Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގުދުސްގެ މައްސަލަ

ޖަޕާނުގެ އެމްބަސީ ގުދުސްއަށް ބަދަލެއް ނުކުރާނަން: ފޮރިން މިނިސްޓަރ

ގުދުސްގެ މައްސަލައިގައި އެމެރިކާއާ އެެއްކޮޅަށް ވޯޓްދިނީ އަށް ގައުމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 27 ޑިސެމްބަރު 2017 | ބުދަ 03:48
ޖަޕާނުގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ

ޖަޕާނުގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ

ގުދުސްގެ މުސްތަގުބަލު ކަނޑައެޅެންވާނީ ވާހަކަދެކެވިގެން ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ އުރުދުންގެ ޚާރިޖީވަޒީރު ނާސިރް ޖޫދާގެ އަރިހުގައި ވިދާޅުވެއްޖެއެވެ.

"ގުދުސް އޮންނަންވީ ގޮތެއް ކަނޑައެޅެންވާނީ ސީދާ ވާހަކަތަކުން އަދި ގުޅުންހުރި ބައިނަލްއަޤްވާމީ ގަރާރުތަކާ އެއްގޮތަށް،" ކަމަށް ޓާރޯ ވިދާޅުވި ކަމަށް އުރުދުންގެ ދައުލަތުގެ މީޑިއާ، ޕެޓްރާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

ގުދުސްއަކީ އިސްރާއީލުގެ ވެރިރަށްކަމަށް ބަލައިގަނެ ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އިއުލާނުކުރައްވާފައެވެ.

އެ ނިންމުމާއެކު ފަލަސްތީނުގައި އިސްރާއިލާ ދެކޮޅަށް މުޒާހަރާތައް ފަށާފައިވާއިރު ތުރުކީއާ ޔަމަނުން އިސްނަގައިގެން ރައީސް ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރުވަނީ 128 ގައުމުގެ ތާއީދާއެކު ފާސްކޮށްފައެވެ.

އަމަލުކުރުން ލާޒިމް ނުކުރެވޭނެ މި ގަރާރަށް އެމެރިކާގެ ބިރުދެއްކުމާއެކުވެސް އެ ގައުމާ އެއްކޮޅަށް އަރާފައިވަނީ އަށް ގައުމެކެވެ. އޭގެ ތެރޭގައި އެގައުމެއްގެ އެމްބަސީ ގުދުސްއަށް ބަދަލުކުރާނެކަމަށް މިދިޔަ އާދީއްތަ ދުވަހު އިއުލާނުކުރި ގުއަޓަމާލާ ހިމެނެއެވެ.

އައްމާންގައި އަންގާރަ ދުވަހު ވާހަކަދައްކަވަމުން ކޯނޯ ވިދާޅުވީ އެމެރިކާގެ ޒަމާންވީ އެކުވެރިއެއްކަމަށްވާ ޖަޕާނުން އެ ގައުމުގެ އެމްބަސީ ގުދުސްއަށް ބަދަލު ނުކުރާނެކަމަށެވެ.

އިސްރާއީލުން އިރުމަތީ ގުދުސް ހިފާފައިވަނީ 1967 ގައި ކުރެވުނު ހަ ދުވަހުގެ ހަނގުރާމައިގައި ކަމަށް ވާއިރު އޭގެ ފަހުން އިތުރުކޮށްފައިވާ އެގައުމުގެ ސަރަހައްދުތައްކަމަށް ބުނާ ސަރަހައްދުތަކަކީ އިސްރާއިލުގެ ބައެއް ކަމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރެއެވެ.

އިސްރާއީލުން ދެކޭ ގޮތުގައި މުޅި ސިޓީއަކީ އެ ގައުމުގެ ވެރިރަށެވެ. ނަމަވެސް ފަލަސްތީނުން ގަބޫލުކުރާ ގޮތުގައި ގުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރެވޭ ދުވަހަކުން އެ ދައުލަތުގެ ވެރިރަށެވެ.

އިސްރާއީލާ އުރުދުންއާ ދެމެދު 1994 ވަނަ އަހަރު އެކުލަވާލެވުނު ސުލްހައިގެ އެއްބަސްވުމުގެ ދަށުން މުސްލިމުންގެ މުގައްދަސް ތަނެއްކަމަށްވާ ގުދުސްގެ ބެލެނިވެރިފަރާތަކީ އުރުދުންއެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

އެމްބަސީ ބަންދުކޮށް ޗެޑްއިން ޤަތަރުގެ ޑިޕްލޮމޭޓުން ފައިބަން އަންގައިފި

23 އޯގަސްޓު 2017
އެމްބަސީ ބަންދުކޮށް ޗެޑްއިން ޤަތަރުގެ ޑިޕްލޮމޭޓުން ފައިބަން އަންގައިފި
07 އޯގަސްޓު 2017

އަހަރުމެންގެ ވިސްނުން ބަދަލެއް ނުވޭ، އަސަދަށް ޖާގައެއް ނެތް: ސައުދީ

07 އޯގަސްޓު 2017
އަހަރުމެންގެ ވިސްނުން ބަދަލެއް ނުވޭ، އަސަދަށް ޖާގައެއް ނެތް: ސައުދީ
01 އޯގަސްޓު 2017

އިރާޤު އެމްބަސީއަށް ދިން ހަމަލާގެ ޒިންމާ އައިސިސް އިން ނަގައިފި

01 އޯގަސްޓު 2017
އިރާޤު އެމްބަސީއަށް ދިން ހަމަލާގެ ޒިންމާ އައިސިސް އިން ނަގައިފި
29 ޖުލައި 2017

ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ

29 ޖުލައި 2017
ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ
23 ޖުލައި 2017

އުރުދުންގައި ހުންނަ އިޒްރޭލް އެމްބަސީއަށް ހަމަލާއެއް ދީފި

23 ޖުލައި 2017
އުރުދުންގައި ހުންނަ އިޒްރޭލް އެމްބަސީއަށް ހަމަލާއެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު