Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފުކްރޭ ރިޓާންސް

ފުކްރޭ ރިޓާންސް: ދެވަނަ ހަފްތާގައިވެސް ކާމިޔާބުވާނެ

19 ޑިސެމްބަރު 2017 | އަންގާރަ 03:05

މިފިލްމު އަޅުވާފައިވަނީ ޑިސެމްބަރ 15 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 ޑިސެމްބަރު 2017 | އަންގާރަ 03:05
ފުކްރޭ ރިޓާންސްގެ ޕޯސްޓަރ

ފުކްރޭ ރިޓާންސްގެ ޕޯސްޓަރ

މިމަހުގެ 15 ވަނަ ދުވަހު ނިކުތް ފުކްރޭ ރިޓާންސްއަށް މިހާތަނަށް ބޮކްސް އޮފީހުގައި ކާމިޔާބެވެ. މި ފިލްމަށް މިހާތަނަށް ލިބިފައިވަނީ 66.11 ކުރޯޑް އިންޑިއަން ރުޕީސްއެވެ. އަންނަ ހަފްތާގައި މި ފިލްމަށް ލިބޭ ތަރުހީބު ބޮޑުވާނެކަމަށް ލަފާ ކުރެވޭއިރު އެނަލިސްޓުން ބުނަމުންދަނީ މި ފިލްމަށް ފައިދާ ނެގޭނީ މިއަންނަ ހަފްތާ އެކަނި ކަމަށެވެ. ސަބަބަކީ މިމަހުގެ 22 ވަނަ ދުވަހު ސިނަމާތަކަށް އަންނަ ޓައިގާ ޒިންދާހޭ އެޅުވުމުން ފުކްރޭ ރިޓާންސްއަށް ލިބޭނެ ތަރުހީބު ކުޑަވެގެން ދާނެ ކަމަށް ބެލެވޭތީ އެވެ.

މުރިގްދީޕް ސިންހް ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ޕުލްކިތު ސަމްރާޓް، ވަރުން ޝަރްމާ، އަލީ ފަޒާލް، މަންޖޯތު ސިންގް އަދި ރިޗާ ޗައްޑާ ހިމެނެއެވެ.

މީގެ އިތުރުން މި ފިލްމްގައި ޕްރިޔާ އާނަންދް އާއި ވިޝާކާ ސިންގްގެ އިތުރުން ޕަންކަޖް ތްރިޕާތީގެ އެކްޓިން މިފިލްމުން ފެނިގެން ދެއެވެ.

ސަމްރާޓް އާއި ވަރުން ޝަރްމާ ފެނިގެންދަނީ ވަރަށް ގާތް ދެ ރަހުމަތްތެރިންގެ ރޯލުންނެވެ. އަލީ ފަޒާލް ފެނިގެންދަނީ މިއުޒީޝަނެއްގެ ރޯލުންނެވެ. މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ފަރްހާން އަޚްތަރު އަދި ރިތޭޝް ސިދްވާނީއެވެ.

ފުކްރޭ ރިޓާންސްއަކީ 28 ކުރޯޑް އިންޑިއަން ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. އެހެން ކަމުން މި ފިލްމު އުފައްދަން ދިޔަ ޚަރަދަށް ވުރެ އިތުރަށް މިހާރު ވަނީ ފައިދާވެފައެވެ.

ފުކްރޭ ރިޓާންސްއަށް ތަރުހީބު ލިބެން ފެށުމުން ފިލްމުގެ އެކްޓަރ ރިޗާ ޗައްޑާ ބުނެފައިވަނީ ފިލްމު މިހާރު އޮތް ލެވެލްގައި އޭނާ ހިތްހަމަޖެހޭކަމަށާއި އެހެން ނަމަވެސް އަދިވެސް އިތުރަށް ކާމިޔާބީއަށް އެދޭ ކަމަށެވެ. އިންޑިއާގެ ދިއްލީގައާއި މުމްބާއި އަދި ޕަންޖާބީގައި މި ފިލްމުގެ މަގުބޫލުކަން ހައިރާންވާ ވަރަށް ބޮޑުކަމަށް ރިޗާ ބުންޏެވެ. އޭނާ ބުނީ މި ފިލްމު ކާމިޔާބުވުމުން އޭގެއިން އެނގެނީ ހެއްވާ މަޖާ ފިލްމުތައް އޯޑިއެންސް ބަލައިގަންނަ ކަމެވެ.

ފުކްރޭ ރިޓާންސްގެ ފުރަތަމަ ބައި ފުކްރޭ ނެރެފައިވަނީ 2013 ވަނަ އަހަރުގައެވެ. ކުޑަ ބަޖެޓަކުން އުފެއްދި ފުރަތަމަ ފިލްމަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ވެއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

21 ޖޫން 2017

ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް މިއަދު ނެރެނީ

21 ޖޫން 2017
ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް މިއަދު ނެރެނީ
25 މެއި 2017

ޓޮމް ކުރޫޒް: "ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅެނީ

25 މެއި 2017
ޓޮމް ކުރޫޒް: "ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅެނީ
22 މެއި 2017

"މާމާ މިއާ" ގެ ދެވަނަ ބައި ނެރެނީ

22 މެއި 2017
"މާމާ މިއާ" ގެ ދެވަނަ ބައި ނެރެނީ
13 މެއި 2017

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން
10 މެއި 2017

"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނެރެނީ

10 މެއި 2017
"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނެރެނީ
29 އެޕްރީލު 2017

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

29 އެޕްރީލު 2017
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ
25 އެޕްރީލު 2017

"ޑެޑް ޕޫލް"ގެ ދެވަނަ ބައި ނެރެނީ

25 އެޕްރީލު 2017
"ޑެޑް ޕޫލް"ގެ ދެވަނަ ބައި ނެރެނީ
12 މާރިޗު 2017

ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

12 މާރިޗު 2017
ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
08 ޖެނުއަރީ 2017

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް