Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގުދުސްގެ މައްސަލަ

ގުދުސްގެ މައްސަލައިގައި ނަގާ ވޯޓް: ދެކޮޅަށް ވޯޓް ދޭ ގައުމުތަަކަށް އެހީ ކަނޑާލާނެކަމަށް އެމެރިކާ އިންޒާރުދީފި

20 ޑިސެމްބަރު 2017 | ބުދަ 23:41

ސަލާމަތީ މަޖިލީހުގައި ނެގި މިފަދަ ވޯޓެއް އެމެރިކާއިންވަނީ ވީޓޯކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 20 ޑިސެމްބަރު 2017 | ބުދަ 23:41
އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ނިކީ ހޭލީ

އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ނިކީ ހޭލީ

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އދގެ އާއްމު މަޖިލީހުގައި ނަގާ ވޯޓްގައި އެމެރިކާއާ ދެކޮޅަށް ވޯޓްދޭ ގައުމުތަކުގެ "ނަންތައް ނަގާނެ" ކަމަށް އެ ގައުމުން ބުނެފިއެވެ.

އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ނިކީ ހޭލީ ވަނީ ބުރާސްފަތި ދުވަހު ނަގާ ވޯޓުގައި އެ ގައުމާ ދެކޮޅަށް ވޯޓްދޭ ގައުމުތައް ރައީސް ޓްރަމްޕްއަށް އެންގެވުމަށް ޓްރަމްޕް އަންގަވާފައިވާކަމަށް ވިދާޅުވެ އިންޒާރުދެއްވާފައެވެ.

މިހާރު ޑްރާފްޓްކޮށްފައިވާ ގަރާރުގައި ސީދާ އެމެރިކާގެ ނަމެއް ބުނެފައިނުވާއިރު ގަރާރުގައި ބުނެފައިވަނީ ގުދުސްއާމެދު ނިންމާފައިވާ އެއްވެސް ނިންމުމެއް އޮތްނަމަ އެ ނިންމުމެއް ބާތިލްކުރުމަށެވެ.

ހޯމަ ދުވަހު ސަލާމަތީ މަޖިލީހުގައި ނެގި މިފަދަ ވޯޓެއް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ.

އިސްރާއީލްގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާއިން ބަލައިގަތްގަތުމާ ދެކޮޅަށް އދ. ގެ އާއްމު މަޖިލީހުގައި ގަރާރެއް ފާސްކުރުމަށް އިސްނެގީ ތުރުކީ ކަމަށްވާއިރު އެގައުމަށް ތާއިދުކޮށްފައިވަނީ ޔަމަނުންނެވެ.

ގުދުސްގެ މައްސަލައިގައި ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް ވޯޓަށް އެހުމުގެ ކުރިންވެސް ތުރުކީއިންވަނީ އެ ގަރާރު އެމެރިކާއިން ވީޓޯކުރާނެކަން ކަށަވަރުވާކަމަށް ބުނެ އާއްމު މަޖިލީހަށް ގަރާރެއް ހުށަހަޅާނެކަމަށް ބުނެފައެވެ.

އެ ގަރާރަކީ "ހުރުމަތްތެރިވެގެންވާ ގުދުސްގައި އެއްވެސް ގައުމަކުން ޑިޕްލޮމެޓިކް މިޝަނެއް ގާއިމް ނުކުރުމަށް" ގޮވާލާފައިވާ ގަރާރެކެވެ.

އދ. ގެ އެންމެ އިސް އެއް ގުނަން ކަމަށްވާ ސަލާމަތީ މަޖިލީހުގައި ހިމެނޭ ވީޓޯކުރުމުގެ ބާރު އޮންނަ ދާއިމީ ފަސް ގައުމުގެ ތެރެއިން އެއް ގައުމަކީ އެމެރިކާއެވެ.

އެމެރިކާގެ ޒަމާންވީ ސިޔާސަތު ދޫކޮށްލައްވައި އަދި ބައިނަލްއަޤްވާމީ މުޖުތަމައުން އަބަދުވެސް ގަބޫލުކުރަމުން އަންނަ ހަމަތަކާ ޚިލާފަށް ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައި ވަނީ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.

ތުރުކީ އިން އާއްމު މަޖިލީހަށް ހުށަހަޅާފައިވަނީ އދ. އިން މީގެ ކުރިން ފާސްކޮށްފައިވާ ގަރާރެއް ކަމަށްވާ 377-އޭ ނުވަތަ އާއްމުކޮށް ކިޔާ ގޮތުން ނަމަ "ޔުނައިޓިންގް ފޯރ ޕީސް"ގެ ދަށުން ހުށަހަޅާ ގަރާރެކެވެ.

އދ. އިން 1950 ވަނަ އަހަރު ފާސްކުރި، މި ގަރާރަކީ ސަލާމަތީ މަޖިލީހުގެ އެންމެ އަސާސީ ޒިންމާ ކަމަށްވާ ސުލްހަ އާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް އެ ކައުންސިލް ނުކުޅެދިއްޖެ ނަމަ އާއްމު މަޖިލީހުން އެ ކަމާ މެދު ގޮތެއް ނިންމުމާ ބެހޭ ގަރާރެވެ.

އާއްމު މަޖިލީހުގައި މި ގަރާރު ފާސް ވާނީ އެންމެ މަދުވެގެން ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓް ލިބިގެންނެވެ. ތުރުކީގެ ފޮރިން މިނިސްޓްރީ އިން ވާހަކަދެއްކެވި ފަރާތުން ވިދާޅުވީ އެ އަދަދަށް ވޯޓް ހަމަކުރެވިފައިވާ ކަމަށާއި ނަމަވެސް ތުރުކީ އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނު މަސައްކަތްކުރަމުން ދަނީ އެ އަދަދު އިތުރުކުރުމަށް ކަމަށެވެ.

ފަލަސްތީނުން އދއަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ރިޔާދް މަންސޫރު ވިދާޅުވީ އެ ގަރާރަށް ފުރިހަމައަށް ތާއީދު ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. ނަމަވެސް އެމެރިކާގެ މަންދޫބު ނިކީ ހޭލީ އަންގާރަދުވަހު މެމްބަރު ގައުމުތަކުގެ ބައެއް މަންދޫބުންނަށް ފޮނުއްވި ސިޓީފުޅެއްގައިވަނީ އެމެރިކާއާއި ރައީސް ޓްރަމްޕް މި ވޯޓް ނަންގަވަނީ ވަރަށް ބޮޑަށް އަމިއްލަފުޅުކަމެއްގެ ގޮތުގައިކަން ކަން އަންގަވައި ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް