކާ ނުލައި ޖަލުގައި ހުންނަވާތާ ފަސް މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ފާރިސްގެ ގާނޫނީ ވަކީލުން ޝަރުއީ ކޯޓުތަކަށާޢި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާ ސިޓީތަކަށް ޖަވާބު ދެއްވާފައި ނުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"ފާރިސް މައުމޫންގެ ގާނޫނީ ވަކީލު، ފާރިސް މައްސަލާގައި ޝަކުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާ، އެ ކޯޓުން އެކަން ބަލާ ނުދީގެން ހައިކޯޓަށް ހުށަހަޅުއްވާ، ހައިކޯޓުން ބަލާ ނުދީގެން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާ، އެ ޕްރޮސެސް އެއްކޮށް ފުރިހަމަ ކުރެއްވީމަވެސް ހަމަ އަޅާލާނެ މީހަކުވެސް ނުވި، މިއީ މިކަންކަން އޮތް ހިސާބަކީ،" ޝަމީމު ވިދާޅުވި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު