Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ - ސަޢޫދީ

އެންމެ އަގު ބޮޑު ގެ ގަތުމުގެ ފަހަތުގައި ރާއްޖޭގައި ހުންނަވާ ސަޢޫދީ ސަފީރު!

17 ޑިސެމްބަރު 2017 | އާދީއްތަ 03:20

ގެ ގަތް ކުންފުންޏަކީ ސައޫދީ ވަލީޢަޙުދުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކުންފުންޏެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 17 ޑިސެމްބަރު 2017 | އާދީއްތަ 03:20
ރާއްޖޭގައި ހުންނަވާ ސަޢޫދީ ސަފީރުގެ ހިއްސާ އޮންނަ ކުންފުންޏަކުން ގަތް ފަރަންސޭސީވިލާތުގެ ގެ

ރާއްޖޭގައި ހުންނަވާ ސަޢޫދީ ސަފީރުގެ ހިއްސާ އޮންނަ ކުންފުންޏަކުން ގަތް ފަރަންސޭސީވިލާތުގެ ގެ

2015ވަނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލި ފަރަންސޭސީ ވިލާތުގެ ގެއެއް ގަތުމުގެ ފަހަތުގައިވާ ކުންފުންޏެއްގެ އެއް ހިއްސާދާރަކީ ރާއްޖެއަށް ސަޢޫދީއިން ކަނޑައަޅާފައިވާ ސަފީރު ބަދްރް އަލީ އަހްމަދު އަލް ކަހާއިލްކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެފިއެވެ.

ސަފީރާއި އަދި އެހެން ބައެއް ފަރާތްތަކުގެ ހިއްސާ އެކުންފުނީގައި އޮތްނަމަވެސް، އެކުންފުންޏަކީ ސީދާ ސަޢޫދީ ވަލީ ޢަޙުދު، އަމީރު މުހައްމަދު ބިން ސަލްމާންގެ ބާރު ހިނގާ ކުންފުންޏެއް ކަމަށް ނިއުޔޯކް ޓައިމްސްގައިވެއެވެ. މި މައުލޫމާތު ހާމަވެފައިވަނީ ދާދި ފަހުން ލީކުވި 'ޕެރެޑައިސް ޕޭޕަރސް'އިންނެވެ. މިއީ ބާމިއުޑާގައި ރަޖިސްޓްރީކޮށްފައިވާ ލޯ ފަރމެއްކަމަށްވާ އެޕަލްބީސްގެ ޑޮކިއުމެންޓްތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ތަކެކެވެ.

ސައުދީ އަރަބިއްޔާގެ ސަފީރު، ރައީސް ޔާމީނާ ބައްދަލުކުރައްވަނީ

އެމެރިކާގެ ނިއުޔޯކް ޓައިމްސްގައި ވާ ގޮތުން 57 އޭކަރުގެ ބިމެއްގައި ހުރި މި ގެ ގަނެފައިވަނީ، ގަތީ ކާކުކަން ނޭނގޭ ގޮތަށް ވަރަށް ސިއްރުންނެވެ. އެގޮތުން މި ގެ ގަނެފައިވަނީ ފަރަންސޭސީވިލާތުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ކުންފުންޏަކުންނެވެ. އެ ދެ ކުންފުނީގެ ބެލެނިވެރި ކުންފުންޏަކީ ލަގްޒެމްބަރގްގައި ހިންގާ ކުންފުންޏެކެވެ. އަދި ލަގްޒެމްބަރގްގައި ހިންގާ ކުންފުނީގެ ބެލެނިވެރި ކުންފުންޏަކީ ސަޢޫދީގައި ހިންގާ އެއިޓް އިންވެސްޓްމަންޓް ކޮމްޕެނީ ކިޔާ ކުންފުންޏެކެވެ.

ނިއުޔޯކް ޓައިމްސް ބުނާ ގޮތުން، އެއިޓް އިންވެސްޓްމަންޓް ކޮމްޕެނީގެ 3 ޝެއަރހޯލްޑަރުންނަކީ، މުހައްމަދު ބިން ސަލްމާންގެ އަމިއްލަ ފައުންޑޭޝަންގެ ކަންކަން ބަލަހައްޓަވާ ބަދްރު އަލް އަސްކަރު، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒްގެ އަމިއްލަ ކަންކަން ބަލަހައްޓަވާ އިސް ވެރިޔާ ހާޒިމް މުސްތަފާ ޒަގްޒޫގް އަދި ސަޢޫދީއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ބަދްރް އަލީ ކަހާއިލްއެވެ.

ނިއުޔޯކް ޓައިމްސްގައި ވާގޮތުން އެއިޓް އިންވެސްޓްމަންޓް ކޮމްޕެނީއަކީ ސަޢޫދީ ވަލީޢަޙުދު މުހައްމަދު ބިން ސަލްމާން ސިއްރިޔާތުގައި ކުރައްވާ ވިޔަފާރިތަކަށް ބޭނުންކުރައްވާ ކުންފުންޏެކެވެ. އެގޮތުން އެމަނިކުފާނު ސަޢޫދީގެ ވަލީޢަޙުދަކަށް ހަމަޖެއްސެވިއިރު ޗުއްޓީ ހޭދަކުރައްވަމުން ގެންދެވި ޔޮޓެއްވެސް 500 މިލިއަނެއްހާ ޑޮލަރަށް ބައްލަވައިގަތުމުގައި ބޭނުންކުރެއްވީ އެއިޓް އިންވެސްޓްމަންޓް ކޮމްޕެނީއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް