Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހދ ކުޅުދުއްފުށި

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ހަވާލުކުރީ ހުއްދަ ނެތް ބަޔަކާ، އެއްބަސްވުން ކުރިއަކަށް ނުގެންދެވޭނެ: މެމްބަރު ނަޝީދު

ހޮސްޕިޓަލް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ ދިވެއްސަކު ހިއްސާވާ ކުންފުންޏަކުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2017 | ބުދަ 02:58
ކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ހަވާލުކޮށްފައިވާ ކުންފުންޏަކީ ރާއްޖޭގައި ވިޔަފާރި ކުރުމުގެ ގާނޫނީ ހައިސިއްޔަތެއް އޮތް ބައެއް ނޫން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މެމްބަރު ނަޝީދު އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާ "ހުޅުވާލެވިފައިވާ ސިޓީގައި" ވިދާޅުވެފައި ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދެ ހިއްސާދާރުން ތިބޭ ކުންފުންޏަކުން ކަމަށެވެ. އެނާ ވިދާޅުވެފައިވާ ގޮތުން އެ ކުންފުނީގެ އެއް ހިއްސާދާރުގެ 80 ޕަސެންޓް ޙިއްސާ އޮންނައިރު ދިވެހި މީހާގެ 20 ޕަސެންޓް ޙިއްސާ އޮވެއެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމުގެ އެއްބަސްވުގައި ސޮއިކޮށްފައި އޮތް ކުންފުނީގެ 80 ޕަސެންޓް އޮތީ އިންޑިޔާގެ ނިމްސް ހޮސްޕިޓަލް ހިންގާ "ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓް" ކިޔާ އިންޑިޔާގައި ރަޖިސްޓްރީކޮށްފައިވާ ޓްރަސްޓެއްގައެވެ. އެއީ، ކިޔަވައިދޭ ތަފާތު މަރުކަޒުތައް ހިންގުމަށް މީގެ އަހަރުތަކެއް ކުރިން އުފައްދާފައިވާ ޓްރަސްޓެއް ކަމަށާއި ނޫރުލް އިސްލާމް މެޑިކަލް ސައިންސްގެ ނަމުގައި ކިޔަވައިދޭ ކޮލެޖާއި ނިމްސް މެޑިސިޓީގެ ނަމުގައި ހޮސްޕިޓަލް ހިންގަނީ ވެސް އެ އެ ޓްރަސްޓްގެ ދަށުން ކަމަށް ނަޝީދު ވެސް ފާހަގަ ކުރައްވާފައިވެއެވެ.

ނަޝީދު ހާމަކުރައްވާފައިވާ ގޮތުގައި ކުޅުދުއްފުށީ ހޮސްޕޮޓަލް ނިމްސްއާ ހަވާލުކުރި ކަމަށް ބުނި ނަމަވެސް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޢަލީ އުސެއިދު ކިޔާ ދިވެއްސަކަށް 20 ޕަސެންޓް އޮންނަ ކުންފުންޏަކުން ކަމަށެވެ. އޭނާއަކީ، އެ ކުންފުނީގެ ޑައިރެކްޓަރެއް ކަމަށާއި އޭނާގެ އިތުރުން، ކުންފުނީގެ ފަރާތުން ރަށުގައި ހުންނަވަނީ، ޢަލީ އުސެއިދުގެ ދަރިކަނބަލެއް ކަމަށް ވެސް ނަޝީދު ފާހަގަ ކުރައްވާފައިވެއެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ މިހާރު މަޢުލޫމާތު ލިބޭ ގޮތުން، ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓަކީ، އިންޑިޔާއިން ބޭރުގައި އިންވެސްޓްކޮށް، ވިޔަފާރި ނަފާ ހޯދުމަށް އިންޑިޔާގެ ރިޒަރވް ބޭންކް އޮފް އިންޑިޔާއިން ހޯދަންޖެހޭ "އާރް.ބީ.އައި އެޕްރޫވަލް" އޮތް ބައެއް ނޫނެވެ. އެ ކުންފުންޏަކީ ނަފާ ހޯދުމަށް ނުވާ ގޮތަށް އިންޑިޔާގައި މަސައްކަތްކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ "ޗެރިޓަބްލް ޓްރަސްޓެއް" ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

އެހެންކަމުން، އެމީހުންނަށް ރާއްޖޭގައި ކުންފުންޏެއް އުފައްދައި، ހޮސްޕިޓަލެއް ހިންގައި، އާމްދަނީ އާއި ނަފާ ހޯދުމަކީ، ހުއްދަ ކަމެއް ނޫން ކަމަށާއި އަދި އެއީ ކުރެވޭނެ ވެސް ކަމެއް ނޫން ކަމަށް ވިދާޅުވެފައި ވެއެވެ.

" މާނައަކީ، މިހާތަނަށް ދިވެހި ސަރުކާރާއެކު މަޝްވަރާކޮށް، ހުށަހެޅުން ހުށަހަޅައި، ކުންފުންޏެއް އުފައްދައި، އާމްދަނީ އާއި ނަފާ ލިބޭ ގޮތަށް ދިވެހި ސަރުކާރުން ހޮސްޕިޓަލެއް ހިންގަން ޙަވާލުކުރި ކުންފުންޏަކީ، ނުވަތަ އެ ކުންފުނީގެ މައިގަނޑު ޙިއްސާދާރަކީ، ރާއްޖޭގައި ވިޔަފާރިކުރުމުގެ ޤާނޫނީ ޤަބިލުކަން އޮތް ބައެއް ނޫނެވެ." ގާނޫނީ ވަކީލް ނަޝީދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވެފައި ވަނީ މިކަންކަން އެނގުމުން، ހުއްދަ ނެތް ބަޔަކާ އެކު ކުރިއަށްދެވޭނެ ގޮތެއް ނޯންނާނެއެވެ. އިތުރަށް ތަފްސީލް ކޮށްދެއްވަމުން ނަޝީދު ލިޔުއްވާފައި ވަނީ ރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު ބުނާ ގޮތުން، ކުންފުންޏެއް އުފެއްދެނީ، ދެ ޙިއްސާދާރުންގެ މައްޗަށް ކަމަށާއި އެކަކީ، ޙިއްސާދާރަކަށްވުމުގެ ޤާނޫނީ ޤާބިލުކަން ނެތް ފަރާތެއް ނަމަ، އެ ކުންފުނީގައި ދެ ޙިއްސާދާރުން ތިބި ކަމަށް ނުބެލެވެނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމަށް ނޫރުލް އިސްލާމް އިންޓަނޭޝަނަލް ހިއްސާވާ ކުންފުންޏަކަށް ހަވާލުކުރީ 50 އަހަރަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައި ވަނީ ދިގު މުއްދަތަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުން އެ ކުންފުޏްޏަކާ ހަވާލުކުރީ، އެތަނުން ހުށަހެޅި ޕްރޮޕޯސަލަށް ސޯޝަލް ކައުންސިލްގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ނިމްސް އަށް ގިނަ ފައިދާތަކެއް ލިބިގެން ދެއެވެ. އެގޮތުން ދިވެހި ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލާއި، ދެ ފަޅުރަށް ދިނީ މެޑިކަލް އެޑިއުކޭޝަން ސެންޓަރަކާއި، ޖެނެޓިކް ރިސާޗް ސެންޓަރަކާއި، އޭވިއޭޝަން އެކެޑަމީއަކާއި، މެރިން އިންޖިނިއަރިން ކޮލެޖަކާއި، ފަރުވާދޭ ސެންޓަރެއް ހެދުމަށެވެ.

އެއްބަސްވުން ބާޠިލުކުރަން ޖާއިޒު ސަބަބުތަކެއް ސަރުކާރަށް ލިބިގެންވީ ނަމަވެސް، އެކަން ކުރެވެން އޮތީ، ދިގު މަރުޙަލާތަކެއް ކަޑައްތުކޮށްގެން، ގިނަ އިޖުރާޢަތުތަކެއް ފުރިހަމަކޮށްގެން ކަމަށް ވެސް މެމްބަރު ނަޝީދު ފާހަގަކުރައްވާފައި ވެއެވެ. އެހެންނަމަވެސް، އެ ކުންފުނިން ބޭނުން ކަމަށްވާ ނަމަ، ވަރަށް ފަސޭހައިން އެއްބަސްވުން ނިމުމަކަށް ގެނައުމަށް ބޭނުންކުރެވިދާނެ މާއްދާއެއް އެބަ އޮތް ކަމަށާއި އެއީ އެއްވެސް ސަބަބަކާ ނުލައި ނަމަވެސް، ހިންގަން ބޭނުން ނުވެގެން ދޫކޮށްލުމަށް މަގުފަހިކުރާ މާއްދާ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

މެންބަރު ނަޝީދު ވަނީ މި ނޫނަސް އެއްބަސްވުމާ ގުޅޭ އެތައް ކަމެއް ފާހަގަކުރައްވައި ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމުގައި ހުރި ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު