Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާ އަހަރު ޝޯ

ފާހިޝް މަންޒަރުތައް ހިމެނޭ ޝޯ ޓީވީއެމުން ދެއްކި މައްސަލަ ސަލަފުން ބްރޯޑްކޮމަށް ހުށަހަޅައިފި

2 ޖެނުއަރީ 2018 | އަންގާރަ 16:36

އެ ޝޯގައި ގާނޫނާ ހިލާފު އަމަލުތައް ހިންގި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 ޖެނުއަރީ 2018 | އަންގާރަ 16:36
އާ އަހަރު ފާހަގަ ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ކާނިވަލުގައި ބޭއްވި ޝޯގެ ތެެރެއިން

އާ އަހަރު ފާހަގަ ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ކާނިވަލުގައި ބޭއްވި ޝޯގެ ތެެރެއިން

ފާޙިޝް މަންޒަރުތައް ހިމެނޭ އާ އަހަރުގެ ޝޯ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީއެމުން ލައިވްކޮށް ދެއްކި މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ޖަމިއްޔަތުއް ސަލަފުން ހުށަހަޅައިފިއެވެ.

ރައީސް އަބްދުﷲ ޔާމީނާއި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރަށް ތާއިދުކުރާ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ޝޯއާ ގުޅޭ ގޮތުން ސަލަފުން ބުނީ އެ ޝޯގައި ފާހިޝް އަމަލުތައް ހިންގާފައި ވާތީ، އެކަން ކުރި ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ހޯމް މިނިސްޓްރީއަށާއި އިސްލާމިކް މިނިސްޓްރީއަށް ވެސް ސަލަފުން ވަނީ ހުށަހަޅާފައެވެ.

Advertisement - newsAdvertisement

ދީނީ މައުލުމާތު ފަތުރައި، ދީން އުގަންނައިދިނުމުގެ މަސައްކަތްކުރާ ސަލަފުގެ ވެބްސައިޓްގައި ބުނެފައި ވަނީ އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި ޝޯ، ޕީއެސްއެމް އިން ވަގުތުން ދައްކަމުން ދިޔައިރު، ބްރޯޑްކާސްޓުކުރުމުގެ ޤާނޫނާއި ބްރޯޑްކާސްޓުކުރުމުގެ ޤަވާޢިދާ ޚިލާފުވެފައިވާކަން އެ ޖަމިއްޔާއަށް ފާހަގަ ކުރެވޭ ކަމަށެވެ.

ކީރިތި ގުރުއާނުގެ އާޔަތްތަކާ ހަވާލާދީ އެ ޖަމިއްޔާ އިން އަންގާރަ ދުވަހު ބުނެފައި ވަނީ އީމާންވީ މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކަ އާއި ޢަމަލު ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން ދުނިޔެ އާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ލިބޭނެ ކަމަށާއި މާތް ﷲ އެކަން ދެނެވޮޑިގެންވާ ކަމަށެވެ.

އާ އަހަރު ފާހަގަ ކުރުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޝޯގައި ހިންގި އަމަލުތަކަކީ ޤާނޫނުއަސާސީއާ ހިލާފު، އަދި ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާ ދެކޮޅު އަމަލުތަކެއް ކަމަށެވެ. އެ އަމަލުތަކާ ގުޅިގެން އެޝޯގައި ހިންގާފައިވާ ޙަރަކާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް މުއައްސަސާތަކަށް އަންގާރަ ދުވަހު ސިޓީ ފޮނުވާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އާ އަހަރު ފާހަގަ ކުރުމާއި އަދި އާއަހަރު ފާހަގަ ކުރުމުގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގައިދިޔަ މުންކަރާތްތަކަކީ ދީނީ ގޮތުންނާއި ، އިޖްތިމާޢީ ގޮތުން ނޭދެވޭކަމެއްކަމާއި އަދި ދީނީ ޢިލްމުވެރިންނާއި އިސްލާމްދީނަށް ލޯބިކުރާ ފަރާތްތަށް އެކަންކަމަށް އިންކާރުކުރާ ކަމެއްކަން މިފުރުޞަތުގައި އެންމެހާފަރާތްތަކަށް ހަނދުމަކޮށްދެމެވެ،" ސަލަފުގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ޖަމިއްޔަތުއް ސަލަފުގެ ނާއިބު ރައީސް ޝެއިހް ހަސަން މޫސާ ފިކުރީ މިދިޔަ ހޯމަ ދުވަހު ރާއްޖެ އެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެގައި ވަނީ އާ އަހަރު ފާހަގަ ކުރުމަށް ހިންގާފައި ވަނީ މުންކަރާތްތަކެއް ކަމަށެވެ. އެފަދަ މުންކަރާތްތަކަށް ދުވަހަކު ވެސް ދީނީ އިލްމުވެރިން ތާއިދު ނުކުރާނެ ކަމަށާއި އެ ޝޯ ބޭއްވި ދުވަހު ވެސް ދީނީ އިލްމުވެރިން އެކަން ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވާނެ ކަމަށް ފިކުރީ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ އެފަދަ ކަންކަން ދީނި އިލްމުވެރިން ކުށްވެރިނުކުރާ ކަމަށް ބުނެ، ދީނި އިލްމުވެރިންނަށް ފާޑުކިޔުމަކީ ހައްލެއް ނޫން ކަމަށާއި އެކި ނަންނަމުގައި ދީނާ ހިލާފަށް ބާއްވާ ކަންތައްތަކުގައި ބައިވެރިނުވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ސަރުކާރުން އިންތިޒާމުކޮށްގެން، އާ އަހަރު ފާހަގަ ކުރުމަށް ހިންގި ޝޯގައި ފާހިޝް އަމަލުތައް ހިންގި މައްސަލާއާ އެ މަންޒަރުތައް ދައުލަތުގެ މީޑިއާ ޓީވީއެމުން ދެއްކި މައްސަލާގައި އިދިކޮޅު ފަރާތްތަކުންނާއި ދީނީ ބައެއް އިލްމުވެރިން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ވަނީ އެ ޝޯގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އަންގާރަ ދުވަހު މައާފަށް އެދިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 މެއި 2017

ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ

01 މެއި 2017
ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ
06 އެޕްރީލު 2017

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 އެޕްރީލު 2017
ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
05 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި

05 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި
23 މާރިޗު 2017

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
25 ފެބުރުއަރީ 2017

ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި

25 ފެބުރުއަރީ 2017
ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް