Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމު އެވޯޑްސް

ދިވެހި ފިލްމު އެވޯޑްސް އަންނަ މަހުގެ 19 ގައި

މިއަހަރު ހުޅުވާލަނީ 2014 އިން 2016 އަށް ނެރުނު ފިލްމުތަކަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 8 ނޮވެމްބަރު 2017 | ބުދަ 07:10
ގައުމީ ފިލްމު އެވޯޑްސް 2016

ގައުމީ ފިލްމު އެވޯޑްސް 2016

ދިވެހި ފިލްމު އެވޯޑްސް އަންނަ މަހުގެ 19 ގައި ބާއްވަން ނިންމައިފި އެވެ.

މިކަން އިއުލާން ކުރުމަށް ފަހު އެވޯޑްގެ ހަފުލާގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާރަ ދުވަހު ޔޫތު މިނިސްޓްރީއާއި ޕީއެސްއެމުން ވަނީ ސޮއި ކޮށްފައެވެ.

ދިވެހި ފިލްމު އެވޯޑްސް އަށް ފިލްމުތައް ބައިވެރިކުރުމަށް 01 ނޮވެމްބަރުން ފެށިގެން ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ފިމްލުތައް ބައިވެރި ކުރުމުގެ އެންމެ ފަހު ތާރީހަކީ 15 ނޮވެމްބަރު އެވެ. "ދިވެހި ފިލްމު އެވޯޑްސް 8" ގެ އުސޫލު އަދި ބައިވެރިވުމަށް އެދޭ ފޯމް އެންސީއޭގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މިފާއިތުވެދިޔަ ދެ އަހަރުވެސް ގައުމީ ފިލްމު އެވޯޑް ދީފައިވެ އެވެ. އެގޮތުން 2015 ވަނަ އަހަރު އެވޯޑް ހަފްލާފައި އެވޯޑް ދީފައިވަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް ނެރެފައިވާ ފިލްމުތަކަށް ހާއްސަ ކުރެވިގެންނެވެ. އަދި 2016 ވަނަ އަހަރު އެވޯޑްދީފައި ވަނީ 2011 ވަނަ އަހަރުން 2013 ވަނަ އަހަރުގެ ނިޔަލަށް ނެރުނު ފިލްމުތަކަށެވެ.

ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް އިން އާންމުކޮށްފައިވާ ބަޔާނުގައިވާ ގޮތުން، މިފަދަ އެވޯޑެއް ދިނުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީ ކޮށް ދެމެހެއްޓުމެވެ.

އެގޮތުން 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ނެރެފައިވާ ފިލްމުތަކަށް އެވޯޑް ދިނުމުގެ ހަފްލާ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

"މީ ލޯތްބަކީ" އަންނަ އޭޕްރީލް މަހު އޮލިމްޕަހުގައި އަޅުވަނީ

30 ޖެނުއަރީ 2017
"މީ ލޯތްބަކީ" އަންނަ އޭޕްރީލް މަހު އޮލިމްޕަހުގައި އަޅުވަނީ
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
12 ޖެނުއަރީ 2017

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

12 ޖެނުއަރީ 2017
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު