Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސް މައުމޫން

ޝަރީޢަތް ނިމެންދެން ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފުގެ މައްސަލަ ތިން ދުވަސް ތެރޭގައި ނިންމައި ދިނުމުގެ އަމުރަކަށް އެދިއްޖެ

ފާރިސްގެ އިސްތިއުނާފުގެ މައްސަލަ ބަލާ ބެންޗު މިހާރު ވަނީ އުވިފައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2017 | ބުރާސްފަތި 12:42
އަހުމަދު ފާރިސް މައުމޫން

އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސްގެ މައްސަލައާ ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ ތިން ދުވަސް ތެރޭގައި ނިންމައިދިނުމުގެ އަމުރަކަށް ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ފާރިސްގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސްގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ފާރިސްގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވާނީ އެ މައްސަލަ ކުރިން ބެލި ބެންޗުން އެ މައްސަލަ ތިން ދުވަސް ތެރޭގައި ނިންމައިދިނުމުގެ އަމުރަކަށް ކަމަށެވެ.

Advertisement - newsAdvertisement

ފާރިސްގެ ވަކީލް ވިދާޅުވީ އިސްތިއުނާފް މައްސަލައިގެ ބެންޗް ބަދަލުކޮށް، ހައި ކޯޓުގެެ ދެކުނު ގޮފީގެ ފަނޑިޔާރަކު އެ ބެންޗަށް އައްޔަން ކޮށްފައިވާއިރު ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭގައި މަސައްކަތް ކުރުމުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ގޮތުން ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭގައި މަސައްކަތް ކުރައްވާނީ ތިން މަހަށް ކަމަށް ވަކީލް ވިދާޅުވިއެވެ. އެހެން ކަމުން އެ ބެންޗް މިހާރު އުވިފައިވާ ކަމަށާއި އެ ބެންޗަށް މިހާރު ފާރިސްގެ މައްސަލަ ބެލިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވަކީލް ވިދާޅުވިއެވެ.

ޝަރީޢަތް ނިމެންދެން ފާރިސް ބަންދު ކޮށްފައިވާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފާރިސްގެ ވަކީލް ވިދާޅުވީ ފާރިސް ބަންދުގައި ހުންނަން ޖެހޭނެ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ފާރިސް މިހާރު ވެސް ހުންނަން ޖެހޭނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ. އަދި ފާރިސްގެ މައްޗަށް ތުހުމަތު ކުރާ ރިޝްވަތުގެ ކުށަކީ ޖިނާއީ ބޮޑު ކުށެއް ނޫން ކަމަށް ހައި ކޯޓުން ނިންމާފައިވާއިރު ޖިނާއީ ކުދި ކުށްތަކުގައި 15 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށް ފާރިސްގެ ގާނޫނީ ވަކީލް ވިދާޅުވިއެވެ. އެހެން ކަމުން ފާރިސް މިހާރު ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވަކީލް ވިދާޅުވިއެވެ.

ފާރިސްގެ ވަކީލް ވިދާޅުވީ ގާނޫނާ ހިލާފަށް ފާރިސް ބަންދުކޮށްފައިވާ މައްސަލައިގައި ފާރިސްގެ ފަރާތުން ދައުލަތުގެ އެކި އިދާރާތަކަށް ތަކުރާރުކޮށް ޝަކުވާ ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން ގާނޫނީ ޒިންމާ ނަގަން ބޭނުން ނުވާ ކަމަށެވެ. އަދި ފެނިގެން ދަނީ ގާނޫނާ ހިލާފު އަމަލުތަކަށް އިދާރާތަކުން ތަރުހީބުދޭ މަންޒަރު ކަމަށް ވެސް ޝަމީލް ވިދާޅުވި އެވެ.

ފާރިސް ބަންދުގައި ހުންނަތާ 150 ދުވަސްވެ އޭނާގެ އެތައް ހައްގުތަކެއް ގެއްލެމުންދާއިރު އެކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފިޔަވަޅު ނާޅާ ކަމަށް ބުނެ އެ ކޮމިޝަނަށް ވެސް ޝަމީލް ފާޑު ވިދާޅުވި އެވެ. ފާރިސްގެ ފަރާތުން އެޗްއާރުސީއެމަށް ހުށަހެޅި މައްސަލައެއްގައި، ފާރިސްގެ އިންސާނީ ހައްގެއް ގެއްލިފައިވާ ކަމަށް ނުބެލެވޭ ކަމަށް އެ ކޮމިޝަނުން ޖަވާބު ދީފައިވާ ކަމަށާއި އެކަމަކު އެކަށީގެންވާ ސަބަބެއް ނެތި ބަންދު ކުރުމަކީ އިންސާނީ ހައްގެއް ގެއްލުން ކަމަށް ނުވަނީތޯ ޝަމީލް ސުވާލު އުފެއްދެވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު