Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޢެޑިކްޓް ހަރުފައެއް އިސްލާހުކު

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ހަރުފައެއް ގައިދީން އިސްލާހުކޮށްފި

އެ ހަރުފައަކީ ސިޑްނީގެ ލުއި ޖަލެއްގައި ބެލެހެއްޓި 250 އަށްވުރެ ގިނަ ޖަނަވާރުގެ ތެރެއިން އެއް ޖަނަވާރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2017 | ބުދަ 09:32
ވައިލްޑް ލައިފް ކެއާ ޕްރޮގްރާމެއްގެ ދަށުން އެ ހަރުފަ ބެލެހެއްޓީ 14 ގައިދީއަކު

ވައިލްޑް ލައިފް ކެއާ ޕްރޮގްރާމެއްގެ ދަށުން އެ ހަރުފަ ބެލެހެއްޓީ 14 ގައިދީއަކު

އޮސްޓްރޭލިއާގެ ފުލުހުން މިދިޔަ އަހަރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތަމްފީޓަމައިން ލެބެއް ރެއިޑް ކުރިއިރު އުއްމީދު ކުރަމުން ދިއައީ އެތައް ކިލޯއެއްގެ މަސްތުވާތަކެއްޗާއި ފައިސާ ބޮނޑިތަކެއް އަތުލައިގަތުން ކަމަށް ވެދާނެއެވެ.ނަމަވެސް ފުލުހުންގެ ހޯދުންތަކުން މުޅިން ތަފާތު އެހެންކަމެއް ފެނިގެން ދިޔައެވެ.

ފެންނަ ފެނުމުގައި މަސްތުވާތަކެއްޗަށް ދެވިހިފައިވާ ހަ ފޫޓުގެ ޕައިތަންއެއް (ހަރުފައިގެ ބާވަތެއް) ފެނިފައެވެ.

އޭގެ ހަންގަޑުގެ ތެރެއިން މަސްތުވާތަކެތީގެ ދުމާއި މަސްތުވާތަކެތި ވަނީ ހަށިގަނޑަށް އެތެރެކޮށްފައެވެ. ނަމަވެސް މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ އެ ހަރުފަ ހަމަސް ދުވަހަށް ފަހު ވަނީ އޭގެ އާއްމު ދިރިއުޅުމަށް ރުޖޫއަ ކުރެވިފައެވެ.

ވައިލްޑް ލައިފް ކެއާ ޕްރޮގްރާމެއްގެ ދަށުން އެ ހަރުފަ ބެލެހެއްޓީ 14 ގައިދީއަކު ލައްވައެވެ.

އެ ހަރުފައަކީ ސިޑްނީގެ ލުއި ޖަލެއްގައި ބެލެހެއްޓި 250 އަށްވުރެ ގިނަ ޖަނަވާރުގެ ތެރެއިން އެއް ޖަނަވާރެވެ.

ދި ޖޯން މޮރޮނީ ކަރެކްޝަނަލް ކޮމްޕްލެކްސްއިން ވަނީ ފުލުހުންގެ ރެއިޑްގައި އަތުލެވުނު އިތުރު ބައެއް ދިރޭތަކެތި ވެސް ބަލަހައްޓާފައެވެ.

ކަރެކްޝަނަލް ސާވިސަސްގެ އޮފިޝަލަކު ވިދާޅުވީ ވިހަލާ ބާވަތުގެ ހަރުފަ މުޖިރުމުން ބޭނުންކުރަނީ ރައްކާކޮށްފައި ހުންނަ މަސްތުވާތަކެއްޗާއި ބަޑިފަދަ ތަކެތި ހިމާޔަތް ކުރުމަށް ކަމަށެވެ.

މި ހަރުފަ ގެންގުނު، މަސްތުވާތަކެތީގެ ތުހުމަތު ކުރެވިފައިވާ ފަރާތްތަކުގެ މައްޗަށްކުރާ ދައުވާ ކޯޓުން ނިމުނުހާ އަވަހަކަށް، ރިހެބިލިޓޭޓް ކުރެވުނު މި ހަރުފައިގެ ވެރިފަރާތް ބަދަލުކޮށް އެހެން މީހަކާ ހަވާލު ކުރެވޭނެއެވެ.

ޖަލުގެ ގަވަރނަރ އިވާން ކަލްޑަރ ވިދާޅުވީ ގާތްގަނޑަކަށް 20 އަހަރުވަންދެން ހިންގާފައިވާ ވައިލްޑްލައިފް ޕްރޮގްރާމްގެ ދަށުން ގައިދީން ވެސް ރިހެބިލިޓޭޓް ކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެއްޗަށް ޓެސްޓް ކޮށްދިނުމަށް ފުލުހުންގެ ކިބައިން ކަންގަނާ އެދިއްޖެ

މަސްތުވާތަކެއްޗަށް ޓެސްޓް ކޮށްދިނުމަށް ފުލުހުންގެ ކިބައިން ކަންގަނާ އެދިއްޖެ

08 ސެޕްޓެމްބަރު 2020
ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން

ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން

28 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު