Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއު ރޭޑިއަންޓް

އީގަލްސް މިޑްފީލްޑަރު އިންމަ ނިއުއަށް ސޮއިކޮށްފި

7 ޖެނުއަރީ 2018 | އާދީއްތަ 12:39

އިންމައަކީ ވޭތުވެދިޔަ ދެ އަހަރު ވެސް އީގަލްސްގެ ކެޕްޓަން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 ޖެނުއަރީ 2018 | އާދީއްތަ 12:39
އިންމަ ކޮންޓްރެކްޓުގައި ސޮއި ކުރުމަށްފަހު ނިއުގެ ޖެނެރަލް ސެކްރެޓެރީއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން

އިންމަ ކޮންޓްރެކްޓުގައި ސޮއި ކުރުމަށްފަހު ނިއުގެ ޖެނެރަލް ސެކްރެޓެރީއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން

ކްލަބް އީގަލްސްގެ ކެޕްޓަން އަދި އެ ޓީމުގެ މެދުތެރޭގެ އެންމެ މައިގަނޑު އެއް ތަނބު ކަމަށްވާ އިމްރާން ނަޝީދު (އިންމަ) މި ފެށޭ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުމަށް ސޮއި ކޮށްފިއެވެ.

އިންމައަކީ ވޭތުވެދިޔަ ދެ އަހަރު ވެސް އީގަލްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިޔާއެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ މަސައްކަތުގެ ރޭޓު ރަނގަޅު މިޑްފީލްޑުގެ ކޮންޓްރޯލް ދަމަހައްޓައިދޭ ކުޅުންތެރިޔެއްގެ ގޮތުގައެވެ. އީގަލްސްއިން ފުރަތަމަ ޑިވިޝަނުގައި ހޯދަމުން އަންނަ ކާމިޔާބުގައި އިންމަގެ ހިއްސާ ބޮޑެވެ. އެގޮތުން 2016 ވަނަ އަހަރު އެ ޓީމުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރިއިރު އިންމަ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ ކުޅުމުގެ ސަބަބުން 2016 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި އެ އަހަރުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނިފައިވެއެވެ.

ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ޖާގަ ހޯދަމުން އަންނަ އިންމަ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ފެނިގެން ގޮސްފައި ވަނީ ގދ. ތިނަދޫ ޓީމުންނެވެ. އޭނާ ތިނަދޫއަށް ބަދަލުވީ އީގަލްސްއަށް އެސްޓީއޯ މާލެ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ގެއްލި ޕްރިމިއާ ލީގުގެ ޖާގައެއް ގެއްލުމާއި ގުޅިގެންނެވެ.

މިއީ މި ފެށޭ ސީޒަނަށް ނިއު ވަރުގަދަ ކުރުމަށް އެ ޓީމުން ގެނައި ހަތަރު ވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އެ ޓީމުން ވަނީ މާޒިޔާގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު އުމައިރާއި ކްލަބް ވެލެންސިއާގެ ޑިފެންޑަރު ހިޝާމް ސަލީމް (ކޮކީ) ގެ އިތުރުން ޔޫތް ޗެމްޕިއަންޝިޕުގައި އެންމެ ގިނަ ލަނޑު ޖެހި އުއްމީދީ ފޯވާޑް އިބްރާހިމް އަތީގް އެ ޓީމަށް ގެނެސްފައެވެ.

ހަމަ އެހެންމެ ނިއުއިން އަންނަނީ ބިދޭސީ ކުޅުންތެރިން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ލުބްނާންގެ ޑިފެންޑަރު ހުސައިން އެލްޑޯ އާއި މޮންޓެނީގްރޯގެ ޑިފެންޑަރު ސްޓެވަން މާކޮވިޗްގެ ބަދަލުގައި އޭޝިއާގެ ޑިފެންޑަރަކާއި ޔޫރަޕުގެ ޑިފެންޑަރެއް ގެނައުމުގެ މަސައްކަތް އެ ޓީމުން އަންނަނީ ކުރަމުންނެވެ. ހަމައެހެންމެ އަމިއްލަ ސަބަބުތަކަށްޓަކައި އެނބުރި ގައުމަށް ދިޔަ އެ ޓީމަށް ކުޅުނު ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯގެ ބަދަލުގައި ޔޫރަޕުގެ ފޯވާޑެއް ގެނައުމުގެ މަސައްކަތް ވެސް އެ ޓީމުންދަނީ ކުރަމުންނެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި ވެސް އެ ޓީމުން ފެނުނު ސްޕެއިންގެ މިޑްފީލްޑަރު ކަންޑޭލާ މި ފެށޭ ސީޒަނުގައި ވެސް އެ ޓީމުން ފެންނާނެއެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް ވަނީ އާކޮށްފައެވެ. އޭގެ ތެރޭގައި އެ ޓީމުގެ ދެ ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދު (އިންމަ) އާއި މުހައްމަދު ފައިސަލްގެ އިތުރުން އަކްރަމް އަބްދުލް ޢަނީ، ހަސަން އަދުހަމް، އަހުމަދު އަބްދުﷲ، ރިލްވާން ވަހީދު އަދި މިދުހަތް ފަހުމީ ހިމެނެއެވެ. މި ކުޅުންތެރިންގެ އިތުރުން ނިއުގެ ކޯޗު އޮސްކާ ބްރޫޒޯން އަންނަ އަހަރުގެ ނިޔަލަށް އެއްބަސްވުން އާކޮށްފައިވާއިރު ކަންޑޭލާ ވެސް ވަނީ އެއްބަސްވުން އާކޮށްފައެވެ. މީގެއިތުރުން ހަމްޒާ މުހައްމަދާއި އަލީ ފާސިރުގެ އިތުރުން އިބްރާހިމް ރަޝީދު ވަނީ އެ ޓީމުގައި ދިގު މުއްދަތެއް ވަންދެން މަޑުކުރަން އެއްބަސްވެފައެވެ.

ހަމައެހެންމެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް އެ ޓީމުގެ ކޮންޓްރެކުޓުގައި ވަރަށް އަވަހަށް ސޮއިކުރުމަށް ވަނީ ނިންމާފައިވާ ކަމަށް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.

ނިއު އިން އަންނަ ސީޒަނާ ކުރިމަތިލާނީ ސަރަހައްދީ ފެންވަރުގައި ވެސް ކާމިޔާބު ހޯދުމުގެ އުއްމީދުގައެވެ. މިކަން ހަގީގަތަކަށް ހެދުމަށް އެ ޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް