Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިނާއީ އަދުލުގެ ނިޒާމް

ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް އޮތީ އެއްކޮށް ފެއިލްވެފައި: އިންތި

20 ޑިސެމްބަރު 2017 | ބުދަ 03:22

ބޭރު ދުނިޔޭގައި ރާއްޖޭގެ އަގު ވެއްޓިފައިވަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ޑިސެމްބަރު 2017 | ބުދަ 03:22
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)

ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް އޮތީ އެއްކޮށް ފެއިލްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ނެތިގެން ދިޔުމުގެ ހެއްކަކީ ރާއްޖޭގައި މަރުގެ މައްސަލަތައް އިތުރުވުމާއި ސިޔާސީ މީހުން ޖަލަށް ލެވިފައިވުމާއި ބޭރު ދުނިޔޭގައި ރާއްޖޭގެ އަގު ވެއްޓިފައިވުން ކަމަށެވެ.

Advertisement - newsAdvertisement

"ހަމަ ޔަގީނުން މި ރާއްޖޭގެ ޖުޑިޝަރީ އަދި މި ރާއްޖޭގެ ކްރިމިނަލް ޖަސްޓިސް ސިސްޓަމް ނުވަތަ ޖިނާއީ އަދުލުގެ ނިޒާމް ހަމަ އެއްކޮށް ވަނީ ފެއިލް ވެފައިވާތީ. މިއީ ގަސްތުގައި ވެސް ކުރާ ކަމެއް ނޫން. މިކަން މި ހިންގަނީ ރާވައިގެން އިންތިޒާމުވެގެން. މި ރާއްޖޭގެ ރައްޔިތުންނަށް ބޮނޑި ދިނުމުގެ ގޮތުގައި. ވަރަށް ބޮޑަށް ރައްޔިތުންނާއި މެދު ދުޝްމަނުވެގެން އޮންނަ ކަހަލަ ގޮތަކަށް. އަޅުގަނޑުމެންގެ ރާއްޖޭގެ ހާލަތާއި މެދުގައި ބައިނަލަޤްވާމީ ފަރާތްތަކުން ސިފަ ކުރާ ސިފަ ކުރުން ވެސް އޮވޭ ރިޕޯޓުތަކުގައި ލިޔެފައިވާ ވާހަކަތަކުގެ ތެރޭގައި. މި ރާއްޖޭގެ އަދުލުގެ ނިޒާމުގެ ތެރެއިން މި ފެންނަނީ އިންސާފު ގާއިމުކޮށްދޭ ތަނަކަށް ވުރެ ބޮޑަށް ސިޔާސީ އިދިކޮޅު ފަރާތްތަކާއި މެދު ދުޝްމަނުވެގެން މަސައްކަތް ކުރާ ތަނެއްގެ ގޮތުގައި" އިންތި ވިދާޅުވިއެވެ.

ރާއްޖޭގައި ނާއިންސާފުގެ މައްޗަށް ނާއިންސާފު ވަމުންދާ މަންޒަރު ކޯޓުތަކުންނާއި އެހެން މުއައްސާތަކުގެ ފަރާތުން ފެނިގެންދާ ކަމަށް އިންތި ތުހުމަތު ކުރެއްވިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާންއަށް ތާކުންތާކު ނުޖެހޭ ތުހުމަތުތައް ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.

މިފަދަ މައްސަލަތައް ފުލުހުންގެ ސިސްޓަމަށް ދިމާވަނީ ކޮންމެ ފަހަރަކު ވެސް ސިޔާސީ މީހެއް ނުވަތަ ސިޔާސީ މީހެއްގެ އާއިލާ މީހަކާއި ދެކޮޅަށް ނެރޭ އަމުރުތަކުގައި އެކަނި ކަމަށް އިންތި ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް