Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެކްސިކޯގެ ގައުމީ ޓީމު

މެކްސިކޯގެ އަމާޒަކީ ވޯލްޑް ކަޕް ހޯދުން: ޗިޗަރީތޯ

3 ޖެނުއަރީ 2018 | ބުދަ 11:19

ކޮލިފައިންގައި ކުޅުނު 10 މެޗުން އެ ޓީމު 21 ޕޮއިންޓް ހޯދި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 ޖެނުއަރީ 2018 | ބުދަ 11:19
ޗިޗަރީތޯ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑެއް ޖަހައިދިނުމަށް ފަހު

ޗިޗަރީތޯ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑެއް ޖަހައިދިނުމަށް ފަހު

މެކްސިކޯގެ އަމާޒަކީ މިއަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ތަށި ހޯދުން ކަމަށް ވެސްޓް ހަމް ޔުނައިޓެޑަށް ކުޅެމުން އަންނަ އެ ގައުމުގެ ފޯވާޑް ހަވިޔާ ހަނާންޑޭޒް (ޗިޗަރީތޯ) ބުނެފިއެވެ.

މެކްސިކޯއިން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރީ އުތުރޔ އަދި މެދުތެރޭ އެމެރިކާގެ ކޮލިފައިން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިންގައި ކުޅުނު 10 މެޗުން އެ ޓީމު 21 ޕޮއިންޓް ހޯދިއިރު ކޮލިފައިންގައި ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ފާއިތެވެދިޔަ އަހަރަކީ ގައުމީ ފެންވަރުގައި ޗިޗަރީތޯއަށް ކާމިޔާބު އަހަރެކެވެ. އެގޮތުން އޭނާވަނީ މެކްސިކޯގެ ގައުމީ ޓީމަށް 100 މެޗު ހަމަކޮށް އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ.

ވެސްޓް ހަމްގެ ރަސްމީ ވެބްސައިޓާއި ވާހަކަ ދައްކަމުން ޗިޗަރީތޯ ބުނެފައިވަނީ އަމާޒަކީ ހަމައެކަނި ކުއާޓާ ފައިނަލްގައި ކުޅުން ނޫން ކަމަށާއި އަމާޒަކީ މުބާރާތުގައި ދެވެން އޮތް އެންމެ ކުރިޔަކަށް ދިޔުން ކަމަށެވެ. ކޮންމެ ޓީމަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށާއި ހަމައެގޮތަށް މެކްސިކޯގެ އަމާޒަކީ ވެސް ފައިނަލްގައި ވާދަކޮށް ވޯލްޑް ކަޕް ކާމިޔާބު ކުރުން ކަމަށް ޗިޗަރީތޯ ބުނެފައިވެއެވެ.

މީގެކުރިން ކުޅެވުނު ވޯލްޑް ކަޕްތަކުގައި މެކްސިކޯއަށް ކުއާޓާ ފައިނަލްއަށް ދަތުރު ކުރެވިފައިވަނީ ހަމައެކަނި 1970 ވަނަ އަހަރާއި 1986 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްތަކުގައެވެ. ކުރިޔަށް ހުރި މަސްތަކަކީ މެކްސިކޯއަށް ވަރަށް މުހިންމު މަސްތަކައް ވާއިރު އެ ޓީމުން ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ބްރެޒިލްއާ ދެކޮޅަށް ދެވަނަ ބުރުގައި ކުޅެން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޗިޗަރީތޯ ބުނީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދާނެ ޓީމުތައް ބުނަން ނޭނގޭ ކަމަށާއި އެހެން ނަމަވެސް ޖަރުމަނުން ގްރޫޕް ސްޓޭޖް ފަހަނައަޅައި ދާނެ ކަމަށެވެ. ޖަރުމަނަކީ މުބާރާތުގެ ފެވަރިޓެއް ކަމަށް ޗިޗަރީތޯ ބުނެފައިވާއިރު މެކްސިކޯ ހިމެނިފައިވާ ގްރޫޕުގައި ހިމެނޭ އެހެން ޓީމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ އާއި އިޓަލީ ކަޓުވާލުމަށްފަހު މުބާރާތުން ޖާގަ ހޯދި ސްވިޑެން ހިމެނެއެވެ.

ޗިޗަރީތޯ ބުނީ ކުރިޔަށްއޮތް ހަމަސްދުވަހަކީ ވަރަށް މުހިންމު ދުވަސްތަކެއް ކަމަށާއި ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މުބާރާތަށް ރަނގަޅަށް ތައްޔާރު ނުވެވިއްޖެނަމަ ބޭނުންވާ ނަތީޖާ ނުނެރެވޭ ކަމަށާއި އެހެންކަމުން ހުރިހާ ކުޅުންތެރިން ވެސް މުބާރާތަށް ފުރިހަމަޔަށް ތައްޔާރުވުމަށް ޗިޗަރީތޯ ވަނީ ބުނެފައެވެ.

ފިޓްނެސް ދަށްވުމުގެ ސަބަބުން ވެސްޓް ހަމްއަށް ބަދަލުވި ޗިޗަރީތޯއަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބެމުން އަންނަނީ ވަރަށް މަދުންނެވެ. އޭނާ ބުނީ މިދިޔަ ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެއް ކަމަށާއި އެހެން ނަމަވެސް މި ސީޒަނުގައި އަނިޔާއާ ކުރިމަތިވުމުގެ ސަބަބުން ބޭނުންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރި ކަމަށް ޗިޗަރީތޯ ބުނެފައިވެއެވެ.

މެކްސިކޯގެ ގައުމީ ޓީމަށް 100 މެޗު ކުޅެދީފައިވާ ޗިޗަރީތޯ ވަނީ އެ ޓީމަށް 49 ލަނޑު ޖަހައިދީފައެވެ. މެކްސިކޯގެ ގައުމީ ޓީމާއެކު 2011 ވަނަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕް ކާމިޔާބުކުރި ޗިޗަރީތޯ ވަނީ އެ ޓީމާއެކު 2015 ވަނަ އަހަރު ކޮންކާކަފް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް