Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮސްޓްރޭލިއާގެ މުސްލިމުން

އޮސްޓްރޭލިއާގައި 9 މިލިއަން ޑޮލަރުގެ މިސްކިތެއް އަޅަމުންދާކަން އެނގޭތަ؟

2 ޖެނުއަރީ 2018 | އަންގާރަ 09:52

މިސްކިތުގައި 99 ގުއްބު ހުންނާނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 2 ޖެނުއަރީ 2018 | އަންގާރަ 09:52
ޒަމާނީ ޑިޒައިނަކަށް ހަދަމުންދާ މިސްކިތް ހުންނާނެ ގޮތުގެ ކުރެހުމެއް

ޒަމާނީ ޑިޒައިނަކަށް ހަދަމުންދާ މިސްކިތް ހުންނާނެ ގޮތުގެ ކުރެހުމެއް

އޮސްޓްރޭލިއާގެ ވެރިރަށް ސިޑްނީގައި 9 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން، 99 ގުއްބު ހިމެނޭ މިސްކިތެއް ބިނާ ކުރަމުން އެބަދެއެވެ.

މިއަހަރުގެ މެއި މަހު، ރޯދަ މަހާއި ދިމާކޮށް ހުޅުވުމަށް މަސައްކަތް ކުރާ މި މިސްކިތް ޑިޒައިން ކުރީ ގްރީކް އޯތޮޑޮކްސް ނަޞާރާއެއް ކަމަށްވާ އެންޖެލޯ ކަންޑަލެޕާސް ކިޔާ މީހެކެވެ. އޭނާ ބުނީ އޭނާގެ ބޭނުމަކީ މިސްކިތަށް މީހުން ތައުރީފްކުރުން ނޫން ކަމަށާއި، އެމިސްކިތުގެ ސަބަބުން ސިޑްނީގައި އެކި ދީންތަކުގެ މީހުންގެ ގުޅުން ބަދަހިވުން ކަމަށެވެ. އަދި މިސްކިތުގެ ސަބަބުން އެކި ދީންތަކުގެ މީހުންގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ބުންޏެވެ. އަދި މިސްކިތް ޑިޒައިން ކުރުމަށް އެންމެ ފުރަތަމަ ހުށަހެޅުމުން ކޮންމެވެސް ވަރަކަށް ފަސްޖެހުނު ކަމަށް އޭނާ ބުންޏެވެ.

Loading Instagram post...

"މިސްކިތުގެ ގޯތި ތެރެ އޮންނަނީ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް. މިސްކިތުގެ މައި ދޮރު ހުންނާނީ މައި މަގަށް ވާގޮތަށް. އެހެންވީމާ ހުރިހާ އެންމެންނަށް މިސްކިތަށް ވަނުމުގެ ފުރުސަތު އޮންނާނެ،" އެންޖެލޯ ބުންޏެވެ.

ސިޑްނީ އާކިޓެކްޗަރ ފެއަރގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހު 'މީޓް ދަ އޮސީ މޮސްކް'ގެ ނަމުގައި އާއްމުންނަށް މިސްކިތް ދައްކާލުމަށް ހުޅުވާލާފައިވެއެވެ. މި ޙަރަކާތުގައި އެސަރަހައްދުގެ މުސްލިމުން ވަނީ އެ މިސްކިތް ބިނާ ކުރުމަށް 9 މިލިއަން ޑޮލަރު ހޯދުމަށް ކުރި މަސައްކަތާއި، އަދި އިސްލާމް ދީނާއި ބެހޭ ގޮތުން މައުލޫމާތު ދީފައެވެ.

އޮސްޓްރޭލިއާގައި މިސްކިތްތައް ބިނާކުރުމަށް ހުއްދަ ހޯދުން ވެފައިވަނީ ފަހަކަށް އައިސް އުނދަގޫ ކަމަކަށެވެ. ދާދި ފަހުން އެޤައުމުގެ ގޯލްޑް ކޯސްޓްގައި އިމާރާތްކުރަން އުޅުނު މިސްކިތެއް ވެސް 'މާބޮޑު'ކަމަށް ބުނެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.

އެހެންކަމުން ސިޑްނީގެ މި މިސްކިތް ބިނާކުރާ ސަރަހައްދުގެ މުސްލިމުން މި މިސްކިތް ބިނާކުރަނީ އާޓް ވަރަށް ބޮޑަށް ފެންނަ ގޮތަށެވެ. އަދި އިސްލާމީވަންތަ އާޓްގެ އިތުރުން މި މިސްކިތުގައި ބޭނުން ކޮށްފައިވާ ބޮކިތަކަކީ އެންމެ އަގުބޮޑެތި އާޓް ގެލެރީތަކުގައި ބޭނުންކުރާ ޒާތުގެ ބޮކިތަކެވެ.

މިމިސްކިތުގައި މައި ގުއްބުގެ އިތުރުން، އިތުރު 99 ގުއްބު ހުރެއެވެ. އަދި މި ގުއްބުތަކުގައި ﷲގެ 99 އިސްމުފުޅު ކަނޑާ ނެގުމަށް ތުރުކީވިލާތުން އަތުލިޔުންތެރިން އަންނާނެއެވެ.

މި މިސްކިތް ބިނާކުރަން އެންމެ ފުރަތަމަ ހުށަހެޅީ 300 އަހަރުވަންދެން މިސްކިތް ދެމި ހުންނާނެ ފަދަ ގޮތަކަށެވެ. އެހެން ނަމަވެސް އެންޖެލޯ ބުނީ އޭނާ މިސްކިތް ޑިޒައިން ކުރީ 1000 އަހަރު ވަންދެން އެތަން ދެމިހުންނާނެ ގޮތަށް ކަމަށެވެ. މި މިސްކިތުގައި އޮސްޓްރޭލިއާގެ އެހެން މިސްކިތްތަކުން ފެންނަ ޢަރަބި އަދި އުސްމާނީ ޑިޒައިންތަކެއް މިމިސްކިތުން ނުފެނެއެވެ.

އޮސްޓްރޭލިއާގައި މިހާރުވެސް ގާތްގަނޑަކަށް 340 މިސްކިތް އެބަހުއްޓެވެ. އޮސްޓްރޭލިއާގެ އާބާދީގެ 3 އިންސައްތައަކީ މުސްލިމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
25 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް