Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަނުޝްކާ ޝަރުމާ - ވިރާތު ކޯލީ

ވިރާތާއި އަނުޝްކާ އަށް ހަދިޔާއަކަށް ބޮޑުވަޒީރު މޯދީ ދެއްވީ ދެ ފިނިފެންމާ

ޕާޓީ ބޭއްވީ އިންޑިއާގެ ދިއްލީގެ ތާޖް ޑިޕްލޮމެޓިކް އެންކްލޭވްގައި ހުންނަ ދުރްބާ ހޯލްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2017 | ހުކުރު 05:47
ވިރާތާއި އަނުޝްކާގެ ކައިވެނި ޕާޓީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވަޑައިގަންނަވަނީ

ވިރާތާއި އަނުޝްކާގެ ކައިވެނި ޕާޓީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވަޑައިގަންނަވަނީ

ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ އާއި ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާގެ ކައިވެނީގެ އުފަލުގައި ދިއްލީގައި ބޭއްވި ޕާޓީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވަޑައިގެންފައެވެ.

ބުރާސްފަތިދުވަހުގެ ރޭ އިންޑިއާގެ ދިއްލީގެ ތާޖް ޑިޕްލޮމެޓިކް އެންކްލޭވްގައި ހުންނަ ދުރްބާ ހޯލްގައި ބޭއްވި ކައިވެނީގެ ޕާޓީއަށް މޯދީ ވަޑައިގެންނެވި އިރު ހަދިޔާއަކަށް ވިރާތާއި އަނުޝްކާއަށް ދެއްވީ ރަތްކުލައިގެ ދެ ފިނިފެންމަލެވެ.

ޕާޓީއަށް ދައުވަތު އެރުވުމަށް ވިރާތާއި އަނުޝްކާ މޯދީ އަރިހަށް ދިޔައީ ބުދަދުވަހުގައެވެ. ކައިވެނީގެ ހަފްލާއަށް ވަޑައިގަތުމަށް ފަހު މޯދީ ވަނީ ވިރާތާއި އަނުޝްކާގެ އާއިލާއާ އެކު ފޮޓޯ ނަންގަވާފައެވެ.

Caption

ވިރާތާއި އަނުޝްކާ މި ޕާޓީގައި ވެސް ލާފައިވާ ހެދުމަކީ އިޓަލީގައި ބޭއްވި ކުޑަ ހަފްލާގައި ވެސް ހެދުން ޑިޒައިންކުރި އިންޑިއާގެ މަޝްހޫރު ޑިޒައިނަރ ސަބްޔަސާޗީ މުކްރަޖީ ޑިޒައިންކޮށް ފަހާފައިވާ ހެދުމެވެ.

އަނުޝްކާ ލާފައި ވަނީ ސަބްޔަސާޗީ ބެނަރާސީގެ ރަތްކުލައިގެ ސާޅިއެވެ. ވިރާތު ލާފައި ވަނީ ބަންދްގަލަ ސިލްކުގެ ކަޅު ކުރުތާއެކެވެ. ކުރުތާގެ މަތިން މުށި ކުލައިގެ ޕަޝްމީރާ ޝޯލްއެއް ވަނީ އަޅާފައެވެ.

Caption

ދިއްލީގެ ޕާޓީ ހާއްސަކޮށްފައި ވަނީ ދެ ފަރާތުގެ އާއިލާ ގާތް ބައެއް ރަހްމަތްތެރިންނާއިސިޔާސީ ފަރާތްތަކަށެވެ. ވިރާތާއި އަނުޝްކާގެ ކައިވެނީގެ އުފަލުގައި ބާއްވާ ދެވަނަ ޕާޓީ ބާއްވާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެ ޕާޓީ ބާއްވާނީ އިންޑިއާގެ މުމްބާއީގައެވެ. އެ ޕާޓީއަށް ދައުވަތު އަރުވާނީ ކްރިކެޓް ކުޅުންތެރިންނަށާއި ބޮލީވުޑްގެ ފަންނާނުންނަށް ކަމަށް ޚަބަރުތައް ބުނެއެވެ.

އެޕާޓީއަށް ދާނެ ކަމަށް ބެލެވޭ ބައެއް ފަރާތްތަކުގެ ތެރޭގައި ޝާހުރުކް ޚާން، ސަލްމާން ޚާން، އާމިރު ޚާން، ސަޗިން ޓެންޑުލްކާ، ޔޫވްރާޖް ސިންގް، ކަރަންޖޯހަރު، ކެޓްރީނާ ކައިފް އަދި ރާނީ މުކްރަޖީ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ވެސް ބޮލީވުޑާއި ކްރިކެޓް ދުނިޔޭގެ އެހާރާއި މިހާރުގެ އެތައް ބަޔަކަށް ދައުވަތު ދީފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ވިރާތާއި އަނުޝްކާ ކައިވެނިކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުގައި އިޓަލީގައެވެ. އިޓަލީގައި ބޭއްވި ކައިވެނީގެ ހަފްލާއަށް ގޮސްފައިވަނީ ވިރާތާއި އަނުޝްކާގެ އާއިލާގެ މީހުންނާއި އެންމެ ގާތް ފަރާތްތަކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަލްމާން ޚާން އަށް  ޝާހުރުކް ކާރެއް ހަދިޔާއަކަށް ހަދިޔާކޮށްފި

ސަލްމާން ޚާން އަށް ޝާހުރުކް ކާރެއް ހަދިޔާއަކަށް ހަދިޔާކޮށްފި

06 ޖުލައި 2017
ވައިރޯޅިއަކާ ހެދި ބޮޑުވަޒީރު މޯދީ ލަދެއްގައި ބެދިވަޑައި ނުގަތީ ކިރިޔާ!

ވައިރޯޅިއަކާ ހެދި ބޮޑުވަޒީރު މޯދީ ލަދެއްގައި ބެދިވަޑައި ނުގަތީ ކިރިޔާ!

27 ޖޫން 2017
"ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީ

"ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީ

09 ޖޫން 2017
ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން މޯދީއާ ބައްދަލުކުރުމުން ޕްރިޔަންކާއަށް ފާޑުކިޔަން ފަށައިފި

ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން މޯދީއާ ބައްދަލުކުރުމުން ޕްރިޔަންކާއަށް ފާޑުކިޔަން ފަށައިފި

31 މެއި 2017
ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް

ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް

29 މާރިޗު 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު