Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ އިންޑިއާ

ދިވެހިރާއްޖެއިން އަބަދުވެސް އިންޑިއާ އިސް ކުރާނެ ކަމަށް އުންމީދު ކުރަން: އިންޑިއާ

16 ޑިސެމްބަރު 2017 | ހޮނިހިރު 06:26

ރާއްޖޭގެ ތަރައްގީ ކުރާ މަސައްކަތުގައި އަބަދުވެސް އިންޑިއާގެ އެއްބާރުލުން ލިބޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 16 ޑިސެމްބަރު 2017 | ހޮނިހިރު 06:26
ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

ދިވެހިރާއްޖެއިން ތަރައްގީއާ ކުރިއެރުމަށްކުރާ މަސައްކަތުގައި ގައުމުތަކާއެކީ ގުޅުން ބަދަހި ކުރުމުގައި އަބަދުވެސް އިންޑިއާ އިސްކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާއިން މިހެން ބުނެފައި މިވަނީ ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއި ކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެންނެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސް ޕާސަން ރަވީން ކުމާރު ވިދާޅުވީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ. އެގޮތުން އިންޑިއާގެ ރައްޔިތުންނާ ދިވެހިންނަކީ ވެސް ވަަރަށް ބަދަހި ގުޅުމަކުން ގުޅިފައިވާ ބައެއް ކަމަށް ރަވިން ކުމާރު ވިދާޅުވިއެވެ.

ރަވިން ކުމާރު ވިދާޅުވީ ދިވެހިރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާ ކުރުމަށާއި، ދިވެހިރާއްޖޭގެ ތަަރައްގީއާއި ކުރިއެރުމަށް އަބަދުވެސް އިންޑިއާގެ އެއްބާރުލުން އެންމެ ފުރިހަމަ އަށް ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ހަމަޖެހުން ގާއިމް ވެފައި އޮތުމަކީ އިންޑިއާއިން އަބަދުވެސް އެދޭ ގޮތް ކަމަށާއި އެކަމަށްޓަކައި އިންޑިއާއިން ކޮށްދޭން ޖެހުނު ކޮންމެ ކަމެއްވެސް ކޮށްދެއްވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސް ޕާސަން ވިދާޅުވިއެވެ.

ރަވިން ކުމާރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް ދެކެނީ ދިވެހިރާއްޖެއަކީ އިންޑިއާގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ކަމަށެވެ. އެހެން ކަމުން އިންޑިއާއިން އެންމެ ފުރަތަމަ ދިވެހިރާއްޖެ އިސް ކުރާ ގޮތަށް ދިވެހިރާއްޖެއިން އެންމެ ފުރަތަމަ އިންޑިއާ އިސް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުމާރު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން އިންޑިއާއިން ދެކެނީ ކިހިނެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރަވިން ކުމާރު ވިދާޅުވީ އެ އެއްބަސްވުމަށް އިންޑިއާއިން މަރުހަބާ ކިޔާ ކަމަށާއި އެއްބަސްވުމާ ގުޅޭ ގޮތުން އެއްޗެއް ދަންނަވަން އެނގޭނީ އެއްބަސްވުން ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ. އަދި ސަރަހައްދުގެ ހަމަޖެހުމަށް އެއްވެސް ގޮތަކަށް ބުރުލެއް ނާރާނަމަ ދެ ގައުމުން ވެސް ދެ ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށްޓަކައި ކުރާ މަސައްކަތުގައި އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ރަވިން ކުމާރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް