Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަފްޣާނިސްތާނުގެ އަންހެން ކުދިންގެ ތައުލީމް

އަފްޣާނިސްތާނުގެ އަންހެން ކުދިން ކިޔަވަން ބޭރަށް ދިއުންވެސް މަނާކޮށްފި

ޔޫއޭއީގެ ބިލިއަނަރެއް ކަމަށްވާ ޝައިޚް ޚަލަފް އަހްމަދު އާލް ޚަބްތޫރު ވަނީ އަފްޣާނިސްތާނުގެ އަންހެން ކުދިންނަށް ޚާއްސަ ސްކޮލަރޝިޕް ޕްރޮގްރާމެއް 2022 ވަނަ އަހަރު އިއުލާންކުރައްވާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 28 އޯގަސްޓު 2023 | ހޯމަ 13:55
އަފްޣާނިސްތާން އެއާޕޯޓް

އަފްޣާނިސްތާން އެއާޕޯޓް

އަފްޣާނިސްތާނުގެ ވެރިކަމުގައި ތިބި ތާލިބާން ޖަމާއަތުން، އެގައުމުގެ އަންހެންކުދިންގެ ކިޔެވުން ބަންދުކުރުމަށްފަހު އެންމެ ފަހުން ކިޔެވުމަށް ގައުމުން ބޭރަށް ދިއުންވެސް މަނާކޮށްފިއެވެ. ތާލިބާން ޖަމާއަތުން ފުރަތަމަ އެގައުމުގެ އަންހެންކުދިންގެ ސްކޫލްތަކާއި ކޮލެޖްތައް އަދި ޔުނިވަރސިޓީތައް ބަންދުކުރިއެވެ. ނަމަވެސް ކިޔަވަން ބޭނުންވާ ކުދިންވަނީ އޮންލައިންކޮށާއި އެހެންވެސް ގޮތްގޮތުން ކިޔެވުން ކުރިޔަށް ގެންގޮސްފައެވެ.

އަފްޣާނިސްތާނުގެ އަންހެން ކުދިންގެ ތައުލީމަށް އެޅުނު ހުރަސް ފިލުވައިދިނުމަށް އެހީތެރިވުމުގެގޮތުން ޔޫއޭއީގެ ބިލިއަނަރެއް ކަމަށްވާ ޝައިޚް ޚަލަފް އަހްމަދު އާލް ޚަބްތޫރު ވަނީ އަފްޣާނިސްތާނުގެ އަންހެން ކުދިންނަށް ޚާއްސަ ސްކޮލަރޝިޕް ޕްރޮގްރާމެއް 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހު އިއުލާން ކުރައްވާފައެވެ. އަދި މިހާތަނަށް ސަތޭކަ ކުދިންނަށް މިސްކޮލަރޝިޕް ލިބިފައިވާކަމަށް ވެއެވެ. އަދި ގައުމުން ބޭރަށް ދެވިފައި ތިބި ބައެއް ކުދިން މިހާރު ދުބާއީއަށް ވަނީ ދަތުރުކޮށްފައެވެ.

ނަމަވެސް އަފްޣާނިސްތާނުގައި ތިއްބައި މިފުރުސަތު ލިބުނު ކުދިން ފުރަން ދިއުމުން ވަނީ ސްޓޫޑެންޓް ވިސާގައި އަންހެންކުދިންނަށް ދަތުރު ނުކުރެވޭނެ ކަމަށް ބުނެ އަނބުރައި ފޮނުވާލާފައެވެ. މިގޮތުން އެއްދުވަސް މަތިންވެސް 60 ކުދިން ފޮނުވާލާފައި ވާކަމަށް ވެއެވެ.

އަފްޣާނިސްތާނުގައި ވަނީ އަންހެނުން މަހުރަމަކާނުލައި ދަތުރުކުރުންވެސް މަނާކޮށްފައެވެ. ފުރަން ގޮސް ނުފުރުނު ބައެއް ކުދިން މީޑިއާއަށް މައުލޫމާތު ދީފައިވާގޮތުގައި މަހްރަމުންނާއެކު ފުރަން ގޮސް ބޯޓަށް އަރައި ތިބި ތިން ކުއްޖަކުވެސް ވަނީ ވައިސް އެންޑް ވަރޗޫ މިނިސްޓްރީގެ އޮފިޝަލުން ގޮސް ބޯޓުން ބާލާފައެވެ.

ކިޔަވަން ބޭރަށް ދިއުމަށް މަސައްކަތްކުރާ ގިނަ ކުދިންނަކީ މާލީ ތަނަވަސްކަމެއް ނެތް ކުދިންނެވެ. މިގޮތުން ޑޮކިއުމަންޓް ވެރިފިކޭޝަނަށް ފޮރިން އެފެއާޒް މިނިސްޓްރީން ނަގާ 400 އަފްޣާނީސް ނުވަތަ 5 ޔޫއެސް ޑޮލަރު ދެއްކުމަކީވެސް މިކުދިންނަށް ދަތިކަމެކެވެ.

ކިޔަވަން ފުރަން އުޅުނު ކުދިން އަނބުރާ ފޮނުވާލިކަން ވަނީ ޔުނިވަރިސިޓީ އޮފް ދުބާއީ، އަދި ކުދިންނަށް ސްކޮލަރޝިޕް ދެއްވި އަލް ޚަބްތޫރު ޔަގީން ކޮށްދެއްވާފައެވެ.

މިކަމާ ގުޅިގެން އަލްޚާބްތޫރު ވަނީ ތާލިބާނުގެ ވެރިން ކުށްވެރިކުރައްވައި އިގިރޭސި ބަހުން ޓްވިޓަރއަށް ވީޑިއޯ މެސެޖެއް ދޫކުރައްވާފައެވެ. މިމެސެޖްގައި އޭނާވަނީ އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކަމަށާއި، އަންހެނުންނަށް އެގޮތަށް ފުރުސަތުތައް ބަންދު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މިމެސެޖުގައި، ފުރަންއުޅެ ނުފުރުނު ކުއްޖެއްގެ އާދޭހުގެ ބަސްކޮޅެއްވެސް އޭނާގެ އަޑުން ހިމަނާފައިވެއެވެ. މަހްރަމުންނާއެކު ތިބި ކުދިންވެސް ފުރިޔަނުދިން ކަމަށް ބުނެ އޭނާވަނީ މިކަމުގައި ކުދިންނަށް އެހީ ވުމަށް އެދިވަޑައިގެން މުޅި ދުނިޔެއަށް ގޮވާލައްވާފައެވެ. 

ތާލިބާން ސަރުކާރުން އެންމެ ފަހުން މި އެޅި ފިޔަވަޅާ ގުޅިގެން ރައިޓްސް ގްރޫޕްތަކާއި ޑިޕްލޮމެޓުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަފްޣާނިސްތާނުން އދ.ގައި ކުރިން ހުންނަވާ ޔޫތު ރެޕްރެޒެންޓެޓިވް ވެސް ވަނީ، ކުދިން ދޫކޮށްނުލައި މިކަމުގައި ހިތްވަރުކޮށްދިނުމަށް ޔުނިވަރސިޓީ އޮފް ދުބާއީއަށް ގޮވާލައްވާފައެވެ.

މިކަމާބެހޭ ގޮތުން ތާލިބާން ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ވައިސް އެންޑް ވަރޗޫ މިނިސްޓްރީގެ ތަރުޖަމާނު ބުނެފައިވަނީ، ކުދިން ފުރިޔަނުދިންކަމާއި އަދި ބައެއް ކުދިން ބޯޓުން ބޭލިކަން އެނގިފައި ނުވާކަމަށެވެ. ތާލިބާނުންގެ އިސް ތަރުޖަމާނެއް ކަމަށްވާ ޒަބީހުﷲ މުޖާހިދުވެސް ވަނީ އެއްޗެއް ބުނަން ދެކޮޅުހަދާފައެވެ. އަދި މިވަގުތު ދަތުރެއްގެ މަތީގައި އުޅޭތީ އެއްވެސް މައުލޫމާތެއް ނެތް ކަމަށް ބުނެފައި ވެއެވެ.

އަމިއްލަ ގައުމުގަ ކިޔެވުން ބަންދު ކޮށްލުމުން ކިޔަވަން ބޭރަށް ދާނެ ފުރުސަތެއް ލިބިމެ، ނުދެވުނު ކުދިން ތިބީ އަދިވެސް ކަރުނަ އަޅައަޅައެވެ. ހުވަފެންތައް ހަގީގަތަކަށް ވުމާ އެހާ ގާތަށް ދެވި، އެކަންވެސް ބަންދުވުމުންނެވެ. މީގެ އިތުރުން މީޑިއާއަށް މައުލޫމާތު ދިން ކުދިންނަށް ދޭނެ ހަރުކަށި އަދަބެއް ނޭނގޭތީ އެކުދިންވެސް ތިބީ ބިރުންނެވެ.    

އަފްޣާނިސްތާންއަފްޣާނިސްތާނުގެ އަންހެނުން

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު