Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންވެސްޓްމެންޓް ފޯރަމް

އިންވެސްޓްމެންޓް ފޯރަމް އިފްތިތާހުކޮށްދެއްވުމަށް ނާއިބު ރައީސް ޖިހާދު ދުބާއީ އަށް ފުރާވަޑައިގަންނަވައިފި

16 ޑިސެމްބަރު 2017 | ހޮނިހިރު 12:09

މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 18 ވަނަ ދުވަހު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 16 ޑިސެމްބަރު 2017 | ހޮނިހިރު 12:09
އިންވެސްޓްމެންޓް ފޯރަމް އިފްތިތާހުކޮށްދެއްވުމަށް ނައިބު ރައީސް ޖިހާދު ދުބާއީ އަށް ފުރާވަޑައިގަންނަވައިފި

އިންވެސްޓްމެންޓް ފޯރަމް އިފްތިތާހުކޮށްދެއްވުމަށް ނައިބު ރައީސް ޖިހާދު ދުބާއީ އަށް ފުރާވަޑައިގަންނަވައިފި

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނާއިބު ރައީސް އަބްދުﷲ ޖިހާދު ދުބާއީއަށް ފުރާވަޑައިގަންނަވައިފި އެވެ.

ދުބާއީގައި މި އަހަރުގެ އިންވެސްޓްމެންޓް ފޯރަމް އިފްތިތާހުކުރެއްވުމަށް ނާއިބު ރައީސް ޖިހާދު ފުރާވަޑައިގަންނަވާފައިވާ އިރު، އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ސައީދު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ރާއްޖެއިން ދުބާއީގައި މިމަހު ބާއްވާ އިންވެސްޓްމެންޓް ފޯރަމްގައި 350 މީހުން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. މި މީހުންގެ ތެރޭގައި 80 ދިވެހިން ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ހަތަރު ވަނަ އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި ބާއްވާއިރު މި ފޯރަމް ކުރިން ބާއްވާ ގޮތަށް ހަމަޖެހިފައި އޮތީ ޤަތަރުގަ އެވެ. އެހެންނަމަވެސް ރާއްޖެއިން އެގައުމާ އެކު ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެން އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ދުބާއީއަށް ހަމަޖެއްސި އެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގެ ޝެއިހް މަހްތޫމް ހޯލްގަ އެވެ.

މިއަހަރުގެ އިންވެސްޓްމެންޓް ފޯރަމްގައި ދިވެހިރާއްޖެއާއި ދުބާއީގެ އިންވެސްޓަރުން ބައިވެރިވާ ސެޝަންތަކާއި ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކާއި މަޝްވަރާކުރުމަށް ހާއްސަ ބައްދަލުވުންތައް ބޭއްވިގެންދާނެ އެވެ. އޭގެ އިތުރުން ވިޔަފާރިތައް ތައާރަފްކުރުމަށް ހާއްސަ ގާލާ ޑިނާ އެއްވެސް ކުރިއަށްދާނެ އެވެ. މި ފޯރަމްގެ ތެރެއިން އެގްޒިބިޝަނެއް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މި ފޯރަމްގައި ޕްލެޓިނަމް ޕާޓްނަރުންނާއި ގޯލްޑް ޕާޓްނަރުންނާއި ސިލްވާ ޕާޓްނަރުންގެ އިތުރުން ވިޒިޓާސްގެ ގޮތުގައި ވެސް ކުންފުނިތަކުން ބައިވެރިވެ އެވެ.

މިފާއިތުވެދިޔަ ތިން އަހަރު، އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވެ އެވެ. އެގޮތުން 2016 ވަނަ އަހަރު އިންޑިޔާގެ ދިއްލީގައީ އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވާ އިރު 2015 ވަނަ އެ ފޯރަމް ބާއްވާފައިވަނީ ޗާއިނާގެ ވެރިރަށް ބެއިޖިންގ އެވެ. އަދި 2014 ވަނަ އަހަރު ސިންގަޕޫރުގައި ވެސް ވަނީ އިންވެސްޓްމެންޓް ފޯރަމް ބާއްވާފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް