Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެން ވެންގާ

ވެންގާ އަށް ތިން މެޗުގެ ސަސްޕެންޝަނެއް

6 ޖެނުއަރީ 2018 | ހޮނިހިރު 14:31

އޭނާ ވަނީ 40000 ޕައުންޑްއިން ޖޫރިމަނާ ވެސް ކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 ޖެނުއަރީ 2018 | ހޮނިހިރު 14:31
ވެސްޓް ބްރޮމްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ވެންގާ ރެފްރީއާ ޒުވާބު ކުރަނީ

ވެސްޓް ބްރޮމްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ވެންގާ ރެފްރީއާ ޒުވާބު ކުރަނީ

އިނގިރޭސިވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އާސެނަލްގެ ކޯޗު އާސެން ވެންގާ ތިން މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

ވެންގާއަށް ތިން މެޗުގެ ސަސްޕެންޝަނެއް އައިސްފައި މިވަނީ ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކާ ދެކޮޅު ހެދުމުގެ ގޮތުން ރެފްރީއާ ޒުވާބު ކުރުމުންނެވެ.

މި މެޗުގެ ފަހު ވަގުތު ވެސްޓް ބްރޮމްއިން ޖެހި ލަނޑާއެކު އާސެނަލްއަށް ތިން ޕޮއިންޓް ގެއްލިގެންދިޔައެވެ. 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު މި މެޗުގައި ވެސްޓް ބްރޮމްއިން ލަނޑު ޖެހީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި އެ ޓީމަށް ލިބުނު ޕެނަލްޓީއާއެކުއެވެ. މި ނިންމުމާއި ދެކޮޅު ހެދުމުގެ ގޮތުން ވެންގާ ވަނީ މި މެޗުގައި ރެފްރީކަން ކުރި މައިކް ޑީންއާ ޒުވާބުކޮށްފައެވެ. އަދި މެޗު ނިންމާލުމަށް ފަހު ރެފްރީން ތިބޭ ޗޭންޖިން ރޫމްއަށް ވެސް އޭނާ ވަދެފައިވެއެވެ.

މިކަމާއި ގުޅިގެން އިނގިރޭސި އެފްއޭއިން ނެރުނު ބަޔާނެއްގައި ވަނީ ރެފްރީންގެ ނިންމުންތަކާއި ދެކޮޅު ހަދައި ޒުވާބުކުރުމުގެ ތެރޭގައި ވެންގާ ބޭނުން ކުރި ބަސްމަގާއި އޭނާ ކަންކަންކުރި ގޮތުގެ ސަބަބުން ރެފްރީންގެ ނިންމުންތަކާއި މެދު މީހުންގެ މެދުގައި ސުވާލު އުފޭ ގޮތް ވެފައިވާ ކަމަށެވެ. އަދި އޭނާ 40000 ޕައުންޑްއިން ޖޫރިމަނާކޮށް ތިން މެޗަށް އޭނާ ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށް މި ބަޔާނުގައިވެއެވެ.

މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން ވެންގާ ބުނެފައިވަނީ އޭނާ އެކަމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށާއި އޭނާ އެ ދުވަހު އަމަލު ކުރި ގޮތާއި މެދު އެއްވެސް ވަރަކަށް ދެރަ ނުވާ ކަމަށެވެ. ހަމައެހެންމެ މިއީ ވާހަކަ ދައްކަން ޖެހޭ މުހިންމު މައުޟޫއެއް ކަމަށާއި އޭނާ ބޭނުންވަނީ ބޮޑެތި މެޗުތަކުގައި ގާބިލް ޕްރޮފެޝަނަލް ރެފްރީން ތިބެން ކަމަށް ވެސް ވެންގާ ހާމަކުރިއެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ވެންގާއަށް އެންމެ ފުރަތަމަ ގެއްލޭނީ އިނގިރޭސި އެފްއޭ ކަޕްގައި ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު ނޮޓިންގްހަމް ފޮރެސްޓާ ދެކޮޅަށް އާސެނަލް ކުޅޭ މެޗެވެ. އަދި އޭގެ ފަހުން ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އިނގިރޭސި ލީގު ކަޕްގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައާއި އަދި ޕްރިމިއާ ލީގުގައި މި މަހުގެ 14 ވަނަ ދުވަހު ކުޅޭ މެޗުގައި ވެސް އޭނާއަށް އާސެނަލްގެ ބެންޗުގައި ނުހުރެވޭނެއެވެ.

ވެންގާއަކީ އާންމު ގޮތެއްގައި ރެފްރީންގެ ނިންމުންތަކާއި ދެކޮޅު ހަދާ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކޯޗެކެވެ. މިކަމުގެ ސަބަބުން އޭނާއަށް ވަރަށް ގިނައިން އެކިވަރުގެ އަދަބު ވެސް ލިބިފައި އެބަހުއްޓެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް