Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިން

މި ނުކުތީ އިށީންނާނެ ގަލެއް ނުބަލައި: މޫސާ ވަސީމް

1 ޖެނުއަރީ 2018 | ހޯމަ 11:52

މީޑިއާއާ ދުރަކަށް ނުދަން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 1 ޖެނުއަރީ 2018 | ހޯމަ 11:52
މޫސާ ވަސީމް: މޫސަ ވަނީ 13 އަހަރު މީޑިއާގައި މަސައްކަތްކޮށްފައި

މޫސާ ވަސީމް: މޫސަ ވަނީ 13 އަހަރު މީޑިއާގައި މަސައްކަތްކޮށްފައި

މަޝްހޫރު ޓީވީ ޕްރެޒެންޓަރު، މޫސާ ވަސީމު ދައުލަތުގެ މީޑިއާގައި 13 އަހަރު މަސައްކަތް ކުރުމަށް ފަހު، އާދީއްތަ ދުވަހު އެ މީޑީއާ އިން ވަކިވެ، އޭނާ ބުނެލީ "ހެއްވާ" ވާހަކައެކެވެ. މަޖާޒީ ބަސްތަކާއި އަދަބީ ބަސްތަކުންނެވެ.

ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމުން މޫސަ ވަކިވީ ކީއްވެގެންތޯއޭ ބުނެ، ގިނަ ބަޔަކު ސުވާލު އުފައްދަމުންދާތީ، އެއަށް ޖަވާބު ދެމުން ރާއްޖެއެމްވީއަށް ދިން އިންޓަވިއުއެއްގައި މޫސަ ބުނީ އޭނާ "އުދުއްސައިގަތީ އިށީންނާނެ ގަލެއް ނުބަލައި" ކަމަށެވެ.

އެކުވެރި ސަކަ މިޒާޖުގެ މޫސާ, މަޖާ ރާގަކަށް ބުނެލީ އޭނާގެ ނިންމުން ބިނާވެގެން ވަނީ "ދަތުރު ފެންނާނީ ފުރީމައޭ" ބުނާ އުސޫލުން އޮންނަ އަދަބީ ބަހަށް ކަމަށެވެ. މަޖާޒީ އެބަހަށް އޭނާ ނިންމުން ބިނާވެގެންވާ ކަމަށް މޫސާ ބުންޏެވެ.

"ދިވެހި ފޮތުގައި އޮންނަ އިށީންނާނެ ގަލެއް ނުބަލައި އުދުއްސައި ނުގަންނާށޭ އޮތަސް، ހަމަ އެ ފޮތުގެ އެހެން ސޮފްހާއެއްގައި އޮންނާނެ ދަތުރު ފެންނާނީ ފުރީމައޭ. އެހެންވީމަ ދެން ނިންމާ އެއިން ކޮން އަދަބީ ބަހެއްތޯ ބަލައިގަންނާނީ. އެމަކު އަޅުގަނޑު އިހްތިޔާރު ކުރާނީ ދަތުރު ފެންނާނީ ފުރީމައޭ ބުނާ ބުނުމަށް،" ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ މޫސަ ބުންޏެވެ.

މޫސަ ބުނީ ޕީއެސްއެމުން ނުވަތަ ޓީވީއެމުން ކެނޑުނީ ވަކިތަނަކަށް ގުޅުމުގެ ވިސްނުމުގައި ނޫން ކަމަށެވެ.

"ތެދަށް ބުނަންޏާ އެއްވެސް އެއްޗެއް ކުރިމަތީގައި ނެތީސް ހަމަ ނުކުތީ. ހަމަ ނުކުތީ،" މޫސަ ބުންޏެވެ.

މީޑިއާގެ ދާއިރާއިން ފެނިދާނެތޯ ސުވާލު ކުރުމުން މޫސަ ބުނީ، "ލޭގައި ހިނގަނީ އެ [މީޑިއާ]،" ކަމަށެވެ. އެންމެ އަވަހަށް މީޑިއާ އިން ފެންނާނީ ކޮންއިރަކުތޯ ސުވާލު ކުރުމުން މޫސަ ބުނީ އެއެއް ބުނަން ނޭނގޭ ކަމަށެވެ.

"މިޑީއާއަކާ ދުރެއް ނުވެވޭނެހެން ހީވަނީ. ކޮންމެވެސް ގޮތަކަށް މީޑިއާއަށް ކޮންޓްރިބިއުޓް ކުރާނަން،" ޕީއެސްއެމުން ވަކިވިއިރު، އެ މީޑިއާގެ ސީނިއާ ނިއުސް އެޑިޓަރުކަމުގެ މަގާމު އަދާކުރި މޫސަ ބުންޏެވެ.

މޫސަ ބުނީ އޭނާ މީހަކަށް ހަދައިދިނުމުގައި ޓީވީއެމްގެ އިސްވެރިންގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށާއި ހާއްސަކޮށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޚަލީލްގެ ނަން އޭނާ ފާހަގަކުރިއެވެ.

"މީޑިއާގެ ދާއިރާއަށް ވަދެ، ފަށައިގަތް ދުވަސްވަރު އެހީތެރިވެދިނީ ތޮއްޔިބު [އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު]، މަރިޔަމް ޝައުގީ އަދި މަރިޔަމް ޝިފްލާ. ދެން އޮތީ މަގޭ މަންމަ އާއި އަނބިމީހާ އަދި އާއިލާއާ. އެއީ ކާމިޔާބީގެ އަސްލަކީ،" މޫސަ ބުންޏެވެ.

ޕްރެޒެންޓަރެއްގެ ގޮތުގައި 2004 ވަނަ އަހަރު ދައުލަތުގެ މީޑިއާއާ ގުޅުނު އަދި ފަހުން ނޫސްވެރިއެއްގެ ގޮތުގައި ނިއުސްރޫމްގައި މަސައްކަތްކުރި މޫސަ ވަނީ މަޖިލިސްޓީވީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ. އަދި ޕީއެސްއެމްގެ ޑެޕިއުޓީ ނިއުސް ހެޑްގެ މަގާމު ވެސް އަދާކޮށްފައެވެ.

މޫސަގެ އެންމެ ކުޅަދާނަ ކަމަކީ ޓީވީ ޕްރޮގްރާމްތައް ހުށަހެޅުމުގައި އޭނާއަށް ލިބިގެންވާ ހުނަރެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ފްރެންޗައިޒް ރިއަލިޓީ ޝޯ، މޯލްޑިވިއަން އައިޑޮލްގެ ހޯސްޓެއްގެ ގޮތުގައި ޖެހިގެޖިގެން ދެ އަހަރު އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އަދި މިއަަހަރުގެ މޯލްޑިވިއަން އައިޑޮލްގެ ހުށަހަޅައިދޭނެ ފިރިހެން ހޯސްޓަކީ މޫސަ ކަމަށް އިއުލާނުކޮށް އޭނާ ވަނީ އޮޑިޝަންތައް ވެސް ޝޫޓްކޮށްފައެވެ.

ޕަބްލިސް ސާވިސް މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ތަޖުރިބާކާރު ގިނަ ބަޔަކު ފަހަކަށް އައިސް ދަނީ އެ މީޑިއާ ދޫކޮށްލަމުންނެވެ. ހުނަރުން ފުރިގެންވާ މުވައްޒަފުން ދައުލަތުގެ މީޑިއާ ދޫކޮށްދާ ދިއުމާ ގުޅޭ ގޮތުން އެތަނުގެ ސީނިއާ މުވައްޒަފަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އިތުރު ވަގުތު ލިމިޓްކޮށް މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ގެނައި ބަދަލާއި ބޭކާރު ހަރަދުގެ ގޮތުގައި ހަމައެކަނި ބަޔަކު ރުއްސުމަށް މީޑިއާ އިން ކުރަން ނުޖެހޭ ކަންތައްތަކަށް ޕީއެސްއެމުން ހަރަދު ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން އެ މީޑީއާގެ މުވައްޒަފުންގެ ތެރޭގައި އެބަ އޮތް ކަމަށެވެ.

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2017

ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ކޯޓަށް ވައްދާނަން: ހުސައިން ފިޔާޒު މޫސާ

09 އޮކްޓޯބަރު 2017
ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ކޯޓަށް ވައްދާނަން: ހުސައިން ފިޔާޒު މޫސާ
29 ސެޕްޓެމްބަރު 2017

މި ސަރުކާރު ނިމުމަކާ ގާތްވެފައިވާކަން އެނގެނީ ރީކޯ މޫސާ މަނިކު ޕީޕީއެމް ޕޯޑިއަމްތަކަށް އެރުމުން: އަމީތު

29 ސެޕްޓެމްބަރު 2017
މި ސަރުކާރު ނިމުމަކާ ގާތްވެފައިވާކަން އެނގެނީ ރީކޯ މޫސާ މަނިކު ޕީޕީއެމް ޕޯޑިއަމްތަކަށް އެރުމުން: އަމީތު
24 ސެޕްޓެމްބަރު 2017

މޫސާ އަހުމަދު މަނިކު މަރާލި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފި

24 ސެޕްޓެމްބަރު 2017
މޫސާ އަހުމަދު މަނިކު މަރާލި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފި
18 ސެޕްޓެމްބަރު 2017

ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލްކުރަން ހުށަހެޅި މައްސަލައަށް އުއްތަމަ ފަނޑިޔާރު ލަފާ ދެއްވި: މޫސާ އަންވަރު

18 ސެޕްޓެމްބަރު 2017
ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލްކުރަން ހުށަހެޅި މައްސަލައަށް އުއްތަމަ ފަނޑިޔާރު ލަފާ ދެއްވި: މޫސާ އަންވަރު
26 އޯގަސްޓު 2017

މޫސާ އަންވަރު ގޭގެ ދޮރަށް ކަތިވަޅިއެއް ޖަހައިފި

26 އޯގަސްޓު 2017
މޫސާ އަންވަރު ގޭގެ ދޮރަށް ކަތިވަޅިއެއް ޖަހައިފި
25 އޯގަސްޓު 2017

ޗިޓްގައި ސޮއި ކޮށްފައި ވަނީ ގާސިމްގެ މައްސަލަ ބެއްލެވި ގާޒީއެއް ނޫން: މޫސާ ސިރާޖް

25 އޯގަސްޓު 2017
ޗިޓްގައި ސޮއި ކޮށްފައި ވަނީ ގާސިމްގެ މައްސަލަ ބެއްލެވި ގާޒީއެއް ނޫން: މޫސާ ސިރާޖް
22 އޯގަސްޓު 2017

ދަރިން ނުބަލައި ދައުލަތުގެ ވަޒީފާގައި އުޅޭނަމަ ފިޔަވަޅު އަޅަނީ

22 އޯގަސްޓު 2017
ދަރިން ނުބަލައި ދައުލަތުގެ ވަޒީފާގައި އުޅޭނަމަ ފިޔަވަޅު އަޅަނީ
30 މާރިޗު 2017

އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!

30 މާރިޗު 2017
އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
08 ފެބުރުއަރީ 2017

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި

08 ފެބުރުއަރީ 2017
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް