Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޮެޕެރޫ-ކޮރަޕްޝަން

ކޮރަޕްޝަންގެ ތުހުމަތުގައި ޕެރޫގެ ރައީސް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައިފި

ޕެރޫގެ ރައީސް ކުޒިންސްކީ މަގާމުން ވަކި ކުރުމުގެ މައްސަލައިގެ ބަހުސް މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2017 | ހޮނިހިރު 23:20
ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ޕެރޫގެ ރައީސް ޕެޑްރޯ ޕަބްލޯ ކުޒިންސްކީ

ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ޕެރޫގެ ރައީސް ޕެޑްރޯ ޕަބްލޯ ކުޒިންސްކީ

ކޮރަޕްޝަންގެ ބޮޑު މައްސަލައެއްގެ ތުހުމަތާއި ގުޅިގެން ޕެރޫގެ ރައީސް ޕެޑްރޯ ޕަބްލޯ ކުޒިންސްކީ މަގާމުން ދުރުކުރުމުގެ މަސައްކަތް އެގައުމުގެ ކޮންގްރެސް އިން ފަށައިފި އެވެ.

ޕެރޫގެ ކޮންގްރެސްގެ މެމްބަރުން ވަނީ، ރައީސް ކުޒިންސްކީ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ގަރާރު ފާސްކޮށްފައެވެ.

ހުކުރު ދުވަހު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި، ކުޒިންސްކީ އެމަގާމުން ވަކި ކުރުމުގެ މައްސަލައިގެ ބަހުސް ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހުށަހެޅި ހުށަހެޅުން ފާސްވީ 93 ވޯޓާއިއެކުގައެވެ. އެހުށަހެޅުމާއި ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 17 މެމްބަރުންނެވެ.

ޕެރޫގެ ގާނޫނު އަސާސީ ބުނާ ގޮތުން، ރައީސަކު މަގާމުން ވަކި ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވެއެވެ. އެހެންކަމުން ކުޒިންސްކީ އެމަގާމުން ވަކި ކުރުމަށް ނަގާ ވޯޓުގައި 130 މެމްބަރުންގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ 87 މެމްބަރުންގެ ވޯޓު ހޯދަން ޖެހެއެވެ.

ކުޒިންސްކީ މަގާމުން ވަކި ކުރުމަށް ގާނޫނު ހަދާ މަޖިލީހުގައި ވޯޓު ނެގުމުގެ ކުރިން، މިމައްސަލާގައި ގާނޫނު ހަދާ މަޖިލީހަށް ޖަވާބުދާރީވުމަށް ބާއްވާ ޖަލްސާ އަށް އޭނާ ހާޒިރުވާން ޖެހެއެވެ.

ކުޒިންސްކީގެ މައްޗަށް ކުރެވިފައިވަނީ، ބްރެޒިލްގައި ކޮންސްޓްރަކްޝަންގެ ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށްވާ އޮޑެބްރޭޗް އާއިއެކު ގާނޫނާއި ޚިލާފަށް، ސިއްރުން ފައިސާގެ މުއާމަލާތްތަކެއް ހިންގުމުގެ ތުހުމަތެވެ.

މިމައްސަލަ ފަޅާއަރާފައިވަނީ، 12 ގައުމަކުން އިމާރާތް ކުރުމުގެ ސިނާއަތާއި ގުޅުންހުރި ކޮންޓްރެކްޓްތައް ހޯދުމަށް ރިޝްވަތުގެ ގޮތުގައި 788 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަދަދެއް ޚަރަދުކޮށްފައިވާ ކަމަށް އޮޑެބްރޭޗް އިން އެއްބަސްވުމާއި ގުޅިގެންނެވެ. ޕެރޫގެ އިތުރުން އެކުންފުނިން ރިޝްވަތު ދީފައިވާ ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރޭގައި އާޖެންޓީނާ، މެކްސިކޯ އަދި ވެނެޒުއޭލާ ހިމެނެއެވެ.

މިމައްސަލައާއި ގުޅިގެން ކުޒިންސްކީ ވަކި ކުރުމަށް ޕެރޫގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޕާޓީތައް ގުޅިގެން ހުށަހެޅި ހުށަހެޅުމުގައި ވަނީ، އޮޑެބްރޭޗް އާދެމެދު އޮތް ގުޅުމާއި ބެހޭ ގޮތުން ޕެރޫގެ ރައްޔިތުންނަށް ކުޒިންސްކީ އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އަދި ޕެރޫގެ ރައީސްގެ މަގާމުގައި ހުންނެވުމުގެ ގާނޫނީ ހައިސިއްޔަތު ކުޒިންސްކީ އަށް ގެއްލިވަޑައިގެންފައިވާ ކަމަށް އެހުށަހެޅުމުގައިވެއެވެ.

ކުޒިންސްކީ ވަނީ ގާނޫނާއި ޚިލާފަށް ފައިސާ ހޯއްދަވާފައިވާ ނުވާނެ ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ. އެހެންނަމަވެސް، އޮޑެބްރޭޗް ކުންފުންޏަށް ޚިދުމަތެއްގެ ގޮތުގައި ލަފާ ދީފައިވާނޭ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

ޓީވީ މެދުވެރިކޮށް ބުރާސްފަތި ދުވަހު ދިން ޚިތާބެއްގައި ކުޒިންސްކި ވަނީ، އޭނާ ނުފިއްލަވާނެ ކަމަށާއި، ފިއްލަވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ކުޒިންސްކީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ފެންމަތިވެފައިވަނީ، ކުޒިންސްކީގެ ކުންފުންޏެއް ކަމަށްވާ ވެސްޓްފީލްޑް ކެޕިޓަލް ލިމިޓެޑަށް އޮޑެބްރޭޗް އިން 782 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާކަން ޕެރޫގެ ނޫހެއް ކަމަށްވާ އެލް ކޮމާސިއޯ އިން ފަޅާއަރުވާލުމާއި ގުޅިގެންނެވެ.

ވޯލްޑް ބޭންކްގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ކުޒިންސްކީ ވަނީ، އޭނާގެ ކުންފުނި ވެސްޓްފީލްޑް ކެޕިޓަލް ލިމިޓެޑް ހިންގުމުގައި އޭނާގެ ދައުރެއް ނެތް ކަމަށް ވިދާޅުވެ، އޭނާގެ މާލީ ބަޔާންތައް ހުށަހެޅުމަށް ވައުދުވެވަޑައިގެންފައެވެ.

އޮޑެބްރޭޗް އާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލާގައި އެކުންފުނީގެ ކުރީގެ ރައީސް މާސެލޯ އޮޑެބްރޭޗް މިހާރު ދަނީ، ބްރެޒިލްގައި 19 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ކުޒިންސްކީ އަކީ އޮޑެބްރޭޗް އާއި ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލާގައި ބައިވެރިވެފައިވާކަން ފަޅާއެރި ލެޓިން އެމެރިކާގެ ދެވަނަ ލީޑަރެވެ. އޮޑެބްރޭޗް އިން ރިޝްވަތުގެ ގޮތުގައި 13.5 މިލިއަން އެމެރިކާ ޑޮލަރު ނެންގެވިކަން ސާބިތުވުމާއި ގުޅިގެން އީކުއޭޑޯގެ ނައިބު ރައީސް ޖޯޖް ގްލަސް ހަ އަހަރަށް ޖަލަށްލުމަށް މިދިޔަ ބުދަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި

ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި

31 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު