Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ

ސަމްބާ ޑޯ އެވޯޑް ނޭމާ އަށް!

2 ޖެނުއަރީ 2018 | އަންގާރަ 18:16

ސަމްބާ ޑޯ އެވޯޑް ނޭމާ ކާމިޔާބު ކުރީ، މިދިޔަ އަހަރު މިއެވޯޑް ހޯދި ކޫޓީނިއޯގެ މައްޗަށް ކުރި ހޯދައިގެން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 2 ޖެނުއަރީ 2018 | އަންގާރަ 18:16
ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ނޭމާ: މިއީ އޭނާ ސަމްބާ ޑޯ އެވޯޑް ހޯދި ތިންވަނަ ފަހަރު

ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ނޭމާ: މިއީ އޭނާ ސަމްބާ ޑޯ އެވޯޑް ހޯދި ތިންވަނަ ފަހަރު

ޔޫރަޕްގައި ކުޅޭ ބްރެޒިލްގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ސަމްބާ ޑޯ އެވޯޑް ފްރާންސްގެ ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ ހޯދައިފިއެވެ.

ޔޫރަޕްގައި ކުޅޭ ބްރެޒިލްގެ ކުޅުންތެރިންގެ ތެރެއިން މޮޅު ކުޅުންތެރިޔާގެ މަގާމް ހޮވާ މިއެވޯޑް ނޭމާ ކާމިޔާބު ކުރީ، މިދިޔަ އަހަރު މިއެވޯޑް ހޯދި ލިވަޕޫލްގެ މިޑްފީލްޑަރ ފިލީޕޭ ކޫޓީނިއޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިއީ ނޭމާގެ ކެރިއަރުގައި، ހަތަރު އަހަރުގެ ތެރޭގައި ސަމްބާ ޑޯ އެވޯޑް ހޯދި ތިން ވަނަ ފަހަރެވެ.

ސަޕޯޓަރުންނާއި ނޫސްވެރިން އަދި ހޮވާލެވިފައިވާ ކުރީގެ ކުޅުންތެރިންގެ ވޯޓުން ހޮވާ މިއެވޯޑް ނޭމާ މީގެ ކުރިން ކާމިޔާބު ކޮށްފައި ވަނީ 2014 އަދި 2015 ވަނަ އަހަރު ބާސެލޯނާގެ ކުޅުންތެރިޔެއްގެ ގޮތުގައެވެ.

ދުނިޔޭގެ ރެކޯޑް އަދަދެއް ކަމަށްވާ 222 މިލިއަން ޔޫރޯގެ އަގަކަށް މިދިޔަ އޯގަސްޓް މަހު ޕީއެސްޖީ އަށް ބަދަލުވި ނޭމާ ވަނީ، މިހާތަނަށް ޕީއެސްޖީ އަށް ކުޅުނު 20 މެޗުގައި 17 ލަނޑު ޖަހާފައެވެ.

ނޭމާ ފިޔަވައި މިއެވޯޑް ތިން ފަހަރު ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔަކީ އޭނާއާ އެކު ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާއެވެ. އެގޮތުން 2008 ވަނަ އަހަރު ތައާރަފް ކުރި މިއެވޯޑް އެންމެ ފުރަތަމަ ހޯދާފައި ވަނީ މިހާރު ރިޓަޔަރ ކޮށްފައިވާ ބްރެޒިލްގެ މިޑްފީލްޑަރ ކަކާއެވެ.

ފަންސާސް ހާހެއްހާ މީހުން ވޯޓު ދިން 2017 ވަނަ އަހަރުގެ ސަމްބާ ޑޯ އެވޯޑް ނޭމާ ހޯދީ 27.7 އިންސައްތައިގެ ވޯޓާއެކުގައެވެ. އޭނާއާ އެންމެ ވާދަކުރި ފިލިޕޭ ކޫޓީނިއޯ އަށް ލިބުނީ 16.64 އިންސައްތަ ވޯޓެވެ. ތިންވަނަ އަށް އެންމެ ގިނަ ވޯޓު ލިބިފައި ވަނީ ރެއާލް މެޑްރިޑްގެ ޑިފެންޑަރ މާސެލޯއެވެ. އޭނާ އަށް 14.43 އިންސައްތަ ވޯޓު ލިބިފައިވެއެވެ. މިތިން ކުޅުންތެރިންގެ އިތުރުން ދެން އެންމެ ގިނަ ވޯޓު ހޯދީ ބާސެލޯނާގެ މިޑްފީލްޑަރ ޕައުލީނިއޯ، ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ ކަސެމީރޯ އަދި މެންޗެސްޓަރ ސިޓީގެ ފޯވާޑް ގެބްރިއެލް ޖީސަސްއެވެ.

މި އެވޯޑް ނޭމާއާ ހަވާލު ކުރާނީ ފެބްރުއަރީ މަހު ފްރާންސްގެ ޕެރިހުގައި ބާއްވާ ހަފްލާއެއްގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 މެއި 2017

ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި

04 މެއި 2017
ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި
11 އެޕްރީލު 2017

ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

11 އެޕްރީލު 2017
ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!
10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް