Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޒްލީން އަހުމަދު

ވަކި ފިކުރަކަށް ބުރަވެ ތިބެ ރާއްޖޭގެ ދާޚިލީ ސިޔާސަތު ބޭރުގެ ފަރާތްތަކާ ހިއްސާކުރުމަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރުއަރާނެ ކަމެއް: ހޯމް މިނިސްޓަރު

16 ޑިސެމްބަރު 2017 | ހޮނިހިރު 10:35

ނިންމުމުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮތް ގުޅުމަކަށް ބުރުއަރާނެ ކަމަކަށް ގަބޫލެއް ނުކުރަން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 16 ޑިސެމްބަރު 2017 | ހޮނިހިރު 10:35
ހޯމް މިނިސްޓަރު އަޒްލީން އަހުމަދު

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު

ވަކި ފިކުރަކަށް ބުރަވެ ތިބެ ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ދާހިލީ ސިޔާސަތު ބޭރުގެ ފަރާތްތަކާ ކައުންސިލްތަކުން ހިއްސާ ކުރުމަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރުއަރާނެ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްކަން ވެސް ކުރައްވާ ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ އެލްޖީއޭގެ ހާއްސަ ހުއްދައެއް ނެތި ކައުންސިލްތަކުން ބޭރުގެ ފަރާތްތަކާ ބައްދަލު ނުކުރެވޭ ގޮތަށް ހެދުމުގެ ބޭނުމަކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުގެ ނުފޫޒު ފޯރުވިޔަ ނުދިނުން ކަމަށެވެ.

އަޒްލީން ވިދާޅުވީ އެކި ކަންކަމާ ގުޅޭ ގޮތުން ރާއްޖެއިން ދެކޭ ގޮތް ނުވަތަ ސިޔާސަތުތައް ރަސްމީކޮށް ބޭރުގެ ފަރާތްތަކާ ހިއްސާ ކުރާނީ ސަރުކާރުން ކަމަށެވެ. އެކަން ކައުންސިލަރުން ކުރަންވެއްޖެ ނަމަ، ބޭރުގެ ގައުމުތަކާ އެކު ރާއްޖެއިން ބާއްވާން ގުޅުންތަކަށް ބުރޫއަރާފާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބޭރުގެ ގައުމުތަކާ އެކު ރާއްޖޭގެ ބާއްވާ ގުޅުން ނުވަތަ ރާއްޖޭގެ ހާރިޖީ ސިޔާސަތު އެއް ހަމައެއްގައި ގެންގުޅެވޭނީ ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ބޭރުގެ ފަރާތްތަކާ ކަންކަން ހިއްސާ ކުރުމުން ކަމަށެވެ.

މިނިސްޓަރު އަޒްލީން ވިދާޅުވީ ހާއްސަ ހުއްދައެއްގެ ދަށުން ކައުންސިލްތަކުން ބޭރުގެ ފަރާތްތަކާ ބައްދަލު ކުރަން ޖެހޭ ގޮތަށް އެލްޖީއޭ އިން ނިންމީ ވަކި ގައުމެއްގެ ޑިޕްލޮމެޓުންނަށް ޚާއްސަކޮށްގެން ނިންމި ނިންމުމެއް ނޫން ކަމަށާއި އަދި މީގެ ސަބަބުން ބޭރުގެ ގައުމުތަކާއި ރާއްޖޭން އޮންނަ ގުޅުމަށް ހީނަރުކަމެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޚާއްސަ ހުއްދައަކާ އެކުގައި ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން، ލޯކަލް ކައުންސިލް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މަނާކޮށްފައެވެ. އަދި ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކޮށްފައިވާތީ، ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން މިދިޔަ ބުދަ ދުވަހުން ފެށިގެން ތިން މަހަށް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެލްޖީއޭ އިން އެ ފިޔަވަޅު އެޅީ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލު ކޮށްފައި ވަނިކޮށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް