Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީސީ ސްޕޯޓްސް ކްލަބް

އަންނަ ހުކުރު ދުވަހު ޓީސީގެ ފަރިތަކުރުންތައް ފަށަނީ

ފަރިތަކުރުންތައް އަވަހަށް ފެށުމަށް ނިންމާފައިވަނީ އޭއެފްސީ ކަޕްގެ ޕްރެލިމިނަރީ ބުރުގައި ވާދަކުރުމަށް ތައްޔާރުވުމުގެ ގޮތުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2018 | ބުދަ 11:15
ޓީސީގެ ކުޅުންތެރިންނާއި މެނޭޖްމަންޓު ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު

ޓީސީގެ ކުޅުންތެރިންނާއި މެނޭޖްމަންޓު ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު

މި ފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީސީ ސްޕޯޓްސް ކްލަބްއިން އެ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ނިންމައިފިއެވެ.

އެ ޓީމުން ފަރިތަކުރުންތައް އަވަހަށް ފެށުމަށް ނިންމާފައިވަނީ އޭއެފްސީ ކަޕްގެ ޕްރެލިމިނަރީ ބުރުގައި ވާދަކުރުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. މި ބުރުގައި ޓީސީ ވާދަކުރަން ޖެހޭނީ ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ހަތަރު ވަނަ ހޯދައިގެން އޭއެފްސީ ކަޕްގެ ޕްރެލިމިނަރީ ބުރުން ޖާގަ ހޯދި އެ ގައުމުގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށެވެ. އެ ޓީމަށް ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ހަތަރު ވަނަ ކަށަވަރު ވެގެންދިޔައީ ޝެއިހް ރުސެލްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދުމާއި ގުޅިގެން ލިބުނު ތިން ޕޮއިންޓްއިންނެވެ.

ޓީސީއާއި ސައިފް ސްޕޯޓިން ކްލަބް ކުޅޭ ޕްރެލިމިނަރީ ބުރުގެ ފުރަތަމަ މެޗު އޮންނަނީ މި މަހުގެ 23 ވަނަ ދުވަހު ބަންގްލަދޭޝްގައެވެ. އަދި ދެވަނަ ލެގު އޮންނާނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައެވެ. ޓީސީއަށް ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދެވިއްޖެނަމަ އެ ޓީމު ދެން ކުޅެން ޖެހޭނީ ޕްލޭއޮފްގެ ދެ ލެގެވެ. ޕްލޭއޮފްގައި އެ ޓީމު ނުކުންނާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ނިމިގެންދިޔަ ސީޒަނުގައި ޓީސީއިން ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލާއި އެފްއޭ ކަޕްގެ ފައިނަލް އިތުރުން ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފައެވެ. މި ހުރިހާ މުބާރާތެއްގައި ވެސް ޓީސީ ފަހަތަށް ޖައްސާލުމަށްފަހު ތަށި އުފުލާލާފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއެވެ.

މިކަމާ ގުޅިގެން އެ ޓީމުން އަންނަނީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ޓީމުން ވަނީ މިދިޔަ ސީޒަނުގައި ށ. މިލަންދޫ ޓީމުން ވިދާލި ހުނަރުވެރި ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) އެ ޓީމަށް ގެނެސްފައެވެ. ހަމައެހެންމެ އެ ޓީމުގެ ފަސް ކުޅުންތެރިޔަކު ވަނީ އެ ޓީމުގެ ކޮންޓްރެކްޓް އައުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ އަހުމަދު ފައްރާހު، އިބްރާހިމް ވަހީދް ހަސަން، އަހުމަދު ރިލްވާން އާއި މުހައްމަދު އައްޒާމްގެ އިތުރުން ނިމިގެންދިޔަ ސީޒަނުގައި އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ހުނަރުވެރި ފޯވާޑް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. އެހެން ނަމަވެސް ފާއިތުވެދިޔަ ސީޒަން ތަކުގައި އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) ވަނީ އެ ޓީމު ދޫކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަށް ބަދަލުވެފައެވެ.

ފުރަތަމަ ޑިވިޝަނަށް ޅަ ޓީމެއްގެ ގޮތުގައި ފާހަގަކުރެވުނު ޓީސީ ވަނީ ފާއިތުވެދިޔަ ތިން ސީޒަނުގައި ހޯދި ނަތީޖާތަކާއެކު ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވެން ފަށާފައެވެ. އެ ޓީމުން ވަނީ ފާއިތުވެދިޔަ ތިން ސީޒަނުގައި ވެސް ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފައެވެ. ހަމައެހެންމެ ނިމިގެންދިޔަ ދެ ސީޒަނުގައި ވެސް އެ ޓީމުން ވަނީ ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕްގެ ފައިނަލުގައި ވާދަކޮށްފައެވެ.

އެ ޓީމުން ވަނީ ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަންކަން ވެސް މިދިޔަ އަހަރު ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު