Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހޮލީވުޑް

"ސްކެންޑަލް" އާއި "ހައު ޓު ގެޓް އަވޭ ވިތު މަރޑަރ" ގެ ކްރޮސްއޯވަރ އެޕިސޯޑެއް އަންނަނީ

އެޕިސޯޑް ދައްކާނެ ދުވެހެއް އަދި އިއުލާނެއް ނުކުރޭ

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 4 ޖެނުއަރީ 2018 | ބުރާސްފަތި 06:44
ކެރީ ވޮޝިންގޓަން (ކ) އާއި ވައޯލާ ޑޭވިސް (ވ)

ކެރީ ވޮޝިންގޓަން (ކ) އާއި ވައޯލާ ޑޭވިސް (ވ)

މަޝްހޫރު ދެ ޝޯވ ކަމަށްވާ 'ސްކެންޑަލް' އާއި 'ހައު ޓު ގެޓް އަވޭ ވިތު މަރޑަރ' ގެ ކްރޮސްއޯވަރ އެޕިސޯޑަށް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ޝޯވގެ ޕްރޮޑިއުސަރުން ބުނެފިއެވެ.

މި ވާހަކަ އިންސްޓަގްރާމް މެދުވެރިކޮށް ބުދަ ދުވަހު އިއުލާންކޮށްފައި ވަނީ ދެ ޝޯވ އުފެއްދި، އަދި ޕްރޮޑިއުސަރެއްގެ މަގާމުގައި ހުރި ޝޮންޑާ ރައިމްސްއެވެ.

އޭނާ އިންސްޓަގްރާމް ކޮށްފައިވާ ފޯޓޯއިން ފެންނަނީ ކްރޮސްއޯވަރ އެޕިސޯޑްގެ ސްކްރިޕްޓްގެ ސަފްހާއެއްގެ ތަންކޮޅެކެވެ. އެއީ ދެ ޝޯވގެ މައި ކެރެކްޓަރުން، އޮލޮވިއާ ޕޯޕް އާއި އެނެލީސް ކީޓިންގ އަލަށް ބައްދަލުވާ މަންޒަރެވެ.

ޝޮންޑާގެ އިންސްޓަގްރާމް ޕޯސްޓުން ދޭހަވާ ގޮތުގައި މި ދެމީހުން އަލަށް ދިމާ ވަނީ ސެމިނާއެއް ފަދަ ތާކުންނެވެ.

Loading Instagram post...

ޝޮންޑާގެ ޕޯސްޓަށް ފަހު "ސްކެންޑަލް"ގެ އޮލީވިއާގެ ރޯލް ކުޅޭ ކެރީ ވޮޝިންގޓަން އާއި "ހައު ޓު ގެޓް އަވޭ ވިތު މަރޑަރ" ގެ ވައޯލާ ޑޭވިސް ވެސް ވަނީ އެ ފޮޓޯ ރީޕޯސްޓްކޮށްފައެވެ.

ކްރޮސްއޯވަރ އެޕިސޯޑް ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން ކެރީ އާއި ވައޯލާ ވަނީ އެފަދަ ކަމެއް ވާން އުޅޭ ކަމުގެ އިޝާރާތްތަކެއް ކޮށްފައެވެ. އެކަކު އަނެކަކުގެ ޝޯވއިން ފެނިގެންދާ ތަންތަނުގައި ފޮޓޯ ނެގުމަށް ފަހު ދެ މީހުން ވަނީ އިންސްޓަގްރާމްކޮށްފައެވެ.

އެގޮތުން، ވައޯލާ ވަނީ "ސްކެންޑަލް" އިން ފެނިގެންދާ 'އޯވަލް އޮފީސް'ގެ މޭޒު ކުރިމަތީގައި އޭނާ ހުރި ފޮޓޯއެއް ޝެއާ ކޮށްފައެވެ. "ކެރީ ވޮޝިންގޓަން، އަހަރެން މިހިރަ ތަނެއް ގެސްކޮށްބަލަ؟" ފޮޓޯގެ ކެޕްޝަނަކަށް ބޭނުންކޮށްފައި ވެއެވެ.

Loading Instagram post...

އޭގެ ގަޑިއިރެއް ކުރިން ކެރީ ވަނީ "ހައު ޓު ގެޓް އަވޭ ވިތު މަރޑަރ" ގައި ފެންނަ ކޯޓްގެ ހޯލްވޭގައި އިންނަ ބެންޗެއްގައި އޭނަ އިށީނދެ އިން ފޮޓޯއެއް ޝެއާކޮށްފައެވެ. "ވައޯލާ ޑޭވިސް، ބަލަ، މިތަން ދަންނަ ވައްތަރު ޖަހާތަ؟ ކޮންތާކު ތިހިރީ؟" ކެރީ އަހާފައިވެއެވެ.

Loading Instagram post...

އެމެރިކާގެ ބްރޯޑްކާސްޓަރެއް ކަމަށްވާ އެމެރިކަން ބްރޯޑްކާސްޓިން ކޮމްޕެނީ (އޭބީސީ) އިން ވެސް ވަނީ "ސްކެންޑަލް" އާއި "ހައުޓު ގެޓް އަވޭ ވިތު މަރޑަރ" ގެ ކްރޮސްއޯވަރ އެޕިސޯޑެއް އަންނަން އުޅޭ ވާހަކަ ޔަގީންކޮށްދީފައެވެ. ނަމަވެސް މި އެޕިސޯޑް އެއާކުރާ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

މިއީ މި ދެތަރިން އެއް ސްކްރީނެއްގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ކަޅު ނަސްލުގެ ދެ އަންހެނުން ކަމަށްވާ ވައޯލާ އާއި ކެރީ ފެނިގެންދަނީ އެ މީހުންގެ ޝޯވތަކުގެ މައި ކެރެކްޓަރުގެ ރޯލުންނެވެ. އެހެންނަމަވެސް، ހޮލީވުޑްގައި ނަސްލީ އަދި ޖިންސީ ތަފާތުކުރުން ގިނަކަމީ މިހާރު އެތައް ބަޔަކު ދައްކަމުންދާ ވާހަކައެެކެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު