Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރެޑްވޭވް ސަލީމް

ރެޑްވޭވް ސަލީމް ދެއްކެވި ވާހަކައާއި ގުޅިގެން، ހިތްޕުޅާނުވެ ރައީސް ޔާމީން ސަލާމެއް ނުކުރެއްވި!

ސަލީމްގެ ވާހަކަތައް ބިނާކުރެއްވީ އިސްލާމީ ތާރީހުގައި ވެރިން ކަންކުރެއްވި ގޮތުގެ މައްޗަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2017 | ހޯމަ 17:54
އޭދަފުށީގައި ބޭއްވި ޖަލްސާގައި ސަލީމް ވާހަކަދައްކަވަނީ

އޭދަފުށީގައި ބޭއްވި ޖަލްސާގައި ސަލީމް ވާހަކަދައްކަވަނީ

އޭދަފުށީ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި އަނިޔާވެރިކަމާއި ގުޅޭގޮތުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (އެޑްވޭވް ސަލީމް) ދެއްކެވި ވާހަކައާއި ގުޅިގެން ހިތްޕުޅާނުވެ ރައީސް އަބްދުﷲ ޔާމީން ސަލީމާއި ސަލާމް ނުކުރެއްވި އެވެ.

ރައީސް ޔާމީން ސަލީމާއި ސަލާމް ނުކުރެއްވިކަން ފާހަގަކޮށް، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ އަނިޔާވެރިކަމާއި ގުޅޭގޮތުން ސަލީމް ދެއްކެވި ވާހަކައާއި ގުޅިގެން، ރައީސް ޔާމީނަށް އަސަރުކޮށް ވަރަށް ކަންބޮޑުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ސަލީމާއި ސަލާމް ވެސް ނުކުރެއްވި ކަމަށް މުސްތަފާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އޭދަފުށީ ބަނދަރު ސަރަހައްދުގައި ހޯމަ ދުވަހު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވަނީ އިސްލާމީ ތާރީހްގެ ބަޔެއް ވާހަކަތައް ދައްކަވާފަ އެވެ. އަދި ރަސޫލުންނާއި، އަސްހާބު ބޭފުޅުންގެ ބައެއް ވާހަކަތައް ސަލީމް ވިދާޅުވެފައިވެއެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ވަކި ލީޑަރަކު ނެތި ކާމިޔާބު ނުލިބޭނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިހުލާސްތެރިކަމާއެކުގައި ރައްޔިތުންނަށް ލޯބިން ޚިދުމަތްކޮށްދޭ، އަދި ހަރުކަށި ކަންމަތީގައި ބޮޑެތި ބަސްތައް ނުބުނާ ވެރިންދެކެ ރައްޔިތުން އަބަދުވެސް ލޯބިވާނެ ކަމަށެވެ. އަދި އޭރުން ރައްޔިތުން އެ ވެރިޔަކަށް ވޯޓުވެސް ދޭނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުންވެސް އެ ވެރިޔަކަށް ތާއީދުކުރާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ތަފާތު ރާގަކަށް ވާހަކަ ބައްޓަން ކުރެއްވި ސަލީމް ވިދާޅުވީ މެޑަމް ފާތުމަތު އިބްރާހިމް، އެކަމަނާ ކުރިއަށްގެންދާ ހަރަކާތްތައް ކުރިއަށް ގެންދާއިރުވެސް އެއްވެސް ވަރަކަށް ބިރު ދައްކަވާ ހައްދަވާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި މެޑަމް ފާތިމަތު އިބްރާހިމް ކަންތައްތައް ކޮށްދެއްވަނީ ކޮނޑުގައި ފިރުމާލެއްވުމަށް ފަހު، އެހާ އަޑުގަދަ ނުކުރައްވައި ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ވެރިން ހަރުކަށިވާން ޖެހޭ ދަނޑިވަޅުތައް އަންނާނެ ކަމަށެވެ. އަދި ވެރިންގެ އަމުރާއި ހިލާފަށް ބަޔެއް ފަހަރު ކަންކަން ކުރެވޭ ވަގުތު އަންނަ ކަމަށާއި، ނަމަވެސް އެފަދަ ދަނޑިވަޅުތަކުގައި ވެސް ވެރި މީހާ މައާފުކޮށް ކަންކަމުގައި މަޝްވަރާ ކުރަންޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ. އޭނާ އެގޮތަށް ވިދާޅުވީ ވެސް އިސްލާމީ ތާރީހުގެ ބައެއް ވާހަކަތައް ހިއްސާ ކުރެއްވުމަށްފަހުގަ އެވެ.

ސަލީމްގެ ވާހަކަތައް ތަފާތުގޮތަކަށް ބެހެއްޓެވިއިރު، އެ ވާހަކަތައް އަޑު އައްސަވަން އިންނެވި އިރު ރައީސް ޔާމީން އިންނެވީ އެހާ ސަމާލުކަން ދެއްވައިގެނެއް ވެސް ނޫނެވެ. އާންމުގޮތެއްގައި ރައީސަށް ތައުރީފްކޮށް ވާހަކަ ދައްކަވާއިރު އެ މަނިކުފާނު ހިނިފުޅު ވެޑުވި ނަމަވެސް އެ މަންޒަރު ފެނިގެންގޮސްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު