Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެ-މެލޭޝިއާ

ފިނޭންސްގެ 25 ބުރީގެ އިމާރާތަށް 122 މިލިއަން ޑޮލަރު ބޭނުންވޭ، އެ އިމާރާތް ނިމޭތަން ދެކެން ބޭނުން: ނަޖީބު

20 ޑިސެމްބަރު 2017 | ބުދަ 09:39

ފިނޭންސް 25 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާ ކުންފުންޏަކާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 20 ޑިސެމްބަރު 2017 | ބުދަ 09:39
މެލޭޝިއާ ބޮޑުވަޒީރާއެކު ރައީސް ޔާމީނު ބޭއްވި ބައްދަލުވުމުގެ ތެރެއިން މި ދަތުރުފުޅުގައި އެއްބަސްވުންތަކެއްގައި ސޮއިކުރި

މެލޭޝިއާ ބޮޑުވަޒީރާއެކު ރައީސް ޔާމީނު ބޭއްވި ބައްދަލުވުމުގެ ތެރެއިން މި ދަތުރުފުޅުގައި އެއްބަސްވުންތަކެއްގައި ސޮއިކުރި

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އައު އިމާރާތް އެޅުމަށް މެލޭޝިއާގެ ސަރުކާރުން އެހީވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ދެއްވި ބަޔާނުގައި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އައު އިމާރާތް އެޅުމަށް 122 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާ) ބޭނުންވާ ކަމަށެވެ. ނަޖީބު ވިދާޅުވި ގޮތުގައި އެ އިމާރާތް ހަދައި ނިމޭތަން ދެކެން މެލޭޝިއާއިން ބޭނުންވެއެވެ.

Advertisement - newsAdvertisement

މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އެ އިމާރާތުގެ މަސައްކަތް އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާތީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓްރީގެ އިމާރާތް ނިމޭއިރު ހުންނާނެ ގޮތުގެ މޮޑެލްއެއް

ތިން އަހަރުގެ ތެރޭގައި އިމާރާތްކޮށް ނިންމާ ގޮތަށް ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ "ޑަބްލިޔޫ ޒެޑް އާރު ޕުރޮޕަޓީ"އާއެވެ. އެކުންފުންޏާއެކު އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ 2016 ވަނަ އަހަރުގެ މާޗް މަހުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ އިމާރާތް ފުރަތަމަ އެޅުމަށް އެންމެ ފުރަތަމަ ނިންމީ ފިނޭންސް މިނިސްޓްރީ ހުންނަ ކޮށީގައެވެ. އެހެން ނަމަވެސް މެލޭޝިއާ ކުންފުންޏާ މަސައްކަތް ހަވާލުކުރި ފަހުން ސަރުކާރުން ވަނީ އެ އިމާރާތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފަ އެވެ.

ސަރުކާރުން އެއިރު ހާމަކޮށްފައިވާ ގޮތުގައި ފިނޭންސް އިމާރާތް އަޅަނީ ކޮންޓްރެކްޓަރު ފައިނޭންސްކުރާ ގޮތަށް، 123 މިލިއަން ޑޮލަރަށެވެ.

ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި އެއިރުގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ކޮންޓްރެކްޓަރު ފައިނޭންސްކުރާ ގޮތަށް އިމާރާތްކުރާ ނިންމާއިރު، ކޮންޓްރެކްޓަރަށް ފައިސާ ދައްކަން ސަރުކާރަށް 23 އަހަރު ލިބޭނެ ކަމަށެވެ. ސަރުކާރުން އެފަރާތައް ފައިސާ ދައްކާނީ އެ އިމާރާތުން ސަރުކާރަށް ލިބޭފައިސާއިން ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް