Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓައިގާ ޒިންދާހޭ

ޓައިގާ ޒިންދާހޭގެ ގިނަ ޝޯތަކެއް ހައުސް ފުލްވެއްޖެ

"ޓައިގާ ޒިންދާހޭ" ސިނަމާތަކަށް އަންނާނީ މިމަހުގެ 22 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2017 | އަންގާރަ 05:35
ޓައިގާ ޒިންދާހޭ ގެ ޕޯސްޓަރ

ޓައިގާ ޒިންދާހޭ ގެ ޕޯސްޓަރ

ސަލްމާން ޚާނާއި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ ޓައިގާ ޒިންދާހޭ އަށް ބޮޑުތަރުހީބެއް ލިބޭނެކަމަށް ބެލެވެން ފަށައިފިއެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެޑްވާންސް ބުކިން ހެދުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ޝޯތަކެއްގެ ހައުސް ފުލްވެފައިވާކަމަށެވެ. މިއީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މި މަހުގެ 22 ގަ އެވެ.

މި ފިލްމުގެ ބައެއް ލަވަތަކާއި ޓްރެއިލާއަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެހެން ކަމުން މި އަހަރު ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެއް ފިލްމަށް މި ފިލްމު ވެދާނެކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޓައިގާ ޒިންދާހޭއަކީ 2012 ގައި ސަލްމާނާއި ކެޓްރީނާ ކުޅުނު ފިލްމް އޭކް ތަ ޓައިގާ ގެ ދެވަނަ ބައެވެ.. އެ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ކަބީރް ޚާނެވެ. އެ ފިލްމަށް ވަނީ 325 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެ ފިލްމަށް 75 ކުރޯޑް ރުޕީސް ހަރަދުކޮށްފައި ވެއެވެ.

ޓައިގާ ޒިންދާހޭގެ ފުރަތަމަ ލަވަ މިހާރު ވަނީ ރިލީޒް ކޮށްފައެވެ. އެ ލަވައިން ފެނިގެން ދަނީ ސަލްމާން ހާން ލޯބި ގޮތަކަށް ކެޓްރީނާ އަށް ލޯބި ހުށަހަޅާ މަންޒަރެވެ. އެގޮތުން އޮސްޓްރިއާގެ ގަނޑުވެފައިވާ ކޯރެއްގައި ސަލްމާން ކެޓްރީނާގެ ފޮޓޯއެއް ތަފާތުއެކި ކުލަތައް ބޭނުން ކޮށްގެން ކުރަހާ މަންޒަރު ފެނިގެންދެއެވެ. ކެޓްރީނާ އަށް ލޯބި ހުށަހަޅާ ކެޓްރީނާ ރުއްސުމަށް ސަލްމާން މަސައްކަތް ކުރާ މަންޒަރު ލަވައިން ފެނިގެންދެއެވެ.

ސަލްމާންހާން މި ފިލްމުގައި ފެނިގެން ދާނީ ކުރީގެ ފިލްމުގައި ވެސް ފެނިގެން ދިޔަ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯގައި މަސައްކަތްކުރާ އެޖެންޓެއްގެ ގޮތުގައެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތްކުރާ ސްޕައި އެޖެންޓެއްގެ ރޯލުންނެވެ. މި ފިލްމަކީ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

10 މާރިޗު 2017
ޓައިގާ ޝްރޮފަކީ އަންހެން ދުޅައިގެ މީހެއްތަ؟

ޓައިގާ ޝްރޮފަކީ އަންހެން ދުޅައިގެ މީހެއްތަ؟

05 މާރިޗު 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް

ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް

13 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު