Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބެންކޮކް އެއަރޕޯޓް

ބެންކޮކް އެއަރޕޯޓުގައި 2 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ތާށިވެފައި ތިބި އާއިލާ އެއްގެ ވާހަކަ ފެންމަތިވެއްޖެ!

އާއިލާ އަށް ކާން ދެނީ އެއަރލައިން ތަކުން

ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2017 | ބުރާސްފަތި 15:36
ބެންކޮކް އެއަރޕޯޓުގައި ތާށިވެފައި ތިބި ޒިމްބާބުވޭގެ އާއިލާ އާ ތައި އޮފިޝަލުން ވާހަކަ ދައްކަނީ

ބެންކޮކް އެއަރޕޯޓުގައި ތާށިވެފައި ތިބި ޒިމްބާބުވޭގެ އާއިލާ އާ ތައި އޮފިޝަލުން ވާހަކަ ދައްކަނީ

ބެންކޮކް އެއަރޕޯޓުގައި ދެ މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ތާށިވެފައި ތިބި ޒިމްބާބުވޭގެ އާއިލާއެއްގެ ވާހަކަ ފެންމަތި ވެއްޖެއެވެ.

ދެ މަސް ދުވަހުގެ މުއްދަތައް މި އާއިލާ ބެންކޮކްގެ މައި އެއަރޕޯޓުގައި ތާށިވެފައި ތިބިކަން ތައިލޭންޑްގެ އިމިގްރޭޝަން ފުލުހުން ހާމަކުރީ ބުރާސްފަތި ދުވަހުއެވެ. ރަސްމީ ފަރާތަކުން މި އާއިލާގެ ވާހަކަ އާއްމު މި ކުރީ އެ އާއިލާގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.

ހަތަރު ބޮޑެތި މީހުންނާއި ކުޑަ ހަތަރު ކުދިންގެ މައްޗަށް އެކުލެވިފައިވާ މި އާއިލާ ބެންކޮކަށް އައީ ޗުއްޓީ ހޭދަކުރުމަށެވެ. އެއަރޕޯޓުގައި ތާށިވާ ގޮތް ދިމާވީ ޗުއްޓީ ނިންމާލުމަށްފަހު ފުރަން ދިޔަ ހިސާބުން އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެއަރޕޯޓުގައި ތާށިވީ، އެމީހުން ދާން އުޅުނު ގައުމަށް ވިސާ ނެތުމުން އެއަރލައިނުން ބޯޓަށް އެރުވުމަށް ދެކޮޅު ހެދުމުންނެވެ. ނުރައްކާވެދާނެ ކަމަށް ބުނެ އެމީހުން އެނބުރި އަމިއްލަ ގައުމު، ޒިމްބާބުވޭ އަށް ދާކަށް ބޭނުން ނުވުމާއި، ޗުއްޓީ ވިސާގެ މުއްދަތު ހަމަވެފައިވާތީ އެމީހުންނަށް އެނބުރި ތައިލެންޑަށް ވަނުމަށް ހުއްދަ ނުލިބުމުންނެވެ.

މި އާއިލާގެ ވާހަކަ އާއްމުވީ ކްރިސްމަސް ދުވަހު ތައިލޭންޑްގެ މީހަކު އެ އާއިލާގެ ކުޑަ ދެ ކުދިންނަށް ހަދިޔާއެއް ދިން ވީޑިއޯ ފޭސްބުކް ގައި ހާމަ ކުރުމުންނެވެ. އެއާ އެކު މި ކަމަށް މީހުންގެ ޝައުގުވެރިކަން އުފެދި އެހާ ދުވަހު އެއަރޕޯޓުގައި އާއިލާ އަކުން ދިރި އުޅުނީ ކިހިނެއްތޯ މީހުން ސުވާލު ކުރުމާއެކު، 2004 ވަނަ އަހަރު ނުކުތް ޓޮމް ހޭންކްސްގެ "ދަ ޓާމިނަލް" ފިލްމާ މިހާދިސާ އާ މީހުން ވަނީ ގުޅުވާފައެވެ. އެ ފިލްމުގައި ފެންނަނީ ނިއު ޔޯކު އެއަރޕޯޓުގެ ޑިޕާޗަރ ޓާމިނަލްގައި ޓޮމް ހޭންކްސް ތާށިވުމުން އޭނާ ދިރިއުޅެމުން ދިޔަ ގޮތެވެ.

ތައިލޭންޑްގެ އިމިގްރޭޝަން ފުލުހުން ބުނެފައިވަނީ ޓޫރިސްޓް ވިސާގައި މި އާއިލާ ތައިލޭންޑަށް އެތެރެވެފައިވަނީ މި އަހަރުގެ މެއި މަހުގައި ކަމަށެވެ.

އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެމީހުން އުޅުނީ ޔޫކްރޭންގެ މަގުން ސްޕޭން އަށް ދަތުރު ކުރުމަށެވެ. ނަމަވެސް ސްޕޭން އަށް ދިއުމަށް އެމީހުންގެ އަތުގައި ވިސާ ނެތުމުން އެއަރލައިން އިން އެ އާއިލާ ބޯޓަށް އަރުވަން ދެކޮޅު ހެދީއެވެ.

ތައިލޭންޑަކީ ރެފިއުޖީން ބަލައިގަންނަ ގައުމަކަށް ނުވުމާއެކު ރެފިއުޖީންގެ ގޮތުގައި ތައިލެންޑަށް އެ އާއިލާ އިން އެތެރެވެވޭނެ ގޮތެއް ނެތް ނަމަވެސް، ތައިލެނޑްގައި ހުންނަ ޔޫއެން ރެފިއުޖީ އޭޖެންސީގެ ތަރުޖަމާނު ވިވިއަން ތާން ބުނެފައިވަނީ އެމީހުންނަށް ހެދޭނެ ގޮތްތައް ބަލަމުން ގެންދާ ކަމަށެވެ.

އެއަރޕޯޓުން އެމީހުންނަށް ކާބޯތަކެތި ފޯރު ކޮށްދެނީ އެއަރލައިން ތަކުން ކަމަށް ހާމަކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ހަރުފައެއް ގައިދީން އިސްލާހުކޮށްފި

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ހަރުފައެއް ގައިދީން އިސްލާހުކޮށްފި

12 އެޕްރީލު 2017
ދަރިފުޅަށް ތިން މަސްވީތަނާ ޖެނެޓާއި ވިސާމް ވަރިވެއްޖެ

ދަރިފުޅަށް ތިން މަސްވީތަނާ ޖެނެޓާއި ވިސާމް ވަރިވެއްޖެ

11 އެޕްރީލު 2017
ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި

ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި

29 މާރިޗު 2017
ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

21 މާރިޗު 2017
ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު