Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުރޭޑިއަންޓް ސްޕޯޓްސް

ނިއުއާއެކު ހަދާފައިވާ އެއްބަސްވުން އިންމަ އާކޮށްފި

14 ޑިސެމްބަރު 2017 | ބުރާސްފަތި 12:20

ނިއުގެ ގިނަ ކުޅުންތެރިން ވަނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 ޑިސެމްބަރު 2017 | ބުރާސްފަތި 12:20
އިމްރާން މުހައްމަދު: މިއީ އިންމަ ނިއުއަށް ކުޅޭ ފަސްވަނަ އަހަރު

އިމްރާން މުހައްމަދު: މިއީ އިންމަ ނިއުއަށް ކުޅޭ ފަސްވަނަ އަހަރު

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް ތަޖުރިބާކާރު ގޯލްކީޕަރު އަދި އެ ޓީމުގެ ކެޕްޓަން އިމްރާން މުހައްމަދު (އިންމަ) އާކޮށްފިއެވެ.

ސީޒަންގެ މެދުތެރެއިން ނިއުއާ ގުޅުނު ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވެސް ވަނީ އިންމައާ އެކު އެ ޓީމުގެ ކޮންޓްރެކްޓް އާކޮށްފައެވެ. ސީޒަންގެ ވަކި ހިސާބަކުން އިންމައަށް އަނިޔާވެ ފުރަތަމަ އެގާރައިން ފުރުސަތު ގެއްލުނު ނަމަވެސް އޭނާ އަންނަނީ އަނިޔާއިން އެނބުރި އައިސް ނިއުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުންނެވެ.

މި ދެ ކުޅުންތެރިން ވެސް ނިއުގައި މަޑުކުރަން ނިންމުމާ އެކު އަންނަ ސީޒަނުގައި އެ ޓީމުގެ ގޯލު ބަލަހައްޓާނެ ކުޅުންތެރިޔަކު ހޯދުމުގައި ކޯޗަށް އުނދަގޫތަކަކާ ކުރިމަތިވެގެންދާނެއެވެ.

ނިއުގެ ދެ ކީޕަރުންގެ އިތުރުން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި ރިލްވާން ވަހީދު (ރިލޭ) އާއި ހަސަން އަދުހަމް (ސަޑޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި މިދުހަތު ފަހުމީ އާއި އެ ޓީމުގެ ސްޕެއިންގެ މިޑްފީލްޑަރު ކަންޑޭލާ ވެސް ވަނީ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފައެވެ.

ހަމައެހެންމެ ސީޒަނުގެ މެދުތެރެއިން އަލީ ފާސިރު (ސެންޓޭ) އާއި އިބްރާހިމް ރަޝީދުގެ އިތުރުން ހަމްޒާ މުހައްމަދު ވަނީ އެ ކުޅުންތެރިން ނިއުއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ދިގު މުއްދަތަކަށް އާކޮށްފައެވެ. ނިއުގެ ކޯޗު އޮސްކާ ބްރޫޒޯން ވެސް ވަނީ އަންނަ އަހަރުގެ ނިޔަލަށް އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ.

ނިއުގެ އެއްބަސްވުން އާނުކޮށް ތިބީ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. ބެލެވޭ ގޮތުގައި މި ދެ ކުޅުންތެރިން ވެސް ވަރަށް އަވަހަށް ނިއުގައި މަޑުކުރަން ނިންމައި އެއްބަސްވުމުގައި ސޮއި ކުރާނެއެވެ.

ނިއުއިން ވަނީ މި ސީޒަނުގެ މިހާތަނަށް ދެ ތައްޓެއް ކާމިޔާބުކޮށްފައެވެ. އެގޮތުން އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ ޗެމްޕިއަންކަން އެ ޓީމުން ހޯދިއިރު ތިންވަނަ ތައްޓެއް ކާމިޔާބު ކުރުމުގެ ފުރުސަތު ނިއުއަށް އަދި އެބައޮތެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގެ ޖާގައެއް ވެސް ނިއުއަށް ވަނީ ލިބިފައެވެ.

އަންނަ ސީޒަނުގެ އޭއެފްސީ ކަޕުން ވެސް ނިއުއަށް ޖާގަ ލިބިފައިވާއިރު އެ ޓީމުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ މި ސީޒަނުގައި އެ ޓީމަށް ކުޅުނު ކުޅުންތެރިން އެ ޓީމުގައި މަޑުކުރުވުމެވެ. މީގެ އިތުރުން އޭއެފްސީ ކަޕްއިން ރަނގަޅު ނަތީޖާއެއް ހޯދުމަށް ނިއުއިން އަންނަނީ ސްކޮޑް ވަރުގަދަ ކުރުމަށް އާ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
12 މާރިޗު 2017

ޒައިދު ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް ފަޒީލް މުގުރާލައިފި

12 މާރިޗު 2017
ޒައިދު ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް ފަޒީލް މުގުރާލައިފި
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް