Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ އިންތިޚާބު

2020 ގައި ވެރިކަން ބޭނުން ނަމަ، ފެބްރުއަރީ 10ގެ އިންތިޚާބު ކާމިޔާބުކުރަން ޖެހޭ: ރަނިލް

4 ޖެނުއަރީ 2018 | ބުރާސްފަތި 03:23

ސަރުކާރާއި އިދިކޮޅުންވެ ސް ވަނީ ކެމްޕޭން ލޯންޗްކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 4 ޖެނުއަރީ 2018 | ބުރާސްފަތި 03:23
ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސެނާ (ކ) އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސެނާ (ކ) އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ

ކުރިއަށް އޮތް 2020 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުން ނަމަ، އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަން ޖެހޭ ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް މި އިންތިޚާބުގެ މުހިއްމުކަމާ މެދު ރަނިލް ވާހަކަ ދައްކަވާފައި މި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު ޔޫއެންޕީގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކެންޑިޑޭޓަކު ލަންކާގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޮޑުވަޒީރުގެ ވާހަކަފުޅުގައި އިންތިޚާބު ކާމިޔާބުކުރެއްވުމަށް ހިތްވަރުދެއްވައި، ސަރުކާރުން މި އިންތިޚާބު ކާމިޔާބުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ލޯކަލް ކައުންސިލްތަކަށް ސަރަހައްދީ ތަރައްޤީގައި ބައިވެރިވުމުގެ ފުރުސަތުދީ، ކައުންސިލްތަކުގެ ބާރުތައް އިތުރުކުރައްވާނެ ކަމަށް ރަނިލް ވިދާޅުވެއެވެ.

ފެބްރުއަރީ 10 ގައި އޮންނަ ލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ސަރުކާރަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަޤީންކަން ރަނިލް ވަނީ ދެއްވާފައެވެ. އިންތިޚާބު ކަވަރކުރުމުގައި މީޑިއާތަކުން ގެންގުޅެން ޖެހޭ މިންގަނޑުތަކާ ބެހޭ ގައިޑްލައިންގައި ސޮއެކުރެއްވުމަށް ފަހު ރަނިލް ވިދާޅުވީ މިއިންތިޚާބުގައި ކޮންމެ ދާއިރާއަކަށް ވެސް އެދާއިރާއެއް ތަމްސީލްކުރުމަށް ހޮވާ ކައުންސިލަރުން ހޮވުމުގެ ފުރިހަމަ މިނިވަންކަން ލިބޭނެ ކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ 25 އިންސައްތައަކީ އަންހެނުން ކަމަށް ވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

އަނެއްކޮޅުން ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އާ ސިޔާސީ ޕާޓީ އާއި، އެޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ވެސް މިހާރު ވަނީ އިންތިޚާބުގެ ކެމްޕޭން ލޯންޗްކޮށްފައެވެ. އިންތިޚާބު ލޯންޗްކުރުމަށް ސުގަތަދާސަ އިންޑޯ ސްޓޭޑިއަމްގައި ބޭއްވި އެއްވުމުގައި ރާޖަޕަކްސަ ވިދާޅުވީ އެމަނިކުފާނު ޤައުމު ހިންގެވިއިރު ލަންކާއަކީ އަމިއްލައަށް އުޅެވޭ ޤައުމެއް ކަމަށާއި، މިހާރު ހުރިހާ ކަމެއް ބޮއްސުންލާފައި ވާކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
07 ޖެނުއަރީ 2017

ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި

07 ޖެނުއަރީ 2017
ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި
07 ޖެނުއަރީ 2017

ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި

07 ޖެނުއަރީ 2017
ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް