Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާ

އަހަރުމެންގެ ވިސްނުން ބަދަލެއް ނުވޭ، އަސަދަށް ޖާގައެއް ނެތް: ސައުދީ

ސީރިއާގެ އިދިކޮޅު ފަރާތްތަކަށް އަދިވެސް ތާޢީދު ކުރާކަމަށް ސައުދީން ބުނޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 7 އޯގަސްޓު 2017 | ހޯމަ 05:39
އަސަދާ ދެކޮޅު ޕޯސްޓަރެއް: ސީރިއާއަށް އަންނަ ފަހި ދުވަސްތަކުގައި އެ ޤައުމުގެ މިހާރުގެ ރައީސް ބައްޝާރުލް އަސަދަށް ޖާގައެއް ނެތްކަމަށް ސައުދީން ވަނީ ބުނެފަ

އަސަދާ ދެކޮޅު ޕޯސްޓަރެއް: ސީރިއާއަށް އަންނަ ފަހި ދުވަސްތަކުގައި އެ ޤައުމުގެ މިހާރުގެ ރައީސް ބައްޝާރުލް އަސަދަށް ޖާގައެއް ނެތްކަމަށް ސައުދީން ވަނީ ބުނެފަ

ސީރިއާގެ މައްސަލައިގައި ސައުދީ އަރަބިއާގެ ޚިޔާލު ބަދަލުވަމުންދާ ކަމަށްބުނެ ފެތުރު މީޑިއާ ރިޕޯޓްތައް އެ ޤައުމުން ދޮގުކޮށްފިއެވެ.

ސައުދީގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އެ ޤައުމުގެ ސްޓޭޓް މީޑިއާގައި ބުނެފައި ވަނީ، ސީރިއާގެ މައްސަލައިގައި ސައުދީގެ ވިސްނުން ބަދަލުނުވާ ކަމަށާއި، ސީރިއާގެ މައްސަލަ ހައްލުވެ، އުފެދޭ އިންތިޤާލީ ސަރުކާރުގައި އަސަދަށް ޖާގައެއް އޮތް ކަމަށް ސައުދީން ޤަބޫލުނުކުރާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ސައުދީގެ ވިސްނުން ހުރީ ޖެނީވާ 1 ޑެކްލަރޭޝަނާއި، އދ. ގެ ސަލާމަތީ މަޖިލީހުގެ 2254 ނަންބަރު ޤަރާރުގައިވާ ގޮތަށް، ސީރިއާގައި އިންތިޤާލީ ސަރުކާރެއް ޤާއިމްކޮށް، އާ ޤާނޫނު އަސާސީއެއް އެކުލަވާލައި އިންތިޚާބަކަށް މަގުފަހިކުރުމަށް ކަމަށެވެ. އަދި މި ކަންކަމާ ގުޅިގެން ސީރިއާއަށް އަންނަ ފަހި ދުވަސްތަކުގައި އެ ޤައުމުގެ މިހާރުގެ ރައީސް ބައްޝާރުލް އަސަދަށް ޖާގައެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ މެދުގައި ސުލްޙަ ޤާއިމްކޮށް، އެފަރާތްތައް އެކުގައި މަސައްކަތް ކުރުމަށް މަގުފަހި ކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ތާޢީދު ކުރުމަށް ސައުދީން ގެންގުޅޭ ސިޔާސަތު އަދިވެސް އޮތީ އެގޮތަށެވެ.

އިތުރަށް ކިޔާލަން

10 މެއި 2018

ބޮޑުވަޒީރު ކަމުގެ ހުވާ މަހާތިރު ބުރާސްފަތި ދުވަހު ކުރައްވާ ގޮތަށް ހަމަޖެހިފައި ނުވޭ

10 މެއި 2018
ބޮޑުވަޒީރު ކަމުގެ ހުވާ މަހާތިރު ބުރާސްފަތި ދުވަހު ކުރައްވާ ގޮތަށް ހަމަޖެހިފައި ނުވޭ
01 މެއި 2018

ސީރިޔާއަށްދިން މިސައިލް ހަމަލާތަކުގައި އަސަދަށް ވަފާތެރި ސިފައިންތަކެއް މަރުވެއްޖެ

01 މެއި 2018
ސީރިޔާއަށްދިން މިސައިލް ހަމަލާތަކުގައި އަސަދަށް ވަފާތެރި ސިފައިންތަކެއް މަރުވެއްޖެ
27 ޑިސެމްބަރު 2017

ޖަޕާނުގެ އެމްބަސީ ގުދުސްއަށް ބަދަލެއް ނުކުރާނަން: ފޮރިން މިނިސްޓަރ

27 ޑިސެމްބަރު 2017
ޖަޕާނުގެ އެމްބަސީ ގުދުސްއަށް ބަދަލެއް ނުކުރާނަން: ފޮރިން މިނިސްޓަރ
11 ނޮވެމްބަރު 2017

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން އެއްވެސް ނުފޫޒެއް ފޯރުވާފައެއް ނުވޭ: ރައީސް ޕޫޓިން

11 ނޮވެމްބަރު 2017
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން އެއްވެސް ނުފޫޒެއް ފޯރުވާފައެއް ނުވޭ: ރައީސް ޕޫޓިން
24 އޮކްޓޯބަރު 2017

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން މުގާބޭ އެއްވެސް އިރެއްގައި ބޭނުންފުޅު ނުވޭ: ތަރުޖަމާނު

24 އޮކްޓޯބަރު 2017
ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން މުގާބޭ އެއްވެސް އިރެއްގައި ބޭނުންފުޅު ނުވޭ: ތަރުޖަމާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު