Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީ ސްޓާފް އެވޯޑް

ރާއްޖެޓީވީގެ އެންމެ ރަނގަޅު މުވައްޒަފަކަށް މުހައްމަދު އަނިލް

މިއީ ރާއްޖެޓީވީގެ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުގެ މަގާމް އަނިލް ހޯދި ދެވަނަ ފަހަރު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 6 ޖެނުއަރީ 2018 | ހޮނިހިރު 03:15
ރާއްޖެޓީވީގެ 2017 ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވުނު މުޙައްމަދު އަނިލް އަށް ޝަރަފްވެރި މެހެމާން ހުސެއިން މުޙައްމަދު އިނާމް ހަވާލު ކޮށްދެއްވަނީ

ރާއްޖެޓީވީގެ 2017 ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވުނު މުޙައްމަދު އަނިލް އަށް ޝަރަފްވެރި މެހެމާން ހުސެއިން މުޙައްމަދު އިނާމް ހަވާލު ކޮށްދެއްވަނީ

ރާއްޖެޓީވީގެ 2017 ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް ޗީފް ކެމެރާމަން މުޙައްމަދު އަނިލް ހޮވިއްޖެ އެވެ.

މިމަގާމް އަނިލް ހޯދީ، ރާއްޖެޓީވީގެ ސީނިއަރ ވީޑިއޯ ޖަރނަލިސްޓުން ކަމަށްވާ އަހުމަދު މުހުސިން އަދި މުޙައްމަދު ފަޒީންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ މިއެވޯޑް އަނިލް ހޯދި ދެވަނަ ފަހަރެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި ރާއްޖެޓީވީ އަދި ރާއްޖެ.އެމްވީގެ އަހަރީ އިނާމް ދިނުމުގެ ހަފްލާގައި މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަށް ހޮވުނު މުޙައްމަދު އަނިލް އަށް އެވޯޑް ހަވާލު ކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހެމާން، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދެވެ.

މީގެ އިތުރުން މިހަފްލާގައި ވަނީ، ފާއިތުވި އަހަރު ރާއްޖެޓީވީ އަށް އެކި ދާއިރާތަކުން އެންމެ ރަނގަޅު މުވައްޒަފުން ފާހަގަކޮށް އެވޯޑް ދީފައެވެ.

އެންމެ އުއްމީދީ މުވައްޒަފަކަށް ހޮވިފައިވަނީ ސީނިއަރ ވީޑިއޯ ޖަރނަލިސްޓް ފާތިމަތު ޝަނާ މުޙައްމަދު ހޮވިފައިވާއިރު، އެންމެ އުފެއްދުންތެރި މުވައްޒަފަކަށް ހޮވިފައިވަނީ ސީނިއަރ ވީޑިއޯ ޖަރނަލިސްޓް މުޙައްމަދު ވިސާމް އެވެ.

އަހަރުގެ އެންމެ މޮޅު ޕްރެޒެންޓަރަކަށް ހޮވިފައިވަނީ ސީނިއަރ ވީޑިއޯ ޖަރނަލިސްޓް އަހުމަދު މުހުސިން އެވެ.

އަހަރުގެ އެންމެ މޮޅު އުފެއްދުމަކަށް ހޮވިފައިވަނީ އިންޑިއާގެ ޔަތީމްޚާނާއެއްގައި ދިރިއުޅެން ޖެހުނު ދިވެހި ތިން އަންހެން ކުދިންނާއި ގުޅޭ ގޮތުން މުޙައްމަދު ވިސާމް ތައްޔާރުކުރި ޑޮކިއުމެންޓަރީ "ހިތްދަތި އާދޭސް" އެވެ.

އަހަރުގެ އެންމެ މޮޅު ވީޑިއޯ އެޑިޓަރަކަށް ހޮވިފައިވަނީ އަހުމަދު ސިރާޖް އެވެ. އެންމެ މޮޅު ކެމެރާމަނަކަށް ހޮވިފައިވަނީ އާދަމް ޒަރީރު އެވެ. އެންމެ ރަނގަޅު އޮންއެއަރ އޮޕަރޭޓަރަކަށް ހޮވިފައިވަނީ އައިމިނަތު މުޙައްމަދު އެވެ.

އަހަރުގެ އެންމެ ރާއްޖެ އެމްވީގެ ކިޔުންތެރިންގެ މަގުބޫލް ލިޔުމަށް ހޮވިފައިވަނީ އަހުމަދު މުހުސިން ލިޔުނު "ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން..." އެވެ.

އެންމެ މޮޅު ލިޔުމަށް ހޮވިފައިވަނީ ސީނިއަރ ވީޑިއޯ ޖަރނަލިސްޓް ފާތިމަތު ޝަނާ ލިޔުނު "ރަޝީދުގެ އަންހެނުންގެ ދުލުން – ފިރިމީހާ ނިޔާވެގެން ދިޔައީ ނަޖިސް މުންޑާއެކު" އެވެ.

އަހަރުގެ އެންމެ މަގުބޫލް ފޮޓޯސްޓޯރީ އަކަށް ހޮވިފައިވަނީ ފޮޓޯ ޖަރނަލިސްޓް މުޙައްމަދު ޝަރުހާން ވަހީދުގެ "ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކުރުން" އެވެ.

ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލް ލިޔުންތެރިޔަކަށް ހޮވިފައިވަނީ އަޒްމޫން އަހުމަދު ދީދީ އެވެ.

އަހަރުގެ އެންމެ ގިނަ ލިޔުންތައް ލިޔުނު ލިޔުންތެރިޔަކަށް ހޮވިފައިވަނީ ރުޝްދާ ރަޝީދެވެ.

ފާއިތުވި އަހަރު ރާއްޖެޓީވީ އިން ހާޒިރީ އަށް އެންމެ ރަނގަޅު މުވައްޒަފުންނަށް ހޮވިފައިވަނީ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް، ޗީފް ކެމެރާމަން މުޙައްމަދު އަނިލް، ޑެޕިއުޓީ ހެޑް އޮފް އިންޓަރނޭޝަނަލް ނިއުސް އަބްދުﷲ މުޙައްމަދު، ސީނިއަރ ވީޑިއޯ ޖަރނަލިސްޓް އަހުމަދު މުހުސިން އަދި ސީނިއަރ ވީޑިއޯ ޖަރނަލިސްޓް މުޙައްމަދު ފަޒީނެވެ.

މީގެ އިތުރުން މިހަފްލާގައި ވަނީ، ރާއްޖެޓީވީ އަށް ފަސް އަހަރު ހިދުމަތް ކޮށްދިން ސީނިއަރ ވީޑިއޯގްރާފަރ އަހުމަދު މަމްދޫހް އަދި ޗީފް ކެމެރާމަން މުޙައްމަދު އަނިލްގެ ހިދުމަތް ފާހަގަކޮށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު