Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ބާސާ ނުހުއްޓުވުނު، އެޓްލެޓިކޯ ދެވަނަ އަށް ޖެހިލައިފި

18 ޑިސެމްބަރު 2017 | ހޯމަ 04:24

އެޓްލެޓިކޯ މެޑްރިޑް ވެސް ވަނީ އަމިއްލަ ދަނޑުގައި 1-0ގެ ނަތީޖާއަކުން އަލަވޭސް ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 18 ޑިސެމްބަރު 2017 | ހޯމަ 04:24
ޕައުލީނިއޯ އަދި ސުއަރޭޒް - މި މެޗުގައި މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހާފައި

ޕައުލީނިއޯ އަދި ސުއަރޭޒް - މި މެޗުގައި މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހާފައި

ސްޕެނިޝް ލަލީގާގައި ބާސެލޯނާ ކުޅުނު މެޗުން އެ ޓީމު އަނެއްކާވެސް މޮޅުވިއިރު އެޓްލެޓިކޯ މެޑްރިޑް ކުޅުނު މެޗުން އެ ޓީމު ވެސް މޮޅުވެ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ޑިޕޯޓިވޯއާ ދެކޮޅަށް ކުޅުނު މެޗުން ބާސާ މޮޅުވެފައިވަނީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ބާސާއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޑިޕޯޓިވޯގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ޑިޕޯޓިވޯއިން ވެސް ވަނީ ކައުންޓާގައި ބާސާގެ ގޯލާއި އަމާޒުވާ ގޮތަށް ހަމަލާތަކެއް ފޮނުވާލާފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ބާސާއިން ޖެހީ މެޗުގެ 29 ވަނަ މިނެޓުގައެވެ. މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން މުޅިން ހުހަށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ބާސާގެ ފުރަތަމަ ލަނޑު ޖަހައިދިނީ ލުއިސް ސުއަރޭޒްއެވެ. ބާސާގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯއެވެ. މި ލަނޑަކީ މެސީ ފޮނުވާލި ހަމަލާއެއް ޑިޕޯޓިވޯގެ ގޯލުގެ ދަނޑީގައި ޖެހުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައުމުން ރީބައުންސްގައި އޭނާ ޖެހި ލަނޑެކެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފު ފެށިގެން ދެ މިނެޓު ނުވަނީސް މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު މެޗުގެ 47 ވަނަ މިނެޓުގައި ސާޖީ ރޮބާޓޯގެ އެހީތެރިކަމާއެކު އެ ޓީމަށް ޖަހައިދިނީ ވެސް ސުއަރޭޒްއެވެ.

މި ލަނޑަށް ފަހުވެސް ބާސާއިން ވަނީ އިތުރު ލަނޑުތަކެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ. އެ ޓީމުން ފުލުފުލުގައި އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 70 ވަނަ މިނެޓުގައި ލީޑު ފުޅާކުރުމަށް ޕެނަލްޓީއެއް ލިބިގެންދިޔުމެވެ. އެހެން ނަމަވެސް މެސީ ފޮނުވާލި ޕެނަލްޓީ ޑިޕޯޓިވޯގެ ކީޕަރު ދިފާއުކުރިއެވެ. އޭގެ ފަސް މިނެޓު ފަހުން ޕައުލީނިއޯ ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހައި ބާސާގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މި މެޗުގައި ބާސާއިން ފޮނުވާލި ފަސް ހަމަލާއެއް ޑިޕޯޓިވޯގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ. ހަމައެހެންމެ މުޅި ސީޒަނަށް ބަލަލާއިރު ބާސާއިން ފޮނުވާލި 19 ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު މިއީ ޔޫރަޕުގެ ރެކޯޑެކެވެ. މި މެޗުގެ ކުރިން މެސީ ވަނީ މިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައިގެން އޭނާއަށް ލިބުނު ރަން ބޫޓު ދައްކާލާފައެވެ.

އެޓްލެޓިކޯ މެޑްރިޑް ވެސް ވަނީ އަމިއްލަ ދަނޑުގައި 1-0ގެ ނަތީޖާއަކުން އަލަވޭސް ބަލިކޮށް ލަލީގާގެ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. މި މެޗުގައި އެޓްލެޓިކޯއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ފެނާންޑޯ ޓޮރޭޒްއެވެ.

ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 42 ޕޮއިންޓާއެކު ބާސާއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބޭއިރު ދެވަނައިގައި 36 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯއެވެ. ހަމައެހެންމެ ތިންވަނައިގައި 34 ޕޮއިންޓާއެކު ވެލެންސިއާ އޮތްއިރު ހަތަރު ވަނައިގައި 31 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑްއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް