Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޮލަޝިޕްގެ ފުރުސަތު

2050 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

ތަފާތުއެކި ދާއިރާތަކުން 3387 މީހުން ވަނީ ތަމްރީން ކުރެވިފައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 21 ޑިސެމްބަރު 2017 | ބުރާސްފަތި 09:30
ސްކޮލަޝިޕް އިފްތިތާހު ކުުރމުގެ ރަސްމީއްޔާތުގެ ތެރެއިން

ސްކޮލަޝިޕް އިފްތިތާހު ކުުރމުގެ ރަސްމީއްޔާތުގެ ތެރެއިން

"ޕްރޮމޯޓިން ސްކިލްސް ފޯރ ދަ ފީޗާ" ގެ ނަމުގައި 2050 ސްކޮލަޝިޕްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

"ޕްރޮމޯޓިން ސްކިލްސް ފޯރ ދަ ފިއުޗާ"ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓުން ކިޔެވުމަށް ދޫކުރަން ނިންމާފައިވާ ސްކޮލާޝިޕް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމެވެ.

ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާއާ ހަމައަށް ރާއްޖޭގައި ކިޔަވަން ލިބޭ މި ސްކޮލަޝިޕަށް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެއެވެ. އެއީ އަންނަ މަހާއި ޖުލައި މަހުގެ ތެރޭގައި ކޮލެޖްތަކުގައި ވެސް ފަށާ ކޯސްތަކަށް ހާއްސަކޮށްގެންނެވެ.

ސްކޮލާޝިޕްގެ ދަށުން އައިޓީ ޓެކްނީޝަންގެ ދާއިރާ އާއި، ފަޔާ ފައިޓިން އާއި ޕްލަމްބާ، ކާޕެންޓްރީ، ނެޓްވޯކިން އަދި ލެބޯޓޮރީ ޓެކްނޮލޮޖިސްޓް ދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން ކުރިމަތިލުމުގެ ޝަރުތުތަކު ތެރޭގައި ހިމެނެނީ މަދުވެގެން އޯލެވަލް ނުވަތަ އޭ ލެވަލް ފެންވަރަށް ކިޔަވައިގެން ހުރުމެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ ޒުވާނުން ބިނާކޮށް ހުނަރުވެރިކުރުވުމަށާއި ވަޒީފާތައް އިތުރުކުރެއްވުމާ އެކު އެ ވަޒީފާތަކަށް ދިވެހިން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވަަރަށް ޒުވާނުން އެކި ދާއިރާތަކުން ތަމްރީން ކުރެވި ވަޒީފާގެ މާހުއުލުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ފާމަސީ އެސިސްޓެންޓް، ފޮޓޯގްރަފީ، އިލެކްޓްރީޝަން، އައިޓީ ދާއިރާ، ފްރޮންޓް އޮފީސް، އޮފީސް އެޑްމިނިސްޓްރޭޝަން، ރެފްރިޖިރޭޝަން އެންޑް އެއަރކޮންޑިޝަން، ކޭޝިއަރުން، ޓުއަރގައިޑް ފަދަ ދާއިރާތަކުން ޖުމުލަ 3387 މީހުން ތަމްރީނުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން 500 ނަރުހުން ތަމްރީނުކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ތެރެއިން މިހާރު ވެސް 103 ދަރިވަރަކު ދަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ތަމްރީނު ހޯދަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަހުގެ ތެރޭގައި 74 ނަރުހުން ރާއްޖެއިން ބޭރުން ތަމްރީން ވެގެން އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ލެބޯޓްރީ ޓެކްނޮލޮޖީ އާއި، ރޭޑިއޯގްރަފީގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ޢިލްމީ ގޮތުން ކުރިއަށް ދިއުމަށް ބޭނުންވާ ޒުވާނުންނަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ފާއިތުވީ ހަތަރު އަހަރު 5،200 އަށް ވުރެ ގިނަ ދަރިވަރުންނަށް މަތީތަޢުލީމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ.

ހަމައެހެންމެ ސްކޫލް ތަޢުލީމުގެ ފެންވަރު މަތިކުރުމަށް، ޓީޗަރުންގެ މަގާމުގެ އަސާސީ ޝަރުތަކީ ޑިޕްލޮމާ ފެންވަރުކަމުގައި ކަނޑައަޅައި، އެ ފެންވަރުގެ ސަނަދެއް ނެތް 1123 މީހުން ތަމްރީނުކޮށްފައިވާ ކަމަށާއި އަދި 3،000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް