Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއަނާޑޯ ބޮނުޗީ

ޗެލްސީ އަށް ބޮނުޗީ ގެނައުމަށް ކޮންޓޭ މަސައްކަތްކުރަނީ!

22 ޑިސެމްބަރު 2017 | ހުކުރު 13:38

ބޮނުޗީ އޭސީ މިލާންގައި ހުރީ ހިތްހަމަޖެހިގެނެއް ނޫން

ލީވާން އަލީ
ލީވާން އަލީ | 22 ޑިސެމްބަރު 2017 | ހުކުރު 13:38
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ (ކ) އަދި އޭސީ މިލާންގެ ޑިފެންޑަރު ލިއާނާޑޯ ބޮނުޗީ (ވ)

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ (ކ) އަދި އޭސީ މިލާންގެ ޑިފެންޑަރު ލިއާނާޑޯ ބޮނުޗީ (ވ)

އޭސީ މިލާނަށް ކުޅެމުން އަންނަ ލިއަނާޑޯ ބޮނުޗީ ޗެލްސީ އަށް ގެނައުމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މަޝްހޫރު ކުޅިވަރު މަޖައްލާއެއް ކަމަށްވާ ޓުޓޯ ސްޕޯޓް އިން ބުނީ ބޮނުޗީ އޭސީ މިލާންގައި ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށެވެ. އެގޮތުން އޭނާ ޗެލްސީ އަށް ގެނައުމަށް ކުރިން އެޓީމުގެ އެންޓޯނިއޯ ކޮންޓޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެކުރިން އިޓަލީގައި ބޮނުޗީ އަށް އިރުޝާދު ދިން ކޮންޓޭ ވަނީ އޭނާއާ ވާހަކަދައްކާފައި ކަމަށާއި، ކުރިޔަށް އޮތް ސީޒަނުގައި އޭނާ ޗެލްސީ އަށް ގެނައުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އިންޓަ މިލާނުން ކެރިޔަރު ފެށި އުމުރުން 30 އަހަރުގެ ބޮނުޗީ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިންގެ ކްލަބްތައްވެސް ހިމެނެއެވެ. އެހެން ނަމަވެސް ބޮނުޗީ ޓްރާންސްފާއާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ޔުވަންޓަސް އިން ވިދާލި ބޮނުޗީ ވަނީ އެޓީމަށް ހަތް ސީޒަން ކުޅެފައެވެ. އެވީ މުއްދަތުގައި އޭނާ ވަނީ އެ ކްލަބަށް ކުޅުނު 319 މެޗުގައި 19 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ހަ ލީގު ތައްޓާއި، ތިން ކޮޕާ އިޓަލިއާ އާއި ތިން އިޓާލިއާން ސުޕާ ކަޕް އަދި ދެ ފަހަރެއްގެ މަތިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ.

ޔުވަންޓަސްއާއެކު ކާމިޔާބީތައް ހޯދުމަށް ފަހު، އޭނާ އޭސީ މިލާނަށް ބަދަލުވީ މި އަހަރުގެ ޖުލައި މަހެެވެ. އޭނާ އެ ކްލަބަށް ބަދަލުވީ 40 މިލިއަން ޔޫރޯގެ އަގަކަށެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 23 މެޗު ކުޅެދީފައެވެ.

އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ބޮނުޗީ ވަނީ އިޓަލީ ގައުމީ ޓީމަށް އޭނާ ކުޅުނު 75 މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އިޓަލީ ގައުމީ ޓީމާއެކު ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ބްރޯންޒް މެޑަލް ހޯދުމުގެ އިތުރުން ޔޫރޯގެ ރަނަރަޕްކަންވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް