Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނަޒީހުގެ ފުރަތަމަ އަލްބަމް

ނަޒީހުގެ ފުރަތަމަ އޮރިޖިނަލް ލަވަ ރިލީޒުކޮށްފި

23 ޑިސެމްބަރު 2017 | ހޮނިހިރު 06:13

މިއީ ނަޒީހުގެ ފުރަތަމަ އަލްބަމްގެ ފުރަތަމަ ލަވަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 23 ޑިސެމްބަރު 2017 | ހޮނިހިރު 06:13
ރަޅޭގެ އަލްބަމް އާޓް

ރަޅޭގެ އަލްބަމް އާޓް

ގިނަ ބައެއްގެ ތާޢިދު ހޯދާފައިވާ ޒުވާން މޫސީގާރު، އަޙުމަދު ނަޒީހުގެ ފުރަތަމަ އޮރިޖިނަލް ލަވަ ރިލީޒްކޮށްފިއެވެ.

ރާޅުބޯއީގެ ނަމުން މަޝްޙޫރުވެފައިވާ ނަޒީހުގެ ފުރަތަމަ ލަވައަށް ދީފައިވާ ނަމަކީ 'ރާޅޭ' އެވެ. ފަތުރުވެރިކަމާއި މޫދުކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ނަޒީހުގެ މި ލަވަ މި މަހު ރިލީޒް ކުރާނެކަން އިޢުލާނު ކުރުމާއެކު ކުރިން ހީވެފައި އޮތީ މި ލަވަ ވެގެންދާނީ ރާޅާއި އެޅުމާއި، އެހެނިހެން މޫދުކުޅިވަރުތަކާއި ގުޅުންހުރި ލަވައަކަށް ކަމަށެވެ.

ނަމަވެސް ނަޒީހުގެ ފުރަތަމަ ލަވަ ވެގެންދިޔައީ ލޯބީގެ ރީތި ލަވައަކަށެވެ.

ހުކުރު ދުވަހުގެރޭ ރިލީޒްކުރި 'ރާޅޭ' އަކީ ނަޒީހުގެ ފުރަތަމަ އަލްބަމް 'އޮގަރު ކަނޑި އައްޑަނަ' އިގެ ފުރަތަމަ ލަވައެވެ. ނަޒީހު މީގެ ކުރިން ބުނެފައިވާ ގޮތުގައި ދިވެހި އަމިއްލަ ރާގުގެ 6 ލަވަ ހިމެނޭ މި އަލްބަމްގެ ލަވަތައް، ފަހަރަކު ލަވައެއް ކޮންމެ ތިން މަހަކުން ތިން މަހަކުން ކަހަލަ ގޮތަކަށް އޮންލައިން އިން ރިލީޒުކުރަމުން ގެންދިއުމަށް ވަނީ ނިންމާފައެވެ.

ލަވަ ކިޔުމުގެ އިތުރުން މި ލަވައިގެ މިއުޒިކް ހަދާފައިވަނީވެސް ނަޒީހް އަމިއްލައަށެވެ.

މި ލަވަ ސައުންޑްކްލައުޑް، ޔޫޓިއުބް އަދި ލަވަފޮށީގައި ފްރީ ސްޓްރީމިންގއަށް ވަނީ ދޫކޮށްލާފައެވެ.

ލިރިކް: ރާޅޭ (ކަޑި) ރާގެއް މި ހިތުގާ ކުޅެލީ ތިޔަ މަލާ ރާޅެއް މިހިތުގާ ހަމަ އުފެއްދީ ހަމަ ކަލާ (ޕްރީކޯރަސް) ތަސްވީރެކޭތީ މިހިތުގާ ކުރަހާލަމުންދާ އަސްވާރެކޭ މީ ކަލާ ފެނިފާ ހޯދަމުންދާ (ކޯރަސް) ކިއްލާ ތެރޭގާ ފޮޅިފާ އެ އިން ރީތި މާ ބިއްލާހި ތެދެކޭ ފެނިފާ ވި ދީވާނާ ކިއްލާ ތެރޭގާ ފޮޅިފާ އެ އިން ރީތި މާ ރީތި މާ (ކަޑި) ރާގެއް މި ހިތުގާ ކުޅެލީ ތިޔަ މަލާ ރާޅެއް މިހިތުގާ ހަމަ އުފެއްދީ ހަމަ ކަލާ (ޕްރީ ކޯރަސް) މުރިނގުން އަރައިގެން އައި ތަރިއެކޭ ތީ ކުރަނގީގެ ދެލޮލުން ނުކުރާށެ ގޯނާ (ބްރިޖް) މަގޭ ހިތުގެ ފަނާރު ހުދުކޮޅު ޔަޤީނޭ ތީ މިލަ ފަނޑު އަލިން އޭގެ ރަންދޯދި ދޭތި (ނިންމުން) ރާޅޭ މިހިތަށް ބިންދާލީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި

19 ފެބުރުއަރީ 2017
"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި
15 ފެބުރުއަރީ 2017

ލޯބިވާކަން ލަވައަކުން ބުނެލާ!

15 ފެބުރުއަރީ 2017
ލޯބިވާކަން ލަވައަކުން ބުނެލާ!
12 ފެބުރުއަރީ 2017

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

12 ފެބުރުއަރީ 2017
"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ
09 ފެބުރުއަރީ 2017

ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!

09 ފެބުރުއަރީ 2017
ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!
07 ފެބުރުއަރީ 2017

ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ

07 ފެބުރުއަރީ 2017
ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
30 ޖެނުއަރީ 2017

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި
20 ޖެނުއަރީ 2017

ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި

20 ޖެނުއަރީ 2017
ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި
16 ޖެނުއަރީ 2017

ޒަޚަމްތަކުން ލަވަ އުފައްދާ އިންޑޮނޭޝިޔާގެ އަންހެނެއް

16 ޖެނުއަރީ 2017
ޒަޚަމްތަކުން ލަވަ އުފައްދާ އިންޑޮނޭޝިޔާގެ އަންހެނެއް
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް