Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ސްޕެއިންގެ އަމާޒަކީ އެއްވަނާގައި ދެވަނަ ބުރަށް ދިއުން

ސްޕެއިން މުބާރާތުން ކަޓަން އޮތީ ތަފާތު ބޮޑުކޮށް ބަލިވެގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2022 | ބުރާސްފަތި 15:22
ސްޕެއިން އަދި ކޮސްޓަރިކާ ކުޅުނު މެޗުގެ ތެރެއިން

ސްޕެއިން އަދި ކޮސްޓަރިކާ ކުޅުނު މެޗުގެ ތެރެއިން

ސްޕެއިނަކީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. އެންމެ ބޮޑު އެއް ލީގު އޮތީވެސް އެ ގައުމުގައެވެ. ސްޕެއިނަށް ކުޅެން ދާން ބޭނުންވާ އެތައް ކުޅުންތެރިންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. އެމީހުންގެ ކުޅުމުގެ ސްޓައިލް ކޮޕީކޮށް، އެގޮތަށް ޓިކިޓަކާ ކުޅެން މަސައްކަތް ކުރާ އެތައް ގައުމަކާއި ޓީމެއް ދުނިޔޭގައި އެބަ އޮތެވެ. ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕެއިނާ ދެކޮޅަށް ނުކުންނަ ޖަޕާނަކީ މިފަދަ ގައުމެކެވެ. އެމީހުންގެ ސްޓައިލަކީވެސް ސްޕެއިންގެ ސްޓައިލެވެ.

މި މެޗަށް ނުކުންނައިރު ސްޕެއިން އޮތީ ހަތަރު ޕޮއިންޓާއެކު ޓޭބަލުގެ ކުރީގައެވެ. ޖަޕާން އޮތީ ތިން ޕޮއިންޓާއެކުއެވެ. މިހެންވެ ސްޕެއިން މުބާރާތުން ކަޓަން އޮތީ ތަފާތު ބޮޑުކޮށް ބަލިވެގެންނެވެ. ޕޮއިންޓަކުން އެމީހުންނަށް ފުއްދާލެވޭނެއެވެ. ދެވަނަ ބުރަށް ދިއުމަށް ސްޕެއިނަށް ލިބިފައިވާ އެންމެ ބޮޑު އެޑްވާންޓޭޖަކީ މުބާރާތުގެ ފުރަތަމަ މެޗުގައި ކޮސްޓަރިކާ ކޮޅަށް ޖެހި ހަތް ގޯލެވެ.

ނަމަވެސް މި މެޗުގައި ގޯލެއް ޖަހައި މޮޅަށް ކުޅުނު 18 އަހަރުގެ މިޑްފީލްޑަރު ޕަބްލޯ ގަވީއަށް މިރޭގެ މެޗުގައި ކުޅެވޭނެކަން ޔަގީނެއްނޫނެވެ. އޭނާއަށް ވަނީ ހާނީއްކަވެފައެވެ. މީގެ އިތުރުން ކެޕްޓަން ސާޖިއޯ ބުސްކެޓްއަށް މި މެޗުގައި ކާޑެއް ދައްކައިފިނަމަ ދެވަނަ ބުރަށް އޭނާ ސަސްޕެންޑްވާނެއެވެ. މިހެންވެއްޖެނަމަ މިއީ ހައްލުކުރަން ދަތި މައްސަލައަކަށްވެސް ވާނެއެވެ. ކޯޗު ލުއިސް އެންރީކޭ ބުނީ، ކަންކަން މިގޮތަށް ހުއްޓަސް ޖަޕާނާ ދެކޮޅަށް އެއްވެސް ރިސްކެއް ނަގަން އޭނާ ބޭނުންނުވާ ކަމަށެވެ. މެޗަށް ނެރޭނީ މިވަގުތަށް ނެގެން އޮތް އެންމެ މޮޅު ޓީމުކަމަށާއި ބުސްކެޓްސްވެސް ފުރަތަމަ 11ގައި ހުންނާނެ ކަމަށެވެ.

ކޯޗު ލުއިސް އެންރީކޭ ކުޅުވަނީ 4-3-3 ފޯމޭޝަނަށެވެ. މި ފޯމޭޝަނުގައި އޭނާ އިސްކަންދެނީ އިދިކޮޅު ޓީމުގެ ހާފުތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެވޭނެ ކުޅުންތެރިންނަށެވެ. ކީޕަރު ވާންޖެހޭނީ ޓީމުގެ ފޯވަޑުންނަށްވެސް އެހީތެރިވެދޭ ކުޅުންތެރިއަކަށެވެ. މިއީ އެންރީކޭގެ ފިލޯސަފީއެވެ. މި ފިލޯސަފީއަކީ ސްޕޭނުގެ ބާސެލޯނާގެވެސް ފިލޯސަފީއެވެ. އެންރީކޭ އެ ޓީމަށް ކުޅެ، ފަހުން ކެޕްޓަންކަންކޮށް، އޭގެ ފަހުން ބާސެލޯނާގެ ކޯޗުކަންވެސް ކޮށްފައިވާ މީހަކަށްވުމުން މި ސްޓައިލަށް ސްޕެއިން ފެއްތުމަށް ބާސެލޯނާގެ ގިނަ ކުޅުންތެރިންތަކެއްވެސް އޭނާގެ ސްކޮޑުގައި އެބަ ތިއްބެވެ. މިއީ ބާސެލޯނާއަށް އިސްކަންދިނުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް ދުރުތިބީން ހީކުރެއެވެ. އަދި ބާސެލޯނާގެ ކުޅުންތެރިންނަށް ފުރަތަމަ 11ން ފަސޭހައިން ޖާގަ ލިބޭ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް އެންރީކޭ ވަނީ ރައްދުދީފައެވެ. އޭނާ ބުނީ މިއީ ބަޔަކު ގަސްތުގައި ބާސެލޯނާގެ ކުޅުންތެރިންނާ ދެކޮޅަށް ކުރާ ކެމްޕޭނެއް ކަމަށާއި، 2008ން ފެށިގެން ސްޕޭންގެ ސްޓައިލާއި ބާސެލޯނާގެ ސްޓައިލަކީ އެކައްޗެއް ކަމަށެވެ. އަދި ޔޫރޯ ދެ ފަހަރު ހޯދައި ވޯލްޑް ކަޕް 2010 ހޯދީވެސް ބާސެލޯނާގެ ގިނަ ކުޅުންތެރިން ތިބެ އެމީހުންގެ ފިލޯސަފީއާއެކު ކަމަށެވެ.

މިހެންވެ މިއީ ދުނިޔެ ބަލައިގެންފައިވާ އަދި ދުނިޔޭގެ ގިނަ ބަޔަކު އެކަން ކޮޕީކުރަން މަސައްކަތްކުރާ ސްޓައިލަކަށްވާތީ، މިއީ ކޮންމެހެން މިހާރު ދައްކަންޖެހޭ ވާހަކައެއްވެސް ނޫން ކަމަށް އޭނާ ބުންޏެވެ. މިފަދަ ވާހަކަތައް އެކި ރާގުރާގަށް ދައްކައި ހަދަނީ ކުރާނެ ކަމެއް ނެތް، އަދި މާބޮޑު ވިސްނުމެއް ނެތް ބަޔަކު ކަމަށް ވެސް އެންރީކާ ސިފަކުރެއެވެ. ހަގީގަތުގައިވެސް ސްޕެއިންގެ ފިލޯސަފީއަކީ އެންމެނަށް އެނގޭ އެއްޗެކެވެ. އެމީހުން ކުޅެނީ ކޮންކަހަލަ ފުޓްބޯޅައެއްކަމާއި އެމީހުން ކުރާނެ ކަންކަން ވަރަށް ސާފެވެ. އެކަމަކު އެމީހުން އަތުން ބޯޅަ އަތުލައި މެޗަށް ގަދަވެގަތުމަކީ އިދިކޮޅު ޓީމުތަކަށް މިހާތަނަށް ކުރެވިފައިވާ ކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ ދައުރުގައި ނިމުނީ 39.4 އިންސައްތަ މަސައްކަތް

ދެވަނަ ދައުރުގައި ނިމުނީ 39.4 އިންސައްތަ މަސައްކަތް

13 ޖުލައި 2021
ކޮވިޑާއެކު ދެވަނަ ރަމަޟާން މަސް، ނުރައްކަލުގެ ރަނގަބީލަށް ބެލުމެއް ނެތް

ކޮވިޑާއެކު ދެވަނަ ރަމަޟާން މަސް، ނުރައްކަލުގެ ރަނގަބީލަށް ބެލުމެއް ނެތް

10 މެއި 2021
ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވޭނަކަށް، ދިގު ކިއުތަކަށް ހައްލެއް ނެތް!

ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ވޭނަކަށް، ދިގު ކިއުތަކަށް ހައްލެއް ނެތް!

18 އެޕްރީލު 2021
ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ދެވަނަ ފަހަރަށް ފާސްކޮށްފި، ދެންވާނީ ކިހިނެއް؟

ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ދެވަނަ ފަހަރަށް ފާސްކޮށްފި، ދެންވާނީ ކިހިނެއް؟

14 ޖެނުއަރީ 2021
ދެވަނަ ބޮޑު ހަނގުރާމައިގައި އިއްތިހާދުން ކާމިޔާބު ހޯދުމުގައި ރާއްޖެއިން ހިތާރޫހުން ވީ ގުރުބާނީ ރައީސް ރޫޒްވެލްޓް ފާހަގަ ކުރެއްވި

ދެވަނަ ބޮޑު ހަނގުރާމައިގައި އިއްތިހާދުން ކާމިޔާބު ހޯދުމުގައި ރާއްޖެއިން ހިތާރޫހުން ވީ ގުރުބާނީ ރައީސް ރޫޒްވެލްޓް ފާހަގަ ކުރެއްވި

18 ޖުލައި 2020

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު