Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަނުޝްކާ ޝަރުމާ - ވިރާތު ކޯލީ

އަނުޝްކާ އާއި ވިރާތުގެ ދެވަނަ ޕާޓީ: މިފަހަރުވެސް ސަބްޔަސާޗީގެ ޑިޒައިނެއް

އަނުޝްކާ އާއި ވިރާތު ކައިވެނިކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 27 ޑިސެމްބަރު 2017 | ބުދަ 03:40
އަނުޝްކާއާއި ވިރާތުގެ މުުމްބާއި ޕާޓީ

އަނުޝްކާއާއި ވިރާތުގެ މުުމްބާއި ޕާޓީ

ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ ކައިވެނި ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުގައެވެ.

އެ ދެމީހުން ކައިވެނި ކުރުމަށްފަހު ވަނީ މީގެ ކުރިންވެސް އިންޑިއާގެ ދިއްލީގައި ކައިވެނީގެ ޕާޓީއެއް ބާއްވާފައެވެ. އެ ޕާޓީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.

އަނުޝްކާ އާއި ވިރާތުގެ ކައިވެނީގެ އުފަލުގައި ބާއްވާ ދެވަނަ ޕާޓީ ބާއްވާފައިވަނީ އަންގާރަ ދުވަހުގެ ރޭގައެވެ.

މި ޕާޓީގައި ގިނަ ބަޔަކު ލޮލުގައި އަޅައިގަތީ އަނުޝްކާ ލާފައިވާ ހެދުމަށެވެ. މި ފަހަރުގެ ހެދުންވެސް ޑިޒައިންކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރ ސަބްޔަސާޗީ މުކްރަޖީ އެވެ. އަނުޝްކާ އާއި ވިރާތުގެ ކައިވެނީގެ ހެދުންވެސް ޑިޒައިންކޮށް ފަހާފައިވަނީ ސަބްޔަސާޗީއެވެ.

މިމަހުގެ 21 ވަނަ ދުވަހު ދިއްލީގައި ބާއްވާފައިވާ ޕާޓީގައި ވެސް އަނުޝްކާ އާއި ވިރާތު ލާފައިވަނީ ސަބްޔަސާޗީ ޑިޒައިންކޮށް ފަހާފައިވާ ހެދުމެކެވެ.

އަނުޝްކާ އާއި ވިރާތުގެ ކައިވެނީގެ އުފަލުގައި ބާއްވާ އެންމެ ފަހުގެ ޕާޓީގައި އަނުޝްކާ ލައިގެން ހުރީ ރަންކުލައިގެ ހެދުމެކެވެ. އޭގެ މަތިން ކަނާތް ފަރާތަށް ދޯޕައްޓާއެއް އަޅާފައިވާއިރު އުނަގަނޑުގައި ވަނީ ބެލްޓެއް އަޅައިފައެވެ. ވިރާތު ލައިގެން ހުރީ ކަޅުކުލައިގެ ކުރުތާއެކެވެ.

މުމްބާއީގައި ބޭއްވި ޕާޓީއަށް ގޮސްފައިވާ ތަރިންގެ ތެރޭގައި އަމީތާބް ބައްޗަންއާއި، އަބީޝެކް، އައިޝްވަރިޔާ ރާއީ، ޝާހުރުކް ޚާން، ކެޓްރީނާ ކައިފް، ކަންގަނާ ރަނައުތު، ސައިފް އަލީ ޚާންގެ ދެ ދަރިންކަމަށްވާ އިބްރާހިމް އަދި ސާރާ އަލީ ޚާން ހިމެނެއެވެ. މީގެ އިތުރުން ސިދާތު މަލޯތުރާ، ވަރުން ދާވަން، ރޭކާ، މަދޫރީ، އަދި ކަރަން ޖޯހަރު ވަނީ ބައިވެރިވެފައެވެ. އަދި މީގެއިތުރުންވެސް ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ވަނީ އަނުޝްކާއާއި ވިރާތުގެ ކައިވެނީގެ ޕާޓީ އިން ފެނިގެން ގޮސްފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
07 ފެބުރުއަރީ 2017

އަނުޝްކާ އަކީ "ފިއްލޯރީ" ގައި ރޫހެއް

07 ފެބުރުއަރީ 2017
އަނުޝްކާ އަކީ "ފިއްލޯރީ" ގައި ރޫހެއް
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
30 ޖެނުއަރީ 2017

އަވަސް އަރުވާލައިގެން ހޮލީވޫޑް ފިލްމެއް ކުޅެން މިވަގުތު ބޭނުމެއް ނުވޭ: އަނުޝްކާ

30 ޖެނުއަރީ 2017
އަވަސް އަރުވާލައިގެން ހޮލީވޫޑް ފިލްމެއް ކުޅެން މިވަގުތު ބޭނުމެއް ނުވޭ: އަނުޝްކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު