Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާނުގެ ހަމަނުޖެހުން

އިރާނުގެ ދާހިލީ ކަންކަމާ އެމެރިކާ އިން ދަނީ ބެހެމުން: އިރާން

އިރާނުން އދ އަށް ކަނޑައަޅުއްވާފައިވާ މަންދޫބު ވަނީ އދ އަށް ފޮނުއްވި ސިޓީއެއްގައި އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2018 | ބުރާސްފަތި 16:55
އިރާނުން އދ އަށް ކަނޑައަޅުވާފައިވާ މަންދޫބު ޣުލަމާލީ ޚުޝްރޫ

އިރާނުން އދ އަށް ކަނޑައަޅުވާފައިވާ މަންދޫބު ޣުލަމާލީ ޚުޝްރޫ

އިރާނުގެ ދާހިލީ ކަންކަމާ އެމެރިކާ އިން ބެހެމުންދާ ކަމަށް ބުނެ އިރާނުން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އިރާނުން އދ އަށް ކަނޑައަޅުވާފައިވާ މަންދޫބު ޣުލަމާލީ ޚުޝްރޫ އދ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "އެމެރިކާ ގެ ލީޑާޝިޕުން ތާކުންތާކު ނުޖެހޭ ޓްވީޓްތަކެއް ކުރަމުންދާ ކަމަށާއި، އެ ޓްވީޓުތަކުގައި ގޮވާލަނީ އިރާނުގެ ރައްޔިތުން ގައުމު ހުއްޓުމަކަށް އަންނަ އަމަލުތަކުގައި ބައިވެރިވުމަށް ކަމަށެވެ." އަދި އެމެރިކާ އިން ގޮވާލާ ކަންކަމަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފުކަންކަން ކަމަށް ވެސް ޚުޝްރޫ ވިދާޅުވިއެވެ. ޚުޝްރޫ އދ އަށް ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވީ އެމެރިކާ އަކީ އިރާނުގެ ދާހިލީ ކަންކަމާ ބެހުމުގެ ޓްރެކް ރިކޯޑެއް އޮތް ގައުމެއް ކަމަށެވެ.

ޚުޝްރޫގެ ސިޓީގައި އިތުރަށް ވިދާޅުވީ އެމެރިކާ އަކީ އިރާނުގެ ރައްޔިތުންނާ އެކީގައިވާ ގައުމެއް ނޫން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ޚުޝްރޫ ވިދާޅުވީ ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް އެތެރެ ނުވޭވޭ ގޮތަށް ހަދާފައިވާ ކަމަށާއި އެގައުމުތަކުގެ ތެރޭގައި އިރާން ހިމެނޭ ކަމަށެވެ. އަދި އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން ވެސް ޚުޝްރޫ އެމެރިކާ އަށް ވަނީ ފާޑުވިދާޅުވެފައެވެ.

އަންގާރަ ދުވަހު، އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ މަންދޫބު ވިދާޅުވެފައި ވަނީ އިރާނުގެ ދާހިލީ ކަމަކާ އެމެރިކާ އިން ނުބެހޭ ކަމަށެވެ. އަދި އިރާނުގެ ރައްޔިތުން ގޮވާލާނީ މިނިވަންކަން ލިބުމަށް ކަމަށެވެ.

އިރާނުގެ މިހާރުގެ ސަރުކާރަކީ "ޚުދުމުޚުތާރު" އަދި "ކޮރަޕްޓް" ސަރުކާރެއް ކަމަށާއި އަދި އިރާނުގެ މުޒާހަރާތައް ކުރިއަށްދާ ގޮތް އެމެރިކާ އިން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް އަންގާރަ ދުވަހު އިރާނަށް ވަނީ ވަރަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ "ޚުދުމުޚުތާރު އަދި ކޮރަޕްޓް ވެރިކަމާ ދެކޮޅަށް އެންމެ ފަހުން ރައްޔިތުން ނިކުމެއްޖެ" ކަމަށެވެ. އިރާނުގެ މުޒާހަރާތަކާ ގުޅޭ ގޮތުން ރައީސް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ އިރާނުން ދަނީ "ކޮންމެ ހަރުފަތަކުން ފެއިލްވަމުން ކަމަށާއި މިއީ އިރާނަށް ބަދަލު އަންނަންވީ ވަގުތު ކަމަށެވެ."

އިރާނުގައި ކުރަން ފެށި ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ. މިހާތަނަށް މިމުޒާހަރާތަކުގައި 21 މީހުން މަރުވެފައިވެއެވެ.

ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ފެށި މުޒާހަރާތައް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު