Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިޔަންކާ ޗޮޕްޅާ

ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން މޯދީއާ ބައްދަލުކުރުމުން ޕްރިޔަންކާއަށް ފާޑުކިޔަން ފަށައިފި

ޕްރިޔަންކާއާ މޯދީ ބައްދަލުކުރައްވާފައިވަނީ އަންގާރަދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 31 މެއި 2017 | ބުދަ 14:11
މޯދީ އާއި ޕްރިޔަންކާ ފޮޓޯއެއް ނަންގަވަނީ

މޯދީ އާއި ޕްރިޔަންކާ ފޮޓޯއެއް ނަންގަވަނީ

ޕްރިޔަންކާ ޗޮޕްޅާ އޭނާގެ ދެފައި ހާމައަށް ފެންނަ ހެދުމެއް ލައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރުމުން އޭނާއަށް ފާޑު ކިޔަން ފަށައިފިއެވެ.

ޕްރިޔަންކާ އާ މޯދީ ބައްދަލުކުރެއްވީ ބާލިންގައެވެ. މޯދީ ހުންނެވީ ޔޫރަޕްގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި ބާލިންގައެވެ.

އާންމުންގެ ފާޑު ކިއުން އަމާޒުވާން ފެށީ މި ބައްދަލުވުމުގެ ފޮޓޯ ސޯޝަލް މީޑިއާއަށް އާންމުކުރުމާ އެކުއެވެ. މި ބައްދަލުވުން އޮތީ އަންގާރަ ދުވަހުއެވެ.

Loading Instagram post...

ސޯޝަލް މީޑިއާގެ ބައެއް ފަރާތްތައް ވަނީ ޕްރިޔަންކާގެ މި އަމަލަކީ އިހުތިރާމް ކުޑަ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޕްރިޔަންކާއަށް ކުރަމުންދާ އިހުތިރާމް އަނބުރާ ގެންގޮސްފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. މިއީ ގައުމުގެ ވެރިއެއްގެ ކުރިމައްޗަށް ދިއުން އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި ކޮންމެވެސް ވަރެއްގެ އިހުތިރާމެއް ބަހައްޓަން ޖެހޭނެ ކަމަށް ފާޑުކިޔާފައިވާ ފަރާރްތަކުން ވަނީ ބުނެފައެވެ.

ޕަރިޔަންކާއަށް ސޯޝަލްމީޑިއާގައި ފާޑުކިއުމާ ކުރިމަތި ލާން ޖެހުނު ނަމަވެސް ބައެއް ފަރާތްތަކުން އޭނާއަށް ތައުރީފް ވެސް ކޮށްފައި ވެއެވެ. އެގޮތުން ޕްރިޔަންކާ ހެދުން އަޅަންވީ ކިހިނެތްކަން އޭނާ އެނގޭނެ ކަމަށާއި އެހެން މީހުން އެއާ ނުބެހުމަށް ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާގާއި ފާޑުކިޔާފައިވީ ނަމަވެސް ޕްރިޔަންކާ އެކަމާ ސީދާ ރައްދެއް ދީފައެއް ނުވެއެވެ. އޭނާ ވަނީ ނުސީދާކޮށް އޭނާ އާއި އޭނާގެ މަންމައާ ދެމީހުންގެ ދެފައި ފެންނަ ފޮޓޯއެއް އިންސްޓަގްރާމަށް ލުމަށްފަހު ކެޕްޝަންގައި "ލެގްސް ފޯ ޑޭސް" ޖެހުމަށްފަހު ރައްދު ދީފައެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2018

ޔޫޓިއުބް ބަލައިގެން ވިހޭ އަންހެން މީހާގެ ވާހަކަ

29 އެޕްރީލު 2018
ޔޫޓިއުބް ބަލައިގެން ވިހޭ އަންހެން މީހާގެ ވާހަކަ
19 އެޕްރީލު 2018

އެއްލޯމަރާލައިގެން މަޝްހޫރުވި ޕްރިޔާ މިފަހަރު އިސްތިހާރަކުން

19 އެޕްރީލު 2018
އެއްލޯމަރާލައިގެން މަޝްހޫރުވި ޕްރިޔާ މިފަހަރު އިސްތިހާރަކުން
15 އެޕްރީލު 2018

ސުނިލް އާއި އޭނާގެ ދަރިފުޅު އެކީގައި ފުރަތަމަ ފަހަރަށް ފެންނަނީ

15 އެޕްރީލު 2018
ސުނިލް އާއި އޭނާގެ ދަރިފުޅު އެކީގައި ފުރަތަމަ ފަހަރަށް ފެންނަނީ
08 އެޕްރީލު 2018

އަހަރެންގެ ނަފްސު އަހަންނަށް ފެންނަނީ މަސައްކުރާ އަނތްބެއްގެ ގޮތަށް: ދީޕިކާ

08 އެޕްރީލު 2018
އަހަރެންގެ ނަފްސު އަހަންނަށް ފެންނަނީ މަސައްކުރާ އަނތްބެއްގެ ގޮތަށް: ދީޕިކާ
01 އެޕްރީލު 2018

ނިމާލް އާއި ޖުމަލް ފުރަތަމަ ފަހަރަށް ފިލްމަކުން ފެންނަނީ

01 އެޕްރީލު 2018
ނިމާލް އާއި ޖުމަލް ފުރަތަމަ ފަހަރަށް ފިލްމަކުން ފެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު